Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ކައިވެނި ޕާޓީ ކްލަސްޓާއިން އަހަރު ނުފުރޭ ދެ ކުދިން ޕޮޒިޓިވްވެއްޖެ

29 ޑިސެމްބަރު 2020 | އަންގާރަ 19:13

ކައިވެނި ޕާޓީ އޮތީ މި މަހުގެ 20 ވަނަ ދުވަހު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 29 ޑިސެމްބަރު 2020 | އަންގާރަ 19:13
ގއ ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ބަލި މީހަކު ގެންދަނީ

ގއ ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ބަލި މީހަކު ގެންދަނީ

މި މަހުގެ 20 ވަނަ ދުވަހު މާލޭގައި އޮތް ކައިވެނި ޕާޓީއަކުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަހަރު ނުފުރޭ 2 ކުދިން ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

އެޗްއީއޯސީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އާދިއްތަ ދުވަހާ ހަމައަށް އެ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 41 އަށް އަރައިފަ އެވެ. އަދި އެ އަދަދު މިއަދު ވަނީ 62 އަރައިފަ އެވެ.

Advertisement - newsAdvertisement

އެޗްއީއޯސީން ކުރިން ބުނެފައިވާ ގޮތުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކު ހަތަރު މީހަކު ވެސް ހިމެނެ އެވެ. ނަމަވެސް ކޮންމެ ދުވަހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރާ ތަފާސް ހިސާބުގައި މި ކުލަސްޓާގެ މައުލޫމާތު ވަކިން ފެންނާކަށް ނުހުރެ އެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ކުލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަށް މަހުގެ އަންހެން ކުއްޖަކާއި ނުވަ މަހުގެ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ. އެ ދެކުދިން ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

ޝީ ބިލްޑިންގައި ބޭއްވި ކައިވެނީގެ ހަފްލާއެއްގައި ކޮވިޑުގެ އަލާމާތްތައް ހުރި ބަޔަކު ބައިވެރިވުމުގެ ސަބަބުން އެންމެ ފުރަތަމަ މީހެއް ޕޮޒިޓިވްވީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް އެ އަދަދު އިތުރުވެ، 25 ވަނަ ދުވަހު 12 މީހަކު، 26 ވަނަ ދުވަހު 21 މީހަކު އަދި 27 ވަނަ ދުވަހު އަށް މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އެޗްޕީއޭ އިން މީގެ ކުރިން ވަނީ، އެ ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އެ އެޖެންސީން ނުގުޅާ މީހުން 1676 އަށް ގުޅައި، ވިހާވެސް ގިނަ މައުލޫމާތު ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމަށް ބުނެފަ އެވެ. އަދި އެޗްޕީއޭ އިން އަދި ގުޅާފައި ނުވާ މީހުން ގެއިން ބޭރަށް ނުނިކުމެ، ގޭގައި އެކަހެރިވެ ތިބުމަށް ވަނީ އެދިފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް