Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެންޔޫއިން ދޭ ސްކޮލަރޝިޕް

ގައުމު ބިނާކުރުމަށް ޔުނިވަރސިޓީ އިން ދޭ ޚާއްސަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

2021 ވަނަ އަހަރަށް ޚާއްސަކުރެވޭ ދާއިރާތަކަކީ ފަށާ ތައުލީމުގެ މުދައްރިސްކަން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2021 | ބުދަ 03:57
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގައުމު ބިނާކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ދޭ ޚާއްސަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެންޔޫއިން ބުނީ ސްކޮލަރޝިޕް ގެ މައިގަނޑު މަގުސަދަކީ މި ވަގުތަށް ގައުމަށް ބޭނުންވާ ކޯސްތަކަށް އިއުލާނުކުރުމުން އެދާއިރާއަކަށް ދަރިވަރުން ނުލިބޭ ޚާއްސަ ދާއިރާތަކުން މީހުން ބިނާ ކުރުން ކަމަށެވެ.

އެގޮތުން 2021 ވަނަ އަހަރަށް ޚާއްސަކުރެވޭ ދާއިރާތަކަކީ ފަށާ ތައުލީމުގެ މުދައްރިސްކަމާއި، މަސައްކަތްތެރިކަމުގެ ތެރެއިން ވެލްޑިންގ އާއި އެއަރ ކަންޑިޝަނިންގ އާއި މެރިޓައިމް ދާއިރާ ކަމަށް އެމްއެންޔޫއިން ބުނެއެވެ. އެމްއެންޔޫއިން ބުނީ މި ސްކޮލަރޝިޕް ދެވޭނީ އަންޑަރގްރެޖުއޭޓް އަދި ސަބްޑިގްރީ (ސެޓްފިކެޓް/ އެޑްވާންސްޑް ސެޓިފިކެޓް/ޑިޕްލޮމާ) ލެވެލްގެ ކޯސްތަކުގައި ކިޔެވުމަށް ކަމަށެވެ.

އެމްއެންޔޫއިން ބުނީ ބެޗްލަރ އޮފް ޕްރައިމަރީ އެޑިޔުކޭޝަންގެ ދާއިރާއިން 30 ދަރިވަރުންނަށް ޖާގަ ދެވޭނެ ކަމަށެވެ. އަދި ކޯސް ލިބޭ ފަރާތްތަކަށް ކިޔަވާ ކޯހުގެ ޓިއުޝަން ފީ، ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި ދެވޭ -/5000 ރުފިޔާ، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާރމަކު -/5000 ރުފިޔާ، ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު "އެސްޓެބްލިޝްމަންޓް" ގްރާންޓެއްގެ ގޮތުގައި -/5000 ރުފިޔާ އަދި އެދަރިވަރަކު ހުރުމަށް މަޖްދުއްދީން ދަނާލުން ޖާގަ ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އެމްއެންޔޫއިން ބުނީ ސެޓިފިކެޓް 3 އެއަރކޮންޑިޝަނިން އަދި ސެޓިފިކެޓް 3 ވެލްޑިންގެ ކޯހުން 12 ދަރިވަރުންނަށް ޖާގަ ދެވޭނެ ކަމަށެވެ. އަދި ކިޔަވާ ކޯހުގެ ޓިއުޝަން ފީ، ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި ދެވޭ -/5000 ރުފިޔާ، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ޓާރމަކު -/5000 ރުފިޔާ އަދި ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު "އެސްޓެބްލިޝްމަންޓް" ގްރާންޓެއްގެ ގޮތުގައި -/5000 ރުފިޔާ ލިބޭނެ ކަމަށް އެމްއެންޔޫއިން މައުލޫމާތުދެއެވެ.

ކޯސްތަކަށް ކުރިމަތިލުމުގެ ފެންވަރު ކަމުގައި ބަލާނީ އެކޯހަކަށް ވަނުމަށް ކަނޑައެޅިފައިވާ ޝަރުތުތައްކަން ފާހަގަކޮށް އެމްއެންޔޫއިން ބުނީ ދަރިވަރުން ހޮވާނީ ކޯހަކަށް ކުރިމަތިލާ ދަރިވަރުންގެ ފެންވަރަށް ނުވަތަ އެކެޑެމިކް މެރިޓަށް ބަލައިގެން ކަމަށެވެ. އަދި ސްކޮލަރޝިޕަށް ކުރިމަތިލާ ކޯހާ އެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައި ނުވުމާއި، އާމްދަނީ ލިބޭ، ހަފުތާއަކު 20 ގަޑިއިރަށް ވުރެ ގިނައިރު އުޅެންޖެހޭ އެއްވެސް ވަޒީފާއެއް އަދާނުކުރެވޭނެ ކަމަށެވެ.

އެމްއެންޔޫއިން ބުނީ މިސްކޮލަރޝިޕް އަށް ހޮވާނީ ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ތަޢުލީމީ ގޮތުން އެންމެ މޮޅު ދަރިވަރުން ކަމަށާއި، ދަރިވަރުންނަށް ލިބޭ ޕޮއިންޓް އެއްވަރު ވެއްޖެނަމަ، ދަރިވަރަކު ހޮވާނީ އެދަރިވަރުންގެ މެދުގައި ގުރުއަތުލައިގެން ކަމަށެވެ. އަދި ސްކޮލަރޝިޕަށް ދަރިވަރުން ހޮވާނީ 2021 ވަނަ އަހަރުގެ ފުރަތަމަ ޓާރމްގައި ކަމަށް ވެސް އެމްއެންޔޫއިން ބުނެއެވެ.

ސްކޮލަރޝިޕްތަކަށް އެދި ހުށަހަޅާނީ އޮންލައިންކޮށްhttps://forms.gle/vWeauUg4RNFGzTdUAމިލިންކުން ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ސްކޮލަރޝިޕް ފޯމް ބަލައިގަންނަ އެންމެ ފަހު ތާރީޚަކީ 18 ފެބުރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު