Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮލަމާފުށީ ކައުންސިލްގެ މާލީ އޮޑިޓް ރިޕޯޓް

ކޮލަމާފުށީ ކައުންސިލްގެ 2019 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި 4 މައްސަލައެއް ފާހަގަކޮށްފި!

ފާހަގަ ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ މާއްދާތަކާއި ހިލާފު ވެފައިވާ މައްސަލަތައް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2021 | ހޯމަ 09:50
ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށި

ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށި

ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާގެ 2019 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި މައިގަނޑު ހަތަރު މައްސަލައެއް ފާހަގަކޮށް އެ މައްސަލަ އިޞްލާޙްކުރާނެ ގޮތުގެ ލަފާ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދީފިއެވެ.

އެ އޮފީހުން ބުނީ އެންމެ ފުރަތަމަ ފާހަގަ ކުރެވުނު މައްސަލައަކީ 1440 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށްޓަކައި ބޮޑުބެރު ޝޯއެއް ބޭއްވުމަށް ވެވުނު އެއްބަސްވުންތަކާއި ގުޅިގެން ފާހަގަކުރެވުނު ކަންތައްތައް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ކޮލަމާފުށީ ކައުންސިލްގެ އިދާރާއިން އެ އިދާރާގެ ޕްރޮކިއުމަންޓުގެ ކަންކަން ހިންގުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.01 ވަނަ މާއްދާގެ (ހ) އަދި އެ ގަވާއިދުގެ 10.01 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ވެފައިވާކަމަށް އެ ރިޕޯޓުގައި ވަނީ ބަޔާން ކޮށްފައެވެ. އަދި ކައުންސިލްގެ އިދާރާއަށް އެއްވެސް ޚިދުމަތެއް ނުލިބި، އިޤުތިޞާދީގޮތުން ފައިދާއެއް ނެތް ކަމަކަށް ޚަރަދު ކުރެވިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

(ހ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.01 ވަނަ މާއްދާގެ (ހ)ގައި ދައުލަތުގެ ފައިސާ ޚަރަދު ކުރަންވާނީ، ޤާނޫނީ ހަމަތަކުގެމަތިންހޯދޭ ތަކެއްޗަށް، ނުވަތަ ލިބިގަނެވޭ ޚިދުމަތަށް، ނުވަތަ ކުރުވާ މަސައްކަތަށް، ނުވަތަ އަދާކުރާ ވަޒީފާގެ މުސާރައާއި އިނާޔަތަށް، ނުވަތަޤާނޫނާ އެއްގޮތަށް ދޫކުރެވޭ ލޯނާއި ޚާއްޞަ އެހީއަށް ޤާނޫނީ ހަމަތަކުގެމަތިން ޚަރަދުކުރުމަށް ހުއްދަކުރާ ފައިސާ ދޫކުރުމަށް ކަމަށްބަޔާންކޮށްފައިވާތީ އެގޮތުގެ މަތީން އަމަލު ކުރުމަށް ކައުންސިލްގެ ފަރާތުން ވަނީ އެދިފައެވެ.

(ށ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.01 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ ޕްރޮކުމަންޓް ނިޒާމު ހިންގުމުގައި ދައުލަތުގެފައިސާ ހޭދަކުރެވެނީ، އިޤުތިޞާދީގޮތުން އެންމެ ފައިދާހުރި ގޮތެއްގެމަތިންކަން ޔަޤީންކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ އެގޮތުގެމަތީން އަމަލު ކުރުމަށް އެ އޮފީހުން ވަނީ އެދިފައެވެ.

(ނ) ޚިދުމަތުގެ އެއްބަސްވުންތައް ތައްޔާރު ކުރުމުގައި ކައުންސިލްގެ އިދާރާއަށް ލިބޭ މާލީ ގެއްލުން ވީހާވެސް ކުޑަވާނެހެންއެއްބަސްވުންތައް ތައްޔާރުކުރުމާއިއެކު ކައުންސިލުން ހިންގާ އެކިއެކި ހަރަކާތް ހިންގުމުގައި ދައުލަތުގެ ފައިސާ އިސްރާފު ނުވާނެހެން އެކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިޔުމަށްވެސް ވަނީ އެދިފައެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ބުނީ ފާހަގަ ކުރެވުނު ދެވަނަ މައްސަލައަކީ ހިނަވާގެ ހެދުމުގެ މަސައްކަތުގެ އަގު އަދާ ކުރުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ރިޓެންޝަން ފައިސާ އުނިކޮށްފައި ނުވާ މައްސަލަ ކަމަށެވެ.

2019 ވަނަ އަހަރު ކޮލަމާފުށީގައި ހިނަވާގެއެއް އިމާރާތްކުރުމަށްކުންފުންޔަކާއި ހަވާލުކޮށް މި ޚިދުމަތަށް ފައިސާ ދެއްކުމުގައި ކައުންސިލްގެ އިދާރާއިން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.68 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތީން ރިޓެންޝަން ފައިސާ އުނިކޮށްފައިނުވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.68 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތީން ރިޓެންޝަން ފައިސާ އުނިކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ލަފާދީފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށް ބަޔާން ކޮށްފައިވާ ތިންވަނަ މައްސަލައަކީ ފައިސާ ލިބެންޖެހޭ ފަރާތުގެ ލިޔުމެއް ނެތި ފައިސާ ލިބެންވާ އަސްލު ފަރާތް ނޫން އެހެން ފަރާތަކާއި ފައިސާ ހަވާލު ކޮށްފައިވާ މައްސަލައެވެ.

އެ އޮފީހުން ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.15 ވަނަ މާއްދާގެ (ހ)އި ޚިލާފަށް ކައުންސިލްގެ އިދާރާއިން -/80,074 (އަށްޑިހަ ހާސް ހަތްދިހަ ހަތަރެއް) ރުފިޔާ، އެ ފައިސާ ލިބެންވާ އަސްލު ފަރާތުގެލިޔުމެއް ނެތި އެހެން ފަރާތްތަކާއި ހަވާލު ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި މައްސަލަ އިޞްލާޙްކުރަން ލަފާ ދިންގޮތަށް ބަލާއިރު އެ އޮފީހުން ބުނީ ފައިސާ ލިބެންވާ އަސްލު ފަރާތްނޫން އެހެން ފަރާތަކާއި ފައިސާ ހަވާލުކުރާނަމަ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.15 ވަނަމާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ފައިސާ އަސްލު ލިބެންވާ ފަރާތުގެ ސޮއިކޮށްފައިވާ ލިޔުމެއް ހޯދުމަށްފަހު އެހެން ފަރާތްތަކާއިފައިސާ ހަވާލުކުރަމުން ގެންދިއުމަށް ދަންނަވާ ކަމަށެވެ.

އެ އޮފީހުން ފާހަގަ ކޮށްފައިވާ ހަތަރުވަނަ މައްސަލައަކީ ހަރުމުދަލުގެ ރަޖިސްޓްރީ ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވާ މައްސަލައެވެ.

އެގޮތުން ހަރުމުދަލުގެ ރަޖިސްޓްރީ ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވުމުގެ ސަބަބުން ހަރުމުދަލުގެ އަގުގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ -/738,070 (ހަތް ލައްކަ ތިރީސް އަށް ހާސް ހަތްދިހަ) ރުފިޔާ އަކީ ސައްޙަ އަދަދެއްކަން ކަށަވަރު ކުރެވެން ނެތްކަމަށް އެ ރިޕޯޓުގައި ބަޔާން ކުރެއެވެ.

އަދި ކައުންސިލްގެ އިދާރާއިން ހަރުމުދާ އެކި ބައިތަކަށް ބައިކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.04 ވަނަ މާއްދާގެ (ރ)ގައި ހަރުމުދަލުގެ އިންވެންޓްރީ އެކި ބައިތަކަށް ބައިކުރުމަށް ބަޔާންކޮށްފައިވާ ގޮތަށް ނޫންކަން ފާހަގަ ކުރެވިފައިވާކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

(ހ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.03 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ތަކުގެ ތެރޭގައި ހިމެނޭއިންވެންޓްރީ ކޯޑު ނަންބަރު (މި ނަންބަރު މުދަލުގައިވެސް ޖަހަންވާނެއެވެ)، މުދަލުގެ ފުރިހަމަ ނަމާއި ތަފުޞީލު (ބްރޭންޑް، މޮޑެލް،ސީރިއަލް ނަންބަރު، މިން ނުވަތަ ބަރުދަން، މުދަލުގެ ހާލަތު، މަރާމާތެއް ކުރެވިފައިވާނަމަ އެކަމެއްގެ ތަފުސީލު އަދި މިނޫންވެސްމުހިންމު މަޢުލޫމާތު ހިމަނަންވާނެއެވެ)، މުދާ ހުރި ތަން، މުދާ ލިބުނު ތާރީޚު، މުދަލުގެ އަގު އަދި އިތުރު މަޢުލޫމާތު ހިމަނައިގެންހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމަށް ކައުންސިލްގެ ފަރާތުން އެ އޮފީހުން އެދެއެވެ.

(ށ) ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.04 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވާ ގޮތަށް ހަރުމުދަލުގެ އިންވެންޓްރީ އެކިބައިތަކަށް ބައިކުރުމަށް ވަނީ އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު