Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީގެ މައިކް

ނުވަ ދުވަސް ފަހުން ރާއްޖެ ޓީވީގެ މައިކް ދޫކޮށްލައިފި

27 އެޕްރީލު 2017 | ބުރާސްފަތި 15:10

މައިކު ދޫކޮށްލާފައިވަނީ މައިކު ދޫކޮށްލުމަށް އެދި ފުލުހުންނަށް ސިޓީ ފޮނުވާފައިވާތާ އެއް ހަފްތާ ފަހުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 27 އެޕްރީލު 2017 | ބުރާސްފަތި 15:10
ފުލުހުން ހިފެހެއްޓި މައިކް

ފުލުހުން ހިފެހެއްޓި މައިކް

މިމަހުގެ 18 ވަނަ ދުވަހު ފުލުހުން އަތުލާފައިވާ ރާއްޖެޓީވީގެ މައިކް ދޫކޮށްލައިފިއެވެ.

ރާއްޖެޓީވީގެ މައިކު ދޫކޮށްލާފައި ވަނީ މައިކު ދޫކޮށްލުމަށް އެދި ފުލުހުންނަށް ސިޓީ ފޮނުވާފައިވާތާ އެއް ހަފްތާ ފަހުންނެވެ. އަދި އެ ސިޓީ އަށް ފަހު ވެސް މައިކް ދޫކޮށްލާފައި ނުވާތީ ބުރާސްފަތި ދުވަހު (މިއަދު) ވެސް އިތުރު ސިޓީއެއް ފޮނުވާފައި ވެއެވެ.

ފުލުހުން ރާއްޖެ ޓީވީގެ މައިކް ގެންދިޔައީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީގެ އޮފީސް ކުރިމަތީގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ހަރަކާތް ހުއްޓުވުމުގެ ތެރޭގައެވެ. މައިކް ގެންގޮސްފައި ވަނީ އެ އިވެންޓް ލައިވްކުރަމުން ގެންދަނިކޮށެވެ.

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ސޮއިކުރައްވައި މިދިޔަ ހަފްތާގެ ބުދަ ދުވަހު ފޮނުވި ސިޓީގައި ވަނީ ރާއްޖެޓީވީގެ މައިކް ގެންދިޔައީ ނަސޭހަތެއް، އިންޒާރެއް ދިނުމެއް ނެތި އަދި ކޯޓް އަމުރެއް ވެސް ނެތި ކަމަށެވެ.

އެމްޑީޕީން އެރޭ ބޭއްވި ކެމްޕެއިން ހަރަކާތް ފުލުހުން ހުއްޓުވި އިރު ހަމައެރޭ މާވެޔޮމަގު ބަންދުކޮށްގެން ސަރުކާރު ހިންގާ ޕީޕީއެމުން ވެސް ކެމްޕެއިން ހަރަކާތެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

"މި ސްޓޭޝަނަކީ ސަރުކާރުން ކުރަމުންދާ ބޭއިންސާފު ޖޫރިމަނާތަކާއި އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ވަރަށް ނިކަމެތިވެ، މާލީ ދަތިކަމާއި، އިކިއުޕްމެންޓްގެ ފަގީރުކަން ތަހައްމަލުކުރަންޖެހިފައިވާ ސްޓޭޝަނެކެވެ،" ރާއްޖެޓީވީން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައިވެ އެވެ.

ރާއްޖެޓީވީގެ މައިކު ނެތުމުގެ ސަބަބުން ވަނީ ދުވަހުން ދުވަހަށް ސްޓޭޝަނުން ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫ އަރައި، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ބާއްވާ އިވެންޓްތަކަށް ގެނެސްދިނުމަށް ހުރަސްއެޅި، މާލީ ގޮތުން އުފުލައި ނުގަނެވޭވަރުގެ ގެއްލުންތައް ވެފައި ކަމަށް ފިޔާޒު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް