Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަފާ ބޭރަށް ފޮނުވި މައްސަލަ

ޝަފާ ފުރުވާލި މައްސަލައިގައި ހާނިމާއި އާޒިމްގެ މައްޗަށް އުފުލި ދައުވާގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލައިފި

12 ޖެނުއަރީ 2021 | އަންގާރަ 07:50

މި މައްސަލާގައި މިވަނީ ޝަރީއަތުގެ ކުރިން ބާއްވަންޖެހޭ އިބްތިދާއީ އަޑުއެހުންތައް ނިންމާލާފައި، އަދި ދެން ކުރިއަށްދާނީ މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ޖެނުއަރީ 2021 | އަންގާރަ 07:50
ޖަލު ހުކުމެއްގައި ހުއްޓަައި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން

ޖަލު ހުކުމެއްގައި ހުއްޓަައި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައާ ގުޅިގެން، މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒު އަބްދުއްރައްޒާގު (ޝަފާ) 18 އަހަރަށް ޖަލަށް ލާފައިވަނިކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް އޭނާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލާގައި ދައުލަތުން އުފުލި ދައުވާގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލައިފިއެވެ.

އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ޝަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ، ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ އާޒިމް އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާނިމްގެ މައްޗަށެވެ. ހާނިމާއި އާޒިމްގެ މައްޗަށް އުފުލާފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދާދިނުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ދައުލަތުން އިއްވާފައިވާ ދައުވާއަށް ހާނިމާއި އާޒިމް ވެސް އިންކާރު ކުރައްވާފައިވާތީއާއި، އަދި ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކާއި ހެކީން ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ ހާނިމާއި އާޒިމްގެ ފަރާތުން ހުށަހަޅާފައިވާތީ، ދެން މި މައްސަލާގައި ކުރިއަށްދާނީ ޝަރީއަތުގެ އަޑުއެހުންތައް ކަމަށެވެ.

އެގޮތުން، މައުޟޫއީ ގޮތުން މި ދައުވާ ކުރިއަށް ގެންދަން ނިންމަވާ ކަމަށާއި، ނިންމި ނިންމުން ދައުލަތަށާއީ ދައުވާ ލިބޭ ހާނިމާއި އާޒިމަށް ވެސް ކޯޓުން ރައްދުކުރައްވާނެ ކަމަށެވެ. އަދި އެނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ މަތީ މަރުހަލާގެ ކޯޓަށް ހުށަހެޅުމުގެ ހައްގު ހާނިމާއި އާޒިމަށް އަދި ދައުލަތަށް ވެސް ލިބިގެންވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ، ދެން މިމައްސަލާގައި އޮންނާނީ ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ ފަރާތްތަކުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުންކަމަށެވެ. އެގޮތުން ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން މި ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ބޭއްވޭނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

މި މައްސަލާގައި، މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި، އާޒިމާއި ހާނިމްގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އެ ދެ މީހުންވެސް އިންކާރު ކުރުމާގުޅިގެން އެދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ ދެމީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފައެވެ.

މި މައްސަލާގައި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި ތައްޔާރުކުރި ފޯމްގައި ސޮއި ކޮށްފައިވަނީ ހާނިމެވެ. އަދި ޝަފާ ބަލި ހާލަތު ބޮޑު ކަމަށްބުނެ، ޑޮކިއުމަންޓްތައް ހަމަ ނުވަނީސް ޑޮކްޓަރު ލައްވާ ސޮއި ކުރިކަމަށް ވަނީ އާޒިމެވެ.

މިމައްސަލަ ސާބިތު ކުރުމަށް ދައުލަތުން ވަނީ ހާނިމް އާއި އާޒިމް ވިދާޅުވެގެން، ރާއްޖެއިން ބޭރަށް ޝަފާ ފޮނުވުމަށް ލިޔުންތަކާއި އެކަން އިންތިޒާމުކުރި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބައެއް މުވައްޒަފުންނާއި މެޑިކަލް ބޯޑުގެ ބައެއް ފަރާތްތަކާއި ޑޮކްޓަރު ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ.

ދިފާއުގައި ހާނިމް ފަރާތުން ހެކި ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް އާޒިމްގެ ދިފާއީ ވަކީލު ވިދާޅުވެފައިވަނީ މި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ އިތުރަށް އޭރު ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު ހެެއްކެއްގެ ގޮތުގައި ހުށަހަޅާ ކަމަށެވެ. އާޒިމްގެ ދިފާއީ ހެއްކެއްގެ ގޮތުގައި އުމަރު ނަސީރު ހުށަހަޅާފައިވަނީ، ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލާފައިވަނިކޮށް، ޝަފާ ރާއްޖެ ގެނައުމަށް އާޒިމް މަސައްކަތް ކުރިކަން ސާބިތު ކުރުމަށާއި އަދި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލުމުގައި އާޒިމްގެ ބައިވެރިވުމެއް ނޯންނާނެކަން ސާބިތު ކުރުމަށެވެ.

ބޭސްފަރުވާ ކުރުމަށް ކަމަށް ބުނެ ޝަފާ ރާއްޖެއިން ބޭރަށް ފޮނުވީ 2014 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހުއެވެ. އޭނާ އަނބުރާ ރާއްޖެ ގެނެސްފައި ވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ސްރީ ލަންކާގައި އޭނާ ހުއްޓާ ހައްޔަރުކޮށްގެން ރާއްޖެ ގެނައީ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަމުރަށް ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ގޮސް ލަންކާގެ ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނަކަށް ފަހުގައެވެ.

ޝަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު އާޒިމް އާއި ހާނިމުގެ އިތުރުން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވީ 2014 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. ޝަފާ ބޭރަށް ފޮނުވި މައްސަލައިގައި ހާނިމާއި އާޒިމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނިކޮށް، 2015 ވަނަ އަހަރުގެ ތެރޭގައި ހައިކޯޓުން ވަނީ ޝަފާގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް