Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިހާބު

މިރާއްޖެ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ގުރުބާންވާން ޖެހޭ: ތޯރިގް

ކައުންސިލް އިންތިޚާބު އޮންނާނީ މެއި 6 ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 28 އެޕްރީލު 2017 | ހުކުރު 10:11
ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު ތޯރިޤް އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު ތޯރިޤް އިބްރާހިމް

މިރާއްޖެ ރައްކާތެރި ތަނަކަށް ހަދައި އިސްލާޙީ މަގަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން އެންމެން ވެސް ގުރުބާންވާން ޖެހިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ބުރާސްފަތި ދުވަހުގެރޭ ނ. މިލަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ތޯރިޤް ވިދާޅުވީ ކޮންމެ ރައްޔިތަކު ވެސް މިގައުމު އިސްލާޚް ކުރުމަށްޓައި އެރައްޔިތަކަށް ކުރެވެން ހުރި ކޮންމެ މަސައްކަތެއް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޔާމިންގެ ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.

މިސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ސަބަބުތަކެއް ކަމަށް ވިދާޅުވެ ތޯރިގް ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ރައީސް މައުމޫނަށް އަނިޔާވެރިވަމުން ދިއުން ހިމެނެއެވެ.ރައީސް މައުމޫނަކީ ރާއްޖެއަށް ތަރައްގީ ގެނައުމުގައި ބުރަ މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެމަނިކުފާނަށާއި އިދިކޮޅު ފަރާތްތަކަށް ލިބެމުންދާ އަނިޔާއިން އެފަރާތްތައް ސަލާމަތްކުރުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ނިކުމެ އެމްޑީޕީއަށް ވޯޓް ދޭން ޖެހޭ ކަމަށެވެ.

"ރައީސް މައުމޫން ވެސް ރާއްޖޭގެ ތަރައްގީއަށް މަސައްކަތް ކުރެއްވި. ރައީސް ޔާމީން ގެންދަވަނީ ރައީސް މައުމޫނަށް އަނިޔާވެރިވަމުން. މީހެއްގެ ކަންފަތްމަތީ ޖެހީމައެކަނި ނޫން އަނިޔާވާނީ. މައުމޫން ސަލާމަތް ކުރުމަށް ހުރިހާ ދިވެހި ރައްޔިތުން އެމްޑިޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް އެދެން" ތޯރިޤް ވިދާޅުވި އެވެ.

އެމްޑީޕީއަކީ ރައީސް މައުމޫނުގެ ފިކުރުތަކަށް ތާއީދުކުރާ ޕާޓީއެއް ނޫން ނަމަވެސް އަބަދުވެސް އެމްޑީޕީއަކީ އަދުލު އިންސާފް ޤާއިމް ކުރުމަށް ގޮވާލާ ޕާޓީއެއް ކަމުން ރައީސް މައުމޫނާ ދޭތެރޭ މިއަދުގެ ސަރުކާރުން ކަންތައް ކުރަމުންދާ ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އާއި ހަތަރު ބޭފުޅުން ގުޅިވަޑައިގަތުމުން ދޭހަކޮށްދެނީ މިގައުމު ހަމަ މަގުން ނެއްޓެމުންދާތަން އެބޭފުޅުންނަށް ފެންނަ ކަމަށާއި މިކަމުގައި ގައުމު ސަލާމަތް ކުރުމަށް ހުރިހާ ރައްޔިތުންވެސް ނިކުންނަން ޖެހޭ ކަމަށް ތޯރިގް ފާހަގަކުރެއްވި އެވެ.

އަދި ޤާސިމް އިބްރާހިމްއަކީ އެތައް ރައްޔިތުންނަކަށް ބޮޑެތި އެހީތަކެއް ދެއްވާފައިވާ ބޭފުޅެއް ކަމަށާއި މިއަދު ޤާސިމްގެ ފިކުރާ ދެކޮޅަށް ވޯޓްދޭނީ އެމަނިކުފާނު ޖަލުގައި ބާއްވަން ބޭނުންވާ މީހުން ކަމަށެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީގެ ނިޒާމެއް ކަން ފާހަގަކުރަމުން ތޯރިގް ވިދާޅުވީ މިނިޒާމަކީ އެންމެ އާދައިގެ މީހާގެ އަޑު އަހައިގެން އެރަށްރަށުގެ ތަރައްޤީ އާއި ޤައުމުގެ ސިޔާސަތު އެކުލަވާލަން ފަސޭހަ ނިޒާމެއް ކަމަށާއި މިލަދޫގެ ރައްޔިތުންނަށް ބޭނުންވާނެ ކަންކަން މާލެ އޮފީސްތަކުގެ ބޮޑު ގޮނޑީގައި ތިއްބަވާ ބޭފުޅުންނަށް ނޭނގޭނެ ކަމަށެވެ.

ރައްޔިތުން ބޭނުންވާ ކަންކަންތައްތައް އިނގޭނީ ރައްޔިތުންނަށް ކަމަށް ވިދާޅުވެ މިސާލު ޖައްސަވަމުން މިލަދޫ ޒުވާނުންނާއި މިލަދޫ ރައްޔިތުން އިސް ނަގައިގެން ބަނދަރު ސަރަހައްދުގައި މިސްކިތެއް އަޅާ ނިންމާފައިވާ ކަމަށް އިޝާރާތްކުރައްވައި ތޯރިގް ވިދާޅުވީ ކައުންސިލަރުންނަކީ އެރަށްރަށުގެ މީހުންނަށް ފާހަގަކުރެވޭ ކަންކަން ސަރުކާރުގެ ތެރެއިން ކުރުވަން ތިބޭ ބައެއް ކަމަށެވެ.

"ރައީސް ނަޝީދު އަބަދުވެސް ވިދާޅުވާނެ، ރާއްޖޭގެ ވެރިކަން އޮންނަޖެހޭނީ މުއްސަދިން ނުވަތަ ވަކި އާއިލާއެއްގެ ތެރޭގައެއް ނޫނޭ. ނިކަމެތި ރައްޔިތު މީހާ ތަރައްގީ ކުރުމަށް އެންމެބޮޑު މަސައްކަތެއްކުރެއްވީ ރައީސް ނަޝީދު. ރަށުގެ ހޮޅުއަށީގައި އިންނަ ބައްޕަގެ ދަރިވެސް މިހާރު ހުންނާނީ އެރަށުގެ ވެރިއަކަށް، އެ ފުރުސަތު ރައްޔިތުންނަށް ހޯއްދަވައިދެއްވީ ރައީސް ނަޝީދު" ތޯރިގް ވިދާޅުވި އެވެ.

ނ. އަތޮޅު ކައުންސިލާއި ނ. އަތޮޅު ރަށްރަށުގެ ކައުންސިލްތަކަށް ކުރިމަތި ލައްވާފައިވާ ކެނޑިޑޭޓުންނަކީ ވަރަށް ގާބިލް ކެންޑިޑޭޓުން ކަމަށްވާއިރު ނ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ތޯރިގް އެދިވަޑައިގެންނެވި އެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
12 މާރިޗު 2017

އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު

12 މާރިޗު 2017
އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
27 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު

27 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ސަރުކާރުން ހައްގުތައް ރައްކާތެރިކުރަނީ ރައްޔިތުން ބާރުވެރިކޮށްގެން:ފޮރިން މިނިސްޓަރު
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު