Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެއްވަދޫ މޮނިޓަރިންގއަށް

ބަލީގެ ހާލަތު ދެނެގަނެވެންދެން ދެއްވަދޫ މޮނިޓަރިންގއަށް

ފުރަބަންދު ކޭސްއެއް މިދިޔަ މަހުގެ 24 ވަނަ ދުވަހު ޕޮޒިޓިވްވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ޖެނުއަރީ 2021 | ހޮނިހިރު 04:02
ގއ. ދެއްވަދޫ؛ ދެވުނު ނުބައި މައުލޫމާތަކާއި ގުޅިގެން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވި 6 މީހަކު ވަނީ ޕޮޒިޓިވްވެފައި

ގއ. ދެއްވަދޫ؛ ދެވުނު ނުބައި މައުލޫމާތަކާއި ގުޅިގެން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވި 6 މީހަކު ވަނީ ޕޮޒިޓިވްވެފައި

6 މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ބަލީގެ ހާލަތު ދެނެގަތުމަށް ގއ. ދެއްވަދޫ މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ގއ. ދެއްވަދޫ މޮނިޓަރިންގެ ހާލަތަށް ލާންޖެހުނީ އެރަށުގައި ކޭސްތަކެއް ފެނުމާއެކު ހާލަތު ދެނެގަތުމަށް ކަމަށެވެ. އެގޮތުން ފުރަބަންދު ކޭސްއެއް މިދިޔަ މަހުގެ 24 ވަނަ ދުވަހު ޕޮޒިޓިވްވެ ކަރަންޓީންގައި ތިބި މީހުންނަށް ނުބައި މައުލޫމާތެއް ދެވިގެން ރިލީސްކުރެވުނު ކަމަށެވެ. ނަމަވެސް ފަހުން ނަތީޖާ ލިބުނު އިރު އެމީހުން ޕޮޒިޓިވް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވީ މީހާގެ އަލާމާތްތަކާއި ބެހޭ ގޮތުން ކުރިން މައުލޫމާތު ލިބިފައެއް ނެތް ކަމަށާއި، އެހެންނަމަވެސް ބުދަ ދުވަހު މައުލޫމާތު ލިބުމާއެކު އިތުރަށް ޓްރޭސިންގ ހަދާ ކޮންޓެކްޓުން ހޯދާ އެމީހުން ހޯދާ ސާމްޕަލްތައް ޓެސްޓް ކޮށްފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ނަތީޖާ ލިބުނު އިރު އޭގެ ތެރެއިން 6 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، އަދި އެކަކުގެ ނަތީޖާ ދެނެނުގަނެވޭ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފުޅާކޮށް ޓްރޭސިން ކުރިއަށް ގެންގޮސް ޓްރޭސިން ނިމި އަދި ރަށުތެރޭގެ ބަލީގެ ހާލަތު ދެނެގަނެވެންދެން ރަށް އޮންނާނީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ.

މީގެ އިތުރުން ނިޔާމަ ރިސޯޓުން މިހާތަނަށް 14 މީހަކު ޕޮޒޓިވްވެފައިވާ ކަމަށާއި، އެކޭސްތަކާއި ގުޅިގެން ޓްރޭސިންގ ކުރިއަށް ގެންދެވި 26 މީހަކު ވަނީ އައިޑެންޓިފައި ކުރެވިފައިވާ ކަމަށެވެ. އަދި ފުރަތަމަ ކޭސްއާއި ގުޅިގެން 86 ރޭންޑަމް ސާމްޕަލް ނަގާ ޓެސްޓްކޮށްފައިވާ އިރު، އޭގެ ތެރެއިން އެކަކުވެސް ޕޮޒިޓިވްވެފައި ނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މިވަގުތު ޕޮޒިޓިވްވެފައިވާ 14 މީހުންގެ ތެރެއިން 5 މީހުންނަކީ ސްޓާފުން ކަމަށާއި، އަދިވެސް ޝެޑިއުލްއެއްގެ ދަށުން ސަރވައިލެންސް ކުރިއަށްދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި

26 އެޕްރީލު 2017
ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި
25 މާރިޗު 2017

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
11 މާރިޗު 2017

ރާއްޖެޓީވީ އަބުރު ފަންޑު ހަރަކާތް ދެއްވަދޫގައި ފަށައިފި

11 މާރިޗު 2017
ރާއްޖެޓީވީ އަބުރު ފަންޑު ހަރަކާތް ދެއްވަދޫގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު