Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިރާގު ދިވެހި ޕްރިމިއާ ލީގު

ސަސް ބަލިކޮށް މާޒިޔާ އެއްވަނައަށް

ސަސް އަތުން މާޒިޔާ މޮޅުވީ 3-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2021 | އާދީއްތަ 13:38
މާޒިޔާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މާޒިޔާ މޮޅުވީ 3-0 ން

މާޒިޔާ އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މާޒިޔާ މޮޅުވީ 3-0 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފަސޭހަކަމާއެކު ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން މާޒިޔާ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗަކީ މާޒިޔާއާ ދާދި ފަހުން ހަވާލުވި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް އެ ޓީމަށް އިރުޝާދުދިން ފުރަތަމަ މެޗެވެ.

މި މެޗުގައި މާޒިޔާއިން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ތިން ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން މިޑްފީލްޑަރު މުޙައްމަދު އުމެއިރު ވަނީ މާޒިޔާއަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ފަހުން މެޗުގެ 31 ވަނަ މިނެޓުގައި ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ކާމިޔާބުކުރި ރީތި ލަނޑުން މާޒިޔާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކައުންޓަ އެޓޭކެއްގައި ކޯނޭ ވަނީ މާޒިޔާގެ ތިންވަނަ ލަނޑު ޖަހާފައެވެ.

ދެވަނަ ހާފުގައި ސަސްއިން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު އަޙްމަދު އައިހަމަށް ވަނީ ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މާޒިޔާގެ ގޯލްކީޕަރު ކައިރިން ނައްޓާލުމަށްފަހު އައިހަމް ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފައިވަނީ ބިދޭސީ ޑިފެންޑަރު ޕީޓާ ޕްލަނިޗެވެ.

އޭގެ ފަހުން މި ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 82 ވަނަ މިނެޓުގައި މާޒިޔާގެ މިޑްފީލްޑަރު ހަމްޒާ މުޙައްމަދު (ހަމްޕު) ފޮނުވާލި ހަމަލާއެއް ސަސްގެ ބިދޭސީ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ވަނީ ދިފާއުކޮށްފައެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗަށްފަހު މާޒިޔާގެ ކޯޗު ވިޑަކޮވިޗް ބުނީ އޭނާ ބޭނުންވި ކުޅުން ފެނުނީ ފުރަތަމަ ހާފު ކަމަށާއި، ދެވަނަ ހާފުގައި އެކި ކަހަލަ އުނދަގޫތަކެއް ހުރުމުން މައްސަލަތަކެއް ދިމާވި ކަމަށެވެ. އެކަމަކު ދެ ދުވަހެއް ވަރު ފަރިތަކޮށްގެން ބޭނުންވާ ފެންވަރަށް ގެންދަން އުނދަގޫވާނެ ކަމަށްވެސް ބުންޏެވެ.

ސަސްގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ބުނީ މެޗުން ބަލިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ފުރަތަމަ ހާފު ދަށްކޮށް ދިއުން ކަމަށެވެ. އަދި މެޗަށް ނުކުތީ ބައެއް ކުޅުންތެރިން އަނިޔާނުވެ، ކާޑު ދައްކާފައި ތިބި ކުޅުންތެރިން ކާޑެއް ނުހޯދާ މެޗުން ސަލާމަތްވުމަށް ކަމަށާއި، އެކަން ޕްލޭނާ އެއްގޮތަށް ދިޔަ ކަމަށްވެސް ބުންޏެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް މާޒިޔާ ޖެހިލީ ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ. ދެވަނައަށް ވެއްޓުނު ވެލެންސިއާއަށްވެސް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާއަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. އަދި އާދީއްތަ ދުވަހުގެ ހަވީރު މާޒިޔާ އަތުން ބަލިވި ސަސް އޮތީ ތާވަލުގެ ފަސްވަނައިގައި ފަސް މެޗުން ހަ ޕޮއިންޓާއެކުއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު