Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރުސީގެ ހިޔާނާތް/ މަނީ ލޯންޑަރިންގ

މަނީ ލޯންޑަރ ކުރުމުގެ ތުހުމަތު ކުރެވޭ ސަން ކޮންސްޓަރަކްޝަން ކުންފުނީގެ އަޑުއެހުމެއް މާދަމާ

މިދިއަ ހަފްތާގެ ބުދަ ދުވަހު ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ ސަން ކުންފުނީގެ ފަރާތުން ވަޑައިގެންނެވި ފަރާތަށް ކުއްލި ގޮތަކަށް ސިއްހީ މައްސަލައެއް ދިމާވެގެން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2020 | ހޯމަ 17:00
ކްރިމިނަލް ކޯޓު: މިމަހުގެ 16އިން 31އަށް ރިސެސްގައި އޮތްނަމަވެސް ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތްތައް ދަނީ ބާއްވަމުން

ކްރިމިނަލް ކޯޓު: މިމަހުގެ 16އިން 31އަށް ރިސެސްގައި އޮތްނަމަވެސް ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތްތައް ދަނީ ބާއްވަމުން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލްކޮށްފިއެވެ.

އެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ އަންގާރަ ދުވަހުގެ 10:00އަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ އަޑުއެހުމެއް މިދިއަ ހަފްތާގެ ބުދަ ދުވަހު ތާވަލްކުރުމަށްފަހު ކުއްލި ގޮތަކަށް ކެންސަލް ކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުން ބުނެފައިވާ ގޮތުގައި އެ މިދިއަ ހަފްތާގެ ބުދަ ދުވަހުގެ އަޑުއެހުން ކެންސަލް ކުރަންޖެހުނީ، އަޑުއެހުން ތާވަލްކޮށްފައިވާ 10:00ށް އަޑުއެހުން ބޭއްވުމަށް ތައްޔާރުވެފައިވަނިކޮށް، ސަން ކުންފުނީގެ ފަރާތުން ވަޑައިގެންނެވި ފަރާތަށް ކުއްލި ގޮތަކަށް ސިއްހީ މައްސަލައެއް ދިމާވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުމުން ކަމަށެވެ. އޭރު އަޑުއެހުމަށް އޭނާއާއެކު އެކުންފުނީގެ ގާނޫނީ ވަކީލާއި ދައުލަތުގެ ވަކީލުން ހާޒިރުވެ ތިއްބެވި އެވެ.

ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގ ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން، މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާފައިވާއިރު، ދައުލަތުން ވަނީ އެ އަޑުއެހުމުގައި ދައުވާ އިއްވާފަ އެވެ. ދައުވާ އިއްވުމުން ދައުވާ ސާފު ނުވާކަމަށް ވިދާޅުވެ، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ވަކީލުން އެ އަޑުއެހުމުގައި ގިނަ ވަގުތު ހޭދަކުރެއްވި އެވެ. ދައުވާގައި "ފަށަލަކުރުން" ބަޔާން ކޮށްފައިވާތީ މިމައްސަލާގައި ފަށަލަ ކުރުމަކީ ކޮބައިކަން ސާފު ނުވާކަމަށް ތަކުރާރުކޮށް ދިފާއީ ވަކީލުން ވިދާޅުވި އެވެ. ނަމަވެސް ފަހުން ދައުވާ ސާފުވާކަމަށް ވިދާޅުވެ، މިމައްސަލައާ ގުޅޭ ބައެއް ލިޔެކިޔުންތައް މަދުކަން ފާހަގަ ކުރެއްވުމުން، ގާޒީ ވަނީ މީގެ އެއްމަސް ކުރިން ބޭއްވި އަޑުއެހުމުގައި ލިޔެކިޔުންތައް ހަމައަށް ލިބިފައި ނުވާކަން ދައުވާ ލިބޭ ފަރާތުން ހާމަކޮށްފައި ނުވާ ކަމަށެވެ.

މިމައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވަނީ މަދުވާ ލިޔެކިޔުންތައް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ދިފާއީ ވަކީލު ވަނީ ލިޔެކިޔުންތައް ހަމައަށް ލިބުމުން ދައުވާއަށް ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. ގާޒީ ވަނީ ދެން ބޭއްވޭ އަޑުއެހުމަށް ދައުވާއަށް ޖަވާބުދާރީ ވުމަށް ތައްޔާރުވެގެން، ވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާފަ އެވެ.

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަކީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮތް ކުންފުންޏެކެވެ، ނަމަވެސް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނެނީ، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަދި އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް އާއި ހުސައިން ސާލިމް މުހައްމަދު ކިޔާ ބޭފުޅެކެވެ.

ހަމަ މި މައްސަލައިގައި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ. މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނަވަނީީ ސަން ސިޔާމް އެވެ. ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގ ކުށުގެ ދައުވާއާ ގުޅިގެން ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ ދިފާއީ ހެކި ހުށަހަޅާފައެވެ. މީގެކުރިން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ވަނީ ދައުލަތުގެ ފަރާތުން ހެކި ހުށަހަޅާފަ އެވެ.

ދައުލަތުން އުފުލި ދައުވާގައި މައިގަނޑުގޮތެއްގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

ބޭންކް އޮފް ސިލޯންގައިވާ ކުރިކް ރިޒާގެ އެކައުންޓަށް 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) ޑޮލަރު، ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކުންފުނީގެ އެކައުންޓަށް ޖަމާކޮށް، ސަން ސިޔާމުގެ އެހެން ކުންފުންޏެއް ކަމަށްވާ ސަން އިންވެސްޓްމަންޓް ކުންފުނި މެދުވެރިކޮށް، ރައީސް ޔާމީންއަށް ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ކުރިކް ރިޒާއާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލަތަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތެއް ކަމަށް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން، ރައީސް ޔާމީނާއި މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތުން، 591،118،915.20ރ. (ފަަސް ސަތޭކަ ނުވަދިހަ އެއް މިލިއަން އެއް ލައްކަ އަށާރަ ހާސް ނުވަ ސަތޭކަ ފަނަރަ ރުފިޔާ ވިހި ލާރި) ހޯދުމަށް ދައުލަތުން މަސައްކަތް ކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު