Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޯވިޑް-19 ވެކްސިން

ޖޯންސަންގެ ނުވަ މިލިއަން ޑޯޒް ވެކްސިން ހޯދުމަށް ކޮލަންބިއާ އިން އެއްބަސްވުމަކަށް!

ކުރިއަތް އޮތް ދުވަސްތަކުގައި އިތުރު ވެކްސިން ޑޯޒްތައް ހޯދުމަށްޓަކައި މަސައްކަތް ކުރާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2020 | ބުރާސްފަތި 07:20
ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން

ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން

ޖޯންސަން އެންޑް ޖޯންސަންގެ ނުވަ މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ހޯދުމަށް ކޮލަންބިއާ އިން އެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޖޯންސަން އެންޑް ޖޯންސަން އާއެކު ވެކްސިންގެ ނުވަ މިލިއަން ޑޯޒް ހޯދުމަށް އެ ޤައުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބައޯއެންޓެކް ކުންފުނި ގުޅިގެން އުފެއްދި ވެކްސިނާއި ޔޫކޭގެ ކޮވިޑް ވެކްސިންއެސްޓްރާޒެނެކާގެ ޖުމްލަ 20 ޑޯޒް ވެކްސިން ވަނީ ހޯދާފައެވެ.

އެ ޤައުމުގެ ރައީސް އިވާން ޑުކިއު ވިދާޅުވީ އެ ޤައުމުގެ އާބާދީގެ 35 މިލިއަން ރައްޔިތުންނަށް ވެކްސިން ހޯދައި ދިނުމަށްޓަކައި ކުރިއަތް އޮތް ދުވަސްތަކުގައި އިތުރު ވެކްސިން ޑޯޒްތައް ހޯދުމަށްޓަކައި މަސައްކަތް ކުރައްވާ، އެއްބަސްވުންތައް ހަދާނެ ކަމަށެވެ.

ކޮލަންބިއާއިން ވަނީ އެ ޤައުމުގެ ނޭޝަނަލް ވެކްސިނޭޝަން ޕްލޭންގެ ދަށުން ރައްޔިތުންނަށް ވެކްސިން ހިލޭ ދިނުމަށް ނިންމާފައެވެ. އަދި ވަކިން ވެކްސިން ގަންނަން ބޭނުންވާ ފަރާތްތަކަށް އަމަލު ކުރަން ޖެހޭ އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ޤައުމުގެ ހެލްތް މިނިސްޓްރީން ބުނެއެވެ.

ކޮލަންބިއާގައި އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްހީ މަސައްކަތްތެރިންނަށެވެ. އެއަށްފަހު އުމުރުން 80 އަހަރަށް ވުރެން މަތީގެ މީހުންނަށް ވެކްސިން ދިނުމަށް ނިންމާފައިވާއިރު އުމުރުން 60 އަހަރާއި 79 އަހަރުގެ މީހުންނަށް ވެސް ވެކްސިން ދިނުމަށް ނިންމާފައިވެއެވެ. މީގެއިތުރުން ދާއިމީ ބަލިތަކަށް ބޭސް ކުރާ މީހުންނަށް ވެކްސިން ދޭން ނިންމާފައިވެއެވެ.

ކޮލަންބިއާގެ ކޮވިޑްގެ ހާލަތަށް ބަލާއިރު 1.6 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އުޅެނީ 43000ށްވުރެ ދަށުގައެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
20 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާ: ސެރިން ގޭސް ނުވަތަ އެފަދަ މާއްދާއެއް ބޭނުންކޮށްފައިވޭ

20 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާ: ސެރިން ގޭސް ނުވަތަ އެފަދަ މާއްދާއެއް ބޭނުންކޮށްފައިވޭ
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު