Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިއައޭގެ މުއައްޒަފުންނަށް ރައީސްގެ ތަޢުރީފް

ކޮވިޑްގެ ނުރައްކަލުގެ ތެރޭގައި ވީއައިއޭގެ މުވައްޒަފުން ދައްކާ ހިތްވަރަށް ރައީސްގެ ތަޢުރީފް

ރައީސް ވަނީ ވީއައިއޭގެ ތަރައްޤީގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުން ފިލުއްވާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 15 ޖެނުއަރީ 2021 | ހުކުރު 05:17
ރައީސް ވީއައޭ ބައްލަވާލައްވަނީ

ރައީސް ވީއައޭ ބައްލަވާލައްވަނީ

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަދި އެއަރޕޯޓާ ގުޅިފައިވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ބުރަ އަދި އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.

އެ މަނިކުފާނު ވަނީ ވީއައިއޭއަށް ޒިޔާރަތްކުރައްވައި، އެ ތަނުގައި މަސައްކަތްކުރައްވާ އެކި މުވައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

ވީއައިއޭއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެއަރޕޯޓުގެ އެރައިވަލް ޓަރމިނަލްއަށް ވަޑައިގަންނަވާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އަދި މޯލްޑިވްސް އިމިގްރޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަދި، އެ ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ، ކޮވިޑްގެ ހާލަތުގައި އެ މުއައްސަސާތަކުގެ މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ ޚިދުމަތްތެރިކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، އެ މުއައްސަސާތަކަށް ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވައި، ކުރިއަށް އޮތް ތަނުގައި ޚިދުމަތުގެ ފެންވަރު އިތުރަށް މަތިކޮށް، ސްޕީޑް އަވަސްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވިއެވެ. އެއަރޕޯޓަށް ކުރެއްވި މި ޒިޔާރަތުގައި އެއަރޕޯޓުގެ ފިއުލް ފާމް، ކާގޯ ޓަރމިނަލް، ކާރގޯ ޖެޓީ، އޭޕްރަން، ވީ.އައި.ޕީ. ބިލްޑިންގ އަދި ސީޕްލޭން ޓަރމިނަލަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިއެވެ. އަދި އެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފު ކުރެއްވިއެވެ.

‎ވީއައިއޭ ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފިއުލް ފާމްގެ ގިނަ މަސައްކަތްތައް ވަނީ ނިމުމަކާއި ގާތްވެފައެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު މަތިންދާބޯޓަށް އަޅާ ތެޔޮ (ޖެޓް އޭވަން) އެއަރޕޯޓުގައި ރައްކާކުރެވޭ މިންވަރު މިހާރު ހުރި 15 މިލިޔަން ލީޓަރުން 45 މިލިޔަން ލީޓަރަށް އިތުރުކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން، ޕެޓްރޯލް ރައްކާކުރެވޭ މިންވަރު 100 ހާސް ލީޓަރަށް އިތުރު ކުރެވި، ޑީސަލް ރައްކާކުރެވޭ މިންވަރު 1 މިލިޔަން ލީޓަރަށް އިތުރުކުރެވިގެންދާނެއެވެ. ހަމައެއާއެކު، ފިއުލްބައުޒަރުތައް ބޭނުންކުރުމުގެ ބަދަލުގައި ފިއުލް ހައިޑްރަންޓް ބޭނުންކޮށްގެން ފަސޭހައިން މަތިންދާބޯޓަށް ތެޔޮ އެޅޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެއެވެ.

ކާގޯ ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ކާގޯ ބިލްޑިންގްއާއި ކާރގޯ ހާބަރުގެ އިތުރުން ކަމާގުޅޭ އޮފީސްތައް ބިނާކުރުން ހިމެނެއެވެ. މިހާރު އަހަރެއްގެ މައްޗަށް 50،000 ޓަނު ކާގޯގެ މުޢާމަލާތްތައް ކުރާ ޓަރމިނަލް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ނިމުމުން، އެ އަދަދު 120،000 ޓަނަށް އިތުރުވެގެންދާނެއެވެ.

‎އެއަރޕޯޓްގެ އޭޕްރަން ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އަލަށް އިތުރުކުރި އޭޕްރަންގެ މަސައްކަތް ނިމި މިހާރު ބޭނުންކުރަމުންދާއިރު، މިހާރު ކުރިއަށްދަނީ ކުރީގެ އޭޕްރަން އައުކުރުމުގެ މަސައްކަތެވެ. އޭޕްރަންތައް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގެ ކުރިން އޭޕްރަންގައި ޕާކިން ސްޕޭސްގެ ގޮތުގައި ބޭނުންކުރަމުންދިޔައީ 86،000 އަކަމީޓަރުގެ ސަރަޙައްދެކެވެ. ނަމަވެސް މި މަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމޭއިރު އެއަރޕޯޓްގައި މަތިންދާބޯޑު ޕާކުކުރެވޭ ޖާގަ 212،000 އަކަމީޓަރަށް އިތުރުވެގެންދާނެއެވެ.

ވީއައިއޭ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ވީއައިޕީ އަދި ސީއައިޕީގެ ޖާގަ ވެސް އެތައް ގުނައެއް އިތުރުވެގެންދާނެއެވެ. ހަމައެހެންމެ މިހާރުގެ ޕަސެންޖަރ ޓަރމިނަލް އަކީ 26،000 އަކަމީޓަރުގެ ޖާގައިގެ ތަނެއް ނަމަވެސް، މުޅި ޓަރމިނަލްގެ މަސައްކަތް ނިމުމުން އެ ތަނުގެ ޖާގަ 78،000 އަކަމީޓަރަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން ވީއައިއޭގެ އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތްތަކުގެ 99 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެ ތަނަށް ސީޕްލޭންގެ އޮޕަރޭޝަންތައް ބަދަލުކުރެވުމުން ސީޕްލޭން އޮޕަރޭޝަނަށް ލުއިފަސޭހަކަން ލިބުމުގެ އިތުރުން ވެލާނާ އެއަރޕޯޓްގެ މައި ރަންވޭ ބޭނުންކުރަން ފެށި، މުޅި އެއަރޕޯޓްގެ އޮޕަރޭޝަން އިތުރަށް ފުރިހަމަވެގެން ދާނެއެވެ. ވީއައިއޭ ތަރައްޤީކުރުމުގެ މަޝްރޫޢަކީ ގާތްގަޑަކަށް 1.2 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުބޮޑު މަޝްރޫޢެކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވެސް މިދިޔަ އަހަރު އެއަރޕޯޓުން ފަސިންޖަރުންނަށް ޚިދުމަތްދިނުމުގެ ސްޕީޑް ވަނީ އޭގެ ކުރީ އަހަރަށްވުރެ ބޮޑުތަނުން ހަލުވިކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރުގެ ފުރަތަމަ މަހުގެ ނިޔަލަށް ޕީކް ސީޒަންގައި ފްލައިޓްތަކުގެ ހަރަކާތްތައް ވެސް ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު