Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޫލްތަކުގެ ކިިޔަވަން ފަށަން ތައްޔާރުވުން

މިފަހަރު ޓައިމްޓޭބަލް އިންނާނީ ހަފްތާއަކު އެއްގޮތަކަށް ނޫން!

ކުދިންނަށް އަބަދު އަބަދު ކްލާހުން ބޭރަށް ނުނިކުމެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2021 | ބުރާސްފަތި 18:20
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސާލިހް އާއި ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ މުހައްމަދު

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސާލިހް އާއި ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ މުހައްމަދު

އެކެޑެމިކް ކަލަންޑަރުގައިވާ ފަދައިން ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާއިރު މިފަހަރު ޓައިމްޓޭބަލް އިންނާނީ ހަފްތާއަކު އެއްގޮތަކަށް ނޫން ކަމަށް ސްކޫލްތަކުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސާލިހް ވިދާޅުވީ އާންމު ގޮތެއްގައި ކުރިން ޓައިމްޓޭބަލް އިންނާނީ ހަފްތާއަކު އެއްގޮތަކަށް ކަމަށާއި އެހެންނަމަވެސް މިހާރު ޓައިމްޓޭބަލް ރޭވިފައިވާ ގޮތް ތަފާތުވާނެ ކަމަށެވެ.

Advertisement - newsAdvertisement

އާއިޝަތު ވިދާޅުވީ އެންމެ ފުރަތަމަ ކިޔަވައިދޭން ވެސް ފަށާނީ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށާއި ތޮއްނުޖެހި ގައިދުރުކަން ބަހައްޓައިގެން ކިޔަވައިދޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.

ކިޔަވައިދިނުމަށް ބޭނުންވާ މަންހަޖުގެ ބައިތައް މިހާރު ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ އާއިޝަތު ވިދާޅުވީ ދީރާސާ އައު އަހަރު ފަށާއިރު ޓީޗަރުންގެ ދަތިކަން އެބަހުރި ކަމަށެވެ.

ކުއްޖަކު ސްކޫލަށް ގޮސް، ސްކޫލްގައި ހުންނައިރު ރޯގާގެ އަލާމާތެއް އެ ކުއްޖެއްގެ ކިބައިން ފެނިއްޖެނަމަ ވަކިން ކޮޓަރިއެއްގައި ކުއްޖާ އެކަހެރި ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ބެލެނިވެރިޔާ އަންނަން ދެން އެ ކުއްޖާގެ ކަންތައްތައް ބަލަން ވަކިން މީހަކު ކަނޑައެޅިގެންދާނެ ކަމަށެވެ.

ކުދިންނަށް އަބަދު އަބަދު ކްލާހުން ބޭރަށް ނުނިކުމެވޭނެ ކަމަށާއި ކޮންމެހެން ކްލާހުން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނުކުމެވޭނީ ޓީޗަރެއްގެ ބެލެހެއްޓުމާއެކު ކަމަށް ވެސް އާއިޝަތު ވަނީ ވިދާޅުވެފައެވެ.

ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ މުހައްމަދު ވިދާޅުވީ ސްކޫލްތަކުން އަބަދުވެސް ފަންސޫރު، ފޮތް ކަހަލަ ތަކެތި "ޝެއަރ" ކުރުމަށް ކުދިންނަށް ބާރު އަޅާ ކަމަށެވެ. އެހެންނަމަވެސް މި ހާލަތުގައި ތަކެތި "ޝެއަރ" ނުކުރެވޭނެ ކަމަށާއި އެއީ ވީހާވެސް ކޮންޓެކްޓްވުން ކުޑަކުރުމަށް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ބެލެނިވެރިން އެންމެ އިސްކަމެއްދޭންވާ އެއްކަމަކީ އެ ކުއްޖެއްގެ އަމިއްލަ ފެންފުޅި ސްކޫލަށް ގެނެތޯ ކަށަވަރު ކުރުމަށް ކަމަށް ބަޝީރާ ވިދާޅުވިއެވެ.

ބަޝީރާ އިތުރަށް ވިދާޅުވީ މިނިސްޓްރީގެ ހާއްސަ ހުއްދައަކާއެކު ކޮންމެވެސް ވަރަކަށް މަޑުމަޑުން އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ކުދިންނަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެ ހަރަކާތްތަކުގެ ތެރޭގައި އާންމުކޮށް ކުދިން އުޅޭ ބައެއް އިތުރު ހަރަކާތްތައް ކަމުގައިވާ ސްކައުޓް، ގައިޑް، ލިޓިލްމެއިޑް ހިމެނޭ ކަމަށެވެ.

އެކެޑެމިކް ކަލަންޑަރުގައިވާ ފަދައިން ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ދެވަނަ ޓާމުގެ ކިޔެވުން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާއިރު ބޭބީނާސަރީ އިން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށް ކިޔެވުން ފެށިގެންދާނެއެވެ.

ސްކޫލުތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު ސްކޫލުތަކުގައި ދަރިވަރުން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މާސްކުއެޅުމާއި، ހުން ޗެކްކުރުމުގެ އިތުރުން އިޖުތިމާއީ ގައިދުރުކަމަށް މިއަހަރުވެސް ހާއްސަ ސަމާލުކަމެއްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2017

ރާއްޖޭގައި ދައުލަތެއްގެ ސިފަ އެއްގޮތަކަށްވެސް ނެތް: އިންތި

29 ސެޕްޓެމްބަރު 2017
ރާއްޖޭގައި ދައުލަތެއްގެ ސިފަ އެއްގޮތަކަށްވެސް ނެތް: އިންތި
20 ސެޕްޓެމްބަރު 2017

އަނެއްކާވެސް ސަރުކާރުގެ ބޮޑެތި ކޮރަޕްޝަންތަކެއް ފަޅާއަރުވާލައިފި. މިފަހަރު ފެނަކަ

20 ސެޕްޓެމްބަރު 2017
އަނެއްކާވެސް ސަރުކާރުގެ ބޮޑެތި ކޮރަޕްޝަންތަކެއް ފަޅާއަރުވާލައިފި. މިފަހަރު ފެނަކަ
01 ސެޕްޓެމްބަރު 2017

އުލްހިޔާގެ ގޮތުގައި މާލޭގައި މިފަހަރު ގާތްގަނޑަކަށް 500 ބަކަރި ކަތިލައިފި

01 ސެޕްޓެމްބަރު 2017
އުލްހިޔާގެ ގޮތުގައި މާލޭގައި މިފަހަރު ގާތްގަނޑަކަށް 500 ބަކަރި ކަތިލައިފި
31 އޯގަސްޓު 2017

އުލްހިޔާ ކަތިލުން މިފަހަރު ސިނާއީ ސަރަހައްދުގައި!

31 އޯގަސްޓު 2017
އުލްހިޔާ ކަތިލުން މިފަހަރު ސިނާއީ ސަރަހައްދުގައި!
19 ޖުލައި 2017

ފުލުހުންގެ އާދަކާދައިގެ މަތިން މިފަހަރު ވެސް "އިންޒާރުގެ ބަޔާނެއް" ނެރެފި!

19 ޖުލައި 2017
ފުލުހުންގެ އާދަކާދައިގެ މަތިން މިފަހަރު ވެސް "އިންޒާރުގެ ބަޔާނެއް" ނެރެފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު