Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝަފާ ބޭރަށް ފޮނުވި މައްސަލަ

ޝަފާ ފުރުވާލި މައްސަލައިގައި ދައުވާ ސާބިތުކުރުމަށް ހެކިބަސް ނެގުން އާދިއްތަ ދުވަހަށް ތާވަލްކޮށްފި

މި މައްސަލާގައި މިވަނީ ޝަރީއަތުގެ ކުރިން ބާއްވަންޖެހޭ އިބްތިދާއީ އަޑުއެހުންތައް ނިންމާލާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2021 | ހުކުރު 06:24
ޖަލު ހުކުމެއްގައި ހުއްޓަައި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލި މައްސަލާގައި މިމަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން

ޖަލު ހުކުމެއްގައި ހުއްޓަައި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލި މައްސަލާގައި މިމަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައާ ގުޅިގެން، މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒު އަބްދުއްރައްޒާގު (ޝަފާ) 18 އަހަރަށް ޖަލަށް ލާފައިވަނިކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް އޭނާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލާގައި ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމުގެ އަޑުއެހުން ތާވަލްކޮށްފިއެވެ.

އެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ އާދިއްތަ ދުވަހުގެ 11:30އަށެވެ.

އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ޝަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ، ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ އާޒިމް އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާނިމްގެ މައްޗަށެވެ. ހާނިމާއި އާޒިމްގެ މައްޗަށް އުފުލާފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދާދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 12 ވަނަ ދުވަހުވެސް ވަނީ ބާއްވާފައެވެ. އެ ދުވަހުގެ އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވިދާޅުވެފައިވަނީ، ދައުލަތުން އިއްވާފައިވާ ދައުވާއަށް ހާނިމާއި އާޒިމް ވެސް އިންކާރު ކުރައްވާފައިވާތީއާއި، އަދި ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކާއި ހެކީން، ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ ހާނިމާއި އާޒިމްގެ ފަރާތުން ހުށަހަޅާފައިވާތީ، ދެން މި މައްސަލާގައި ކުރިއަށްދާނީ ޝަރީއަތުގެ އަޑުއެހުންތައް ކަމަށެވެ.

އެގޮތުން، މައުޟޫއީ ގޮތުން މި ދައުވާ ކުރިއަށް ގެންދަން ނިންމަވާ ކަމަށާއި، ނިންމި ނިންމުން ދައުލަތާއި ދައުވާ ލިބޭ ހާނިމާއި އާޒިމަށް ވެސް ކޯޓުން ރައްދުކުރައްވާނެ ކަމަށެވެ. އަދި އެނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ މަތީ މަރުހަލާގެ ކޯޓަށް ހުށަހެޅުމުގެ ހައްގު ހާނިމާއި އާޒިމަށް އަދި ދައުލަތަށް ވެސް ލިބިގެންވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އާޒިމްގެ ގާނޫނީ ވަކީލު ވަނީ، މައުޟޫއީ ގޮތުން އެ ދައުވާ ކުރިއަށް ގެންދަން ނިންމާފައިވާ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާތަނަށް އެނިންމުން އެއްވެސް ފަރާތަކުން ހައިކޯޓުގައި އިސްތިއުނާފްކުރިކަން ހާމަކޮށްފައެއް ނުވެއެވެ.

ގާޒީ ޝަކީލު ވިދާޅުވެފައިވަނީ، ދެން މިމައްސަލާގައި އޮންނާނީ ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ ފަރާތްތަކުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުންކަމަށާއި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން މި ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ބޭއްވޭނެ ކަމަށެވެ.

މި މައްސަލާގައި، މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި، އާޒިމާއި ހާނިމްގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އެ ދެ މީހުންވެސް އިންކާރު ކުރުމާގުޅިގެން އެދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ ދެމީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފައެވެ.

މި މައްސަލާގައި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި ތައްޔާރުކުރި ފޯމްގައި ސޮއި ކޮށްފައިވަނީ ހާނިމެވެ. އަދި ޝަފާ ބަލި ހާލަތު ބޮޑު ކަމަށްބުނެ، ޑޮކިއުމަންޓްތައް ހަމަ ނުވަނީސް ޑޮކްޓަރު ލައްވާ ސޮއި ކުރިކަމަށް ވަނީ އާޒިމެވެ.

މިމައްސަލަ ސާބިތު ކުރުމަށް ދައުލަތުން ވަނީ ހާނިމް އާއި އާޒިމް ވިދާޅުވެގެން، ރާއްޖެއިން ބޭރަށް ޝަފާ ފޮނުވުމަށް ލިޔުންތަކާއި އެކަން އިންތިޒާމުކުރި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބައެއް މުވައްޒަފުންނާއި މެޑިކަލް ބޯޑުގެ ބައެއް ފަރާތްތަކާއި ޑޮކްޓަރު ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ.

ދިފާއުގައި ހާނިމް ފަރާތުން ހެކި ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް އާޒިމްގެ ދިފާއީ ވަކީލު ވިދާޅުވެފައިވަނީ މި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ އިތުރަށް އޭރު ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު ހެެއްކެއްގެ ގޮތުގައި ހުށަހަޅާ ކަމަށެވެ. އާޒިމްގެ ދިފާއީ ހެއްކެއްގެ ގޮތުގައި އުމަރު ނަސީރު ހުށަހަޅާފައިވަނީ، ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލާފައިވަނިކޮށް، ޝަފާ ރާއްޖެ ގެނައުމަށް އާޒިމް މަސައްކަތް ކުރިކަން ސާބިތު ކުރުމަށާއި އަދި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލުމުގައި އާޒިމްގެ ބައިވެރިވުމެއް ނޯންނާނެކަން ސާބިތު ކުރުމަށެވެ.

ބޭސްފަރުވާ ކުރުމަށް ކަމަށް ބުނެ ޝަފާ ރާއްޖެއިން ބޭރަށް ފޮނުވީ 2014 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހުއެވެ. އޭނާ އަނބުރާ ރާއްޖެ ގެނެސްފައި ވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ސްރީ ލަންކާގައި އޭނާ ހުއްޓާ ހައްޔަރުކޮށްގެން ރާއްޖެ ގެނައީ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަމުރަށް ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ގޮސް ލަންކާގެ ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނަކަށް ފަހުގައެވެ.

ޝަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު އާޒިމް އާއި ހާނިމުގެ އިތުރުން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވީ 2014 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. ޝަފާ ބޭރަށް ފޮނުވި މައްސަލައިގައި ހާނިމާއި އާޒިމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނިކޮށް، 2015 ވަނަ އަހަރުގެ ތެރޭގައި ހައިކޯޓުން ވަނީ ޝަފާގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު