Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަނޑިޔާރުން މާލީ ބަޔާން ހުށައެޅުން

ފަނޑިޔާރުންގެ އަނބިދަރިންގެ މާލީ ބަޔާން ލާޒިމްކުރުން: ޖުޑީޝަރީއަށް އިތުބާރު ބޮޑުވާނެ!

ބައެއް ފަނޑިޔާރުންގެ ދިރިއުޅުމުގެ ފެންވަރު ލިބޭ މުސާރައާ ނުބައްދަލު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2020 | އަންގާރަ 03:35
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައެއް މެމްބަރުން - ޖޭއެސްސީން ދަނީ ޝަރުއީ ދާއިރާ އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައެއް މެމްބަރުން - ޖޭއެސްސީން ދަނީ ޝަރުއީ ދާއިރާ އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކުން ލާޒިމުކޮށްފައި އޮތީ، ފަނޑިޔާރުންގެ ހުރިހާ ވަގުތެއް ފަނޑިޔާރުކަމުގެ މަސައްކަތަށް ތަޚްޞީޞް ކުރުމަށެވެ. ފަނޑިޔާރުން އެ މަސައްކަތަށް ނުކުންނަނީ އެ ބޭފުޅުންނަށް އެހެނިހެން މަސައްކަތްކޮށް އާމްދަނީ އިތުރުކުރުމަށް އޮންނަ ފުރުސަތު މުތުލަޤަށް ދޫކޮށްލުމަށްފަހުއެވެ. އާމްދަނީ ހޯދުމަށް އިތުރު އެއްވެސް މަސައްކަތެއް ކުރުންވެސް ޤާނޫނުން މަނާކުރެއެވެ. އެކަން އެގޮތަށް ތަރުތީބުވެފައި އޮތީ ފަނޑިޔާރުންގެ މަސްލަޙަތު ހިމެނޭ ކަންކަމާއި، މީހުންނާއި ނުފޫޒުތަކުން ދުރުވެތިބުމަށް މަގު ފަސޭހަކޮށް، އެގޮތް ލާޒިމުކުރުމަށެވެ. އެހެނަސް ކަން ހިނގަމުން އަންނަނީ އެހެންތޯއެވެ. މިހާތަނަށް ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ބަލާފައިހުރި ބައެއް މައްސަލަތަކަށް ބަލާއިރު، ބައެއް ފަނޑިޔާރުންގެ ދިރިއުޅުމުގެ ފެންވަރު ލިބޭ މުސާރައާ ނުބައްދަލެވެ. މާލީ ބަޔާނުން ފެންނަން އޮންނަ ހިސާބު އަކުރުތަކާއި، ޚަރަދުގެ އާދައާ އިންތިހާއަށް ތަފާތެވެ.

ފަނޑިޔާރުންގެ މާލީ ބަޔާން ކޮންމެ އަހަރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅުމަކީ ޤާނޫނުއަސާސީން ލާޒިމުކޮށްފައިވާ ކަމެކެވެ. ފަނޑިޔާރުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، އަރަންޏާއި ދަރަނިހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ކޮންމެ، އަހަރަކު ފަނޑިޔާރުން ހުށަހަޅުއްވައެވެ. ނަމަވެސް އެ މާލީ ބަޔާން ބަރާބަރަށް ޖޭއެސްސީއަށް ހުށަހަޅަމުންދޭތޯއެވެ؟ ހުށަނޭޅުމުން އެޅި ފިޔަވަޅަކީ ކޮބައިތޯއެވެ؟ އެކަން މީގެ ކުރިން ކުރަމުންދިޔައީ ހަމައެކަނި "ނަމެއްގައި"ތޯއެވެ؟ ފަނޑިޔާރު ހުށަހަޅާ މާލީ ބަޔާނުން އެނގެނީ އޭނާގެ ބޭންކް އެކައުންޓްގެ ތަފްސީލު އެކަންޏެވެ. އޭނާ ޚަރަދުކުރަން ޖެހޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތް ބަލާއިރު، އެ ހުށަހަޅާފައި އޮތް މާލީ ބަޔާނުން އުފެދެނީ ސުވާލެވެ.

ޖޭއެސްސީން މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކުރި ގަވާއިދުން ވަނީ މި މައްސަލައަށް ޙައްލެއް ލިބޭނޭ ގޮތަށް ކަންފަހި ކޮށްފައެވެ. "ފަނޑިޔާރުންގެ މާލީ ބަޔާނާބެހޭ ގަވާއިދު" ގައި މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތާއި މާލީ ބަޔާން ހުށަނޭޅުމުން ދެން ވާނެ ގޮތް ތަފްސީލު ކޮށްދީފައިވެއެވެ. އެ ގަވާއިދުގެ މާއްދާތައް ކިޔާލުމުން، އެނގެނީ އެއީ ހަމައެކަނި ނަމެއްގައި ކުރާ ކަމެއް ނޫން ކަމެވެ. އެކައުންޓުގައި ހުރި ފައިސާއިން ފެށިގެން އަތުގައި ހުރި ނަގުދު ފައިސާގެ އަދަދާ ހަމައަށް މާލީ ބަޔާނުގައި ހިމަނަން ވަނީ އަންގާފައެވެ.

ކޮންމެ އަހަރު މާލީ ބަޔާން ހުށަހަޅާއިރު، ދަރިންނާއި އަނބި/ފިރިންގެ މާލީ ހާލަތު ވެސް ހުށަހެޅުމަށް މިހާރު ވަނީ ލާޒިމު ކޮށްފައެވެ. ކުރިން މިއީ ލާޒިމު ކޮށްފައިވާ ކަމެއް ނޫނެވެ. މިގޮތަށް ލާޒިމު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ފަނޑިޔާރުގެއަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުން ބަރީއަވެ، ނުހައްގު މުއްސަނދިކަން ހޯދާ ކަމަށް ބުނާ ވާހަކަތަކުން ފަނޑިޔާރުން ސަލާމަތްވާނެއެވެ.

މާލީ ބަޔާނުގެ ގަވާއިދުގައި ފަނޑިޔާރުންނަށް ހާއްސަ ފޯމަކާއި ފަނޑިޔާރުންގެ އަނބިންދަރިންނަށް ހާއްސަ ފޯމެއް ހިމަނާފައިވެއެވެ. ކޮންމެ ދަރިއަކަށް އަދި އަނތްބަކަށް ވަކި ފޯމެއް ފުރަންޖެހެއެވެ. އަދި އަލަށް އައްޔަނުކުރާ ފަނޑިޔާރުންގެ މަސްލަހަތު ފުށުއެރުން ހާމަކުރުމަށް ވެސް ވަކި ފޯމެއް އޮވެއެވެ.

ފަނޑިޔާރުންގެ އަނބިންނާއި ފިރިން އަދި ދަރިންނަށް ވޭތުވެދިޔަ އަހަރު ތެރޭގައި ލިބުނު ވިޔަފާރީގެ ފައިދާ އާއި ކުލީގެ ގޮތުގައި ލިބުނު ފައިސާ އާއި އިންޓްރެސްޓުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ވެސް ހިމަނަންޖެހެއެވެ. މީގެ އިތުރުން މިލްކިއްޔާތުގައި ނުވަތަ އަމިއްލަ ކުރުމުގެ މަރުހަލާގައިވާ ބިމާއި، ރޯހައުސް އާއި، ފްލެޓާއި، އެއްމެދު ގޯތި ނުވަތަ އިމާރާތް ފަދަ ތަންތަނާއި، އަމިއްލަ ނުވަތަ ހިއްސާވާ ރިޒޯޓު، ފަޅުރަށަށާއި ގެސްޓްހައުސް އާއި އުޅަނދުފަހަރާއި އޮޑިދޯނިފަހަރުގެ މައުލޫމާތު ވެސް ޖޭއެސްސީއަށް ހުށަހަޅަންޖެހޭނެ ކަމަށް ގަވާއިދުގައިބުނެއެވެ.

އަލަށް އަމަލު ކުރަން ފެށި ޤަވާއިދުގެ ދަށުން، ފަނޑިޔާރުކަމަށް އަލަށް އައްޔަން ކުރާ މީހާ ވެސް މާލީ ބަޔާން ހުށަހަޅަންޖެހޭނެއެވެ. މިއީ މީގެ ކުރިން އަމަލުކޮށްފައިވާ ގޮތެއް ނޫނެވެ. ފަނޑިޔާރު ކަމަށް އަލަށް އައްޔަން ކުރާ މީހާ މާލީ ބަޔާން ހުށަހެޅުމުން، މަގާމާއި ހަވާލުވިއިރު ހުރި މާލީ ހާލަތާއި މަގާމަށް ވަޑައިގަތުމަށްފަހު ހުރި ހާލަތު ވެސް ޖޭއެސްސީއަށް ވަޒަން ކުރެވިގެން ދާނެއެވެ.

ފަނޑިޔާރަކު ޖޭއެސްސީއަށް ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަނާޅައިފިނަމަ، ސުލޫކީ މައްސަލަ ބެލުމުގެ އިހްތިޔާރު ޖޭއެސްސީއަށް ލިބިގެންވެއެވެ. ޖޭއެސްސީއަށް ހުށަހަޅާ މާލީ ބަޔާން އެ ކޮމިޝަނުން ސައްހަކަން ކަށަވަރު ކުރާނެއެވެ. އަދި އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓްކުރުމުގެ އިހްތިޔާރު ޖޭއެސްސީއަށް ލިބިގެންވެއެވެ. މާލީ ބަޔާނާ ގުޅިގެން އިތުރަށް މައުލުމާތެއް ސާފުކުރުމަށް އެންގުމުން އެ މައުލޫމާތެއް ނުދީފިނަމަ، ސުލޫކީ މައްސަލަ ބެލޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ޖޭއެސްސީގެ ސެކެޓްރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވީ ފަނޑިޔާރުން ޖޭއެސްސީއަށް ހުށަހަޅާ މާލީ ބަޔާން އާންމު ނުކުރާނެ ކަމާށާއި މާލީ ބަޔާން ބޭނުންކުރާނީ ހަމައެކަނި މޮނީޓަރިންގެ ބޭނުމަށް ކަމަށެވެ. އަދި ފަނޑިޔާރުން ހުށަހަޅާ މާލީ ބަޔާނުގައި އަލަށް ހިމެނުމަށް ލާޒިމްކޮށްފައިވާ ކަންތައްތަކުގެ ސަބަބުން މޮނީޓަރިންގެ މެކޭނިޒަމް ހަރުދަނާ ވެގެންދާނެ ކަމަށް އިޒްމީރާ ވިދާޅުވިއެވެ.

ޖޭއެސްސީން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށް "ބުރަ ބޮޑު" މަސައްކަތްތަކެއް ކޮށްފައިވެއެވެ. ގެއްލިފައިވާ އިތުބާރު ފަނޑިޔާރުގެއަށް ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެކި ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅައި، ކޯޓުތައް "ސާފު" ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ދަނީ ކުރަމުންނެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންގެ އިތުބާރު ޖުޑީޝަރީއާމެދު އިތުރުވަމުންދާ ކަމަށް ބުނެވިދާނެއެވެ. އޭގެ ހެއްކަކީ ޖޭއެސްސީއަށް ހުށަހަޅާ ޝަކުވާތަކުގެ އަދަދު އަހަރުން އަރަހަށް އިތުރުވަމުން ދިއުމެވެ. ދެހާސް އަށާރަ ވަނަ އަހަރު އެ ކޮމިޝަނަށް ހުށަހެޅީ އެންމެ ނުވަ ޝަކުވާއެވެ. ނަމަވެސް 2020 ވަނަ އަހަރު 300 އަށް ވުރެ ގިނަ ޝަކުވާ އެ ކޮމިޝަނަށް ލިބިފައިވެއެވެ. އެތައް މައްސަލައެއްގެ ތަޙުޤީޤު ނިމި ފިޔަވަޅު އަޅައިފިއެވެ. ބެލެމުންދާ މައްސަލަތަކުގެ ޢަދަދު އެހާމެ ގިނައެވެ.

މިހާރު ޖުޑީޝަރީއިން ފެންނަ މަންޒަރަށް ބަލާއިރު، އަލަށް މި ތައާރަފް ކުރެވުނު އުސޫލަށް ފަނޑިޔާރުގެއިން މަރުހަބާ ކިޔާނޭކަން ކަށަވަރެވެ. ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުން ކުރާ އިތުބާރަކީ ފަނޑިޔާރުންގެ މަސައްކަތުގައި އެންމެ މުހިންމު ޝަރުތެވެ. އެކަން ފަނޑިޔާރުން ދެނެވަޑައިގަންނަވާކަން، މިހާރު މައްސަލަތައް ހިންގަވާ ގޮތަށް ބެލުމުން އެނގެއެވެ.

ޖުޑީޝަރީ އިސްލާހު ކުރުމަށް ޖޭއެސްސީން ކުރަމުންދާ މަސައްކަތާ އެކު، ފަނޑިޔާރުން ހުށަހަޅަންޖެހޭ މާލީ ބަޔާން ކުރިއަށް ވުރެ ހަރުދަނާ ކުރުމުން، ފަނޑިޔާރުގެއަށް އަނެއްކާވެސް ލިބިގެންދާނީ ރައްޔިތުންގެ އިތުބާރެވެ. ފަނޑިޔާރުންގެ މާލީ ބަޔާން ހުށަހަޅާއިރު، އަނބިދަރިންގެ މާލީ ބަޔާންވެސް ހުށަހަޅަން ލާޒިމުކުރުމަކީ ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުން ފަނޑިޔާރުންނާއި ފަނޑިޔާރުގެ ސާފުކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބާކީ ތިއްބެވި ބޮޑު ތިންފަނޑިޔާރުންގެ އަޖަލު

ބާކީ ތިއްބެވި ބޮޑު ތިންފަނޑިޔާރުންގެ އަޖަލު

07 މެއި 2018
ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.

ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.

03 މެއި 2018
ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟

ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟

17 އެޕްރީލު 2018
ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

02 ފެބުރުއަރީ 2018
އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

13 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު