Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

އުނގެނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޚުތުބާގައި ގޮވާލައިފި

8 ޖެނުއަރީ 2021 | ހުކުރު 08:12

ވޭތިވެ ދިޔަ އަހަރު، ތައުލީމުން ބީވެގެން ދިޔަ ބައި ހާސިލުކުރުމަށް މަސައްކަތް ކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖެނުއަރީ 2021 | ހުކުރު 08:12
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ

ހޭލުންތެރި، އުފެއްދުންތެރި، އުއްމަތެއް ވުޖޫދުވަނީ އިލްމުން ކަމަށާއި، އަބަދުވެސް އުނގެނުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''އުނގެނުމަށް ސަމާލުކަން ދޭށެވެ'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މާތް ނަބިއްޔާ އިސްލާމީ މުޖްތަމައުގައި ތައުލީމު ފެތުރުމަށާއި، މުސްލިމުންގެ ދަރިންނަށް ކިޔަވައިދިނުމަށް ޚާއްސަ ކަމެއް ދެއްވި ކަމަށެވެ. އަދި ނަތީޖާއަކަށް ވީ، ހޭލުންތެރި، އިލްމުވެރި އުފެއްދުންތެރި، އުއްމަތެއް ވުޖޫދަށް އައުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ މުޅި ދުނިޔެއަށް ފެތުރިފައިވާ ވަބާގެ ހާލަތު މުޅިން ހަމަޔަކަށް އެޅިފައި ނުވި ނަމަވެސް، ދަރިވަރުން ސްކޫލް މަދްރަސާ އަދި ކޮލެޖު ޔުނިވަސިޓީތަކަށް ފޮނުވައިގެން އުނގަންނައި ދިނުމަކީ، ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެނީ ނިޒާމީ ތައުލީމުގެ އަމާޒުތަކުގެ ތެރޭގައި، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމާއި، އިޖްތިމާއީ ގުޅުންތައް ހަރުދަނާ ކުރުމާއި، ކުރިމަތިވާ މައްސަލަތައް ޙައްލުކުރަން ދަސްވުން ހިމެނޭތީ ކަމަށް ޚުތުބާގައި ބުނެފައެވެ.

ޚުތުބާގައި ބުނީ ވޭތިވެ ދިޔަ އަހަރު، ތައުލީމުން ބީވެގެން ދިޔަ ބައި ހާސިލުކޮށްދެވޭތޯ، ބެލެނިވެރިން ގިނަގުނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. އަދި ދަރިން ސްކޫލްތަކަށް ފޮނުވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

މިފެށޭ ދެވަނަ ޓާމުގެ ކިޔުމާއި ބެހޭ ގޮތުން ޚުތުބާގައި ބުނީ ހުރިހާ ދަރިވަރުން ވެސް އިލްމީ ރޮނގުން އިތުރު ކުރިއެރުމާއި ތަރައްގީ ލިބޭތޯ މަސައްކަތް ކުރުމަށް އަޒުމު ކަޑައަޅަން ޖެހޭ ކަމަށެވެ. އަދި އިތުރު ޙަރަކާތްތަކުން ކުދީންގެ މުޅި މާޙައުލަށް ދިރުން ގެނެސްދިނުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ދަރިން ތަރުބިއްޔަތުކޮށް، އިސްލާމް ދީނަށާއި، ގައުމަށް ވަފާތެރި ބަޔަކަށް ހެދުމަށްޓަކައި، އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި، އެކުދިންނަށް ފުރިހަމަ ތަރުބިޔަތެއް ދެވޭނީ ކެތްތެރިކަމާއި، ޙިކްމަތްތެރިކަމާ އެކު އެދުރުން އެ މަސްއޫލިއްޔަތު އަދާ ކޮށްގެން ކަަމަށެވެ. އަދި ކިޔަވައިދޭ ކުދިންގެ ލޯތައް ހުއްޓިފައި ހުންނާނީ އެދުރުންގެ މައްޗަށް ކަމަށެވެ.

މަދްރަސާ އަކީ ދަރިންގެ ދެވަނަ ހިޔާވަހިކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެކުދިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ހަރުދަނާކޮށް، ދުނިޔޭގެ ވެއްޓަށް ހޭލުންތެރިކޮށް، އެ ކުދިން ބިނާކުރާ ތަނަކީ މަދްރަސާ ކަމަށާއި، މަދްރަސާއިން މި މުހިއްމު ދައުރު ފުރިހަމައަށް އަދާކޮށްފި ނަމަ، އުއްމަތުގެ މުސްތަގުބަލު އުޖާލާވާނެ ކަމަށެވެ. އަދި ބާއްޖަވެރިކަމުގެ މަގުތައް އަލިވެ، ފާގަތިކަން އިތުރުވާނެ ކަމަށާއި، މި ބުރަ މަސައްކަތް ކުރެވޭނީ މަދްރަސާތަކުގެ ވެރިންނާއި، ބެލެނިވެރިން ގުޅިގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އިލްމުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އިލްމަކީ ޝަރުއީ އިލްމު ކަމަށާއި، ދިރިއުޅުމަށް މަންފާކުރަނިވި، އަދި އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް، ދުނިޔަވީ ތަފާތު އިލްމުތަކުގައި ކުރިއަރައި ދިޔުމަކީ އިސްލާމް ދީނުގައި ވެސް އަމުރުކުރާ ކަމެއް ކަމަށެވެ.

ޚުތުބާގައި ބުނީ ހުޅަނގުގެ ގައުމުތައް އަނދިރީގައި އޮތް އިރު، ބޭސްވެރިކަމާއި، ކެމިސްޓްރީއާއި، ފިޒިކްސްއާއި، ޙިސާބާއި، ފަލަކީ އިލްމު ފަދަ ދާއިރާތަކުގައި މުސްލިމް އިލްމުވެރިންގެ ޚިދުމަތްތަކާއި، އީޖާދުތައް މެދުއުޑުގައި ފިޔަޖަހަމުން ދިޔައީ މި މަފްހޫމުގައި ކުރެވުނު ބިނާ ކުރަނިވި މަސައްކަތުގެ ސަބަބުން ކަމަށެވެ. ޚުތުބާގައި ބުނީ އިލްމީ ފޮތްތަކާއި ދިރާސާތައް ތަފާތު ބަސްތަކަށް ތަރުޖަމާކޮށް، ޝާއިއު ކުރެވުނު ކަމަށާއި، މުޅި އިންސާނިއްޔަތަށް ފައިދާ އާއި ލާބަ ހުރި އާ އީޖާދުތައްކުރި، ބޮޑު ޙަޟާރަތެއް ބިނާވެގެން ދިޔަ ކަމަށެވެ. އަދި އިލްމީ މި އުފެއްދުންތަކުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދި ވެގެންދިޔަކަން ޚުތުބާގައި ފާހަގަކުރިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް