Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19ށް ވެކްސިން ދިނުން

ވިލާތުގައި ކޮވިޑް-19ށް ވެކްސިން ދޭން ފެށުން- ބަލިމަޑުކަމުގެ ނިމުމުގެ ފެށުން

ހަންގޭރީގައި ވެކްސިނުން ދިނުން ވަނީ ހޮނިހިރު ދުވަހު ފަށާފައި

ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2020 | ހޮނިހިރު 16:58
ޑިސެމްބަރު 26 ވަނަ ދުވަހު ހަންގޭރީގެ ހޮސްޕިޓަލަކަށް ކޮވިޑް-19 ވެކްސިން އެ ގައުމުގެ ސިފައިން އުފުލަނީ

ޑިސެމްބަރު 26 ވަނަ ދުވަހު ހަންގޭރީގެ ހޮސްޕިޓަލަކަށް ކޮވިޑް-19 ވެކްސިން އެ ގައުމުގެ ސިފައިން އުފުލަނީ

ވިލާތުގެ ގައުމުތަކުގައި ކޮވިޑް-19ށް ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ފެށުމާއެކު ބަލިމަޑުކަމުގައި ތަހައްމަލު ކުރަން ޖެހުނު 2020ގެ ނާއައުމީދުތަކަށް ނިމުމެއް އަތުވެދާނެ ކަމުގެ އުއްމީދު ޔޫރަޕް ބައްރަށް އާވެއްޖެއެވެ.

ހޮނިހިރު ދުވަހު ހަންގޭރީގައިވަނީ ވެކްސިން ދޭން ފަށާފައެވެ. ފްރާންސް، ޖަރުމަނު ވިލާތް، އިޓަލީ، އޮސްޓްރިއާ، ޕޯޗުގަލް އަދި ސްޕޭންގެ ރައްޔިތުންނަށް އާދިއްތަ ދުވަހު ވެކްސިން ދޭން ފެށުމުގެ އެންމެ ފަހުގެ ތައްޔާރުތައްވަނީ ވެފައެވެ.

ބަލިމަޑުކަމުގެ ސަބަބުން 1.7 މިލިއަން މީހުން ދުނިޔެއާ ވަކިވާން ޖެހި، އެތައް ސިނާއަތެއް ބަނގުރޫޓުވެ، އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލި، ގައުމުތައް ދަރަނިވެރިވެ، އާއްމު ދިރިއުޅުމުގެ އެތައް ކަމަކަށް ބުރޫއެރި މި ހާލަތުން އަރައިގަތުމުގެ ފެށުމަކީ ވެކްސިން ދޭން ފެށުން ކަމަށް ތަޖުރިބާކާރުން ދެކެއެވެ. ޔޫރަޕިއަން ޔުނިއަން އިން ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށާއިރު، އެ ބައްރަކީ 450 މިލިއަން މީހުންގެ މައްޗަށް އެކުލެވިފައިވާ ބައްރެކެވެ. ބަލީގެ ނުރައްކާ އެންމެ ބޮޑުވި އެއް ބައްރަކީވެސް ޔޫރަޕްއެވެ.

ހަންގޭރީގައި ހޮނިހިރު ދުވަހު، ފައިޒާ އާއި ބަޔޯއެންޓެކް އިން އުފެއްދި ވެކްސިންދޭން ފެށިއިރު، ތިންލައްކަ އަށް ވުރެ ގިނަ މީހުން އެގައުމުން އެކަނިވެސް ކޮވިޑް ބައްޔަށް ޕޮސިޓިވްވެ، ނުވަހާހާއި ގާތްކުރާ އަދަދަކަށް އެގައުމުން ބަލީގައި މީހުން މަރުވެފައިވެއެވެ. މިހާރުވެސް ހަހާހަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެތައް މިލިއަން މީހުންނަށް ވެކްސިން ދޭން ފަށާއިރު، ޔޫރަޕްގައިވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނޭ ކަމަށް ތަޖުރިބާކާރުން ދެކެއެވެ. ފައިޒާ އާއި ބަޔޯއެންޓެކް އިން އުފައްދާފައިވާ ވެކްސިންއަކީ އެމްއާރްއެންއޭ ޖެނެޓިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ވެކްސިނެއް ކަމަށް ވުމާއެކު، އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވާނީ އެއްތަނުން އަނެއް ތަނަށް ވެކްސިން ގެންދިއުމުގައި ވަރަށް ފިނީގައި މި ވެކްސިން ބަހައްޓަން ޖެހޭ ކަމެވެ. އެމްއާރުއެންއޭ ވެކްސިން ރައްކާކުރަން ޖެހެނީ މައިނަސް 80 ޑިގްރީ ސެލްސިއަސް ގައެވެ.

އާދިއްތަ ދުވަހު ވެކްސިން ޕްރޮގްރާމް ފެށުމަށް ތައްޔާރުވަމުންދާ ފަރަންސޭސި ވިލާތައް ހޮނިހިރު ދުވަހު ވަނީ 19،500 ވެކްސިން ޑޯޒް ގެނެސްފައެވެ. ފަރަންސޭސިވިލާތުން ބުނީ ޖަނަވަރީ އާއި ފެބްރުއަރީގެ ތެރޭގައި ގާތްގަނޑަކަށް އެއް މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ރޭވިފައިވާ ކަމަށާއި، މިގޮތުން ފުރަތަމަ ވެކްސިން ދޭނީ ނާސިންގ ހޯމްތަކުގައި ތިބި މީހުންނަށް ކަމުގައެވެ. އަދި 2021 ގެ މާޗް އާއި ޖޫން މަހާއި ދެމެދު އިތުރު 14-15 މިލިއަން މީހުންނަށް ވެކްސިން ދޭން ރޭވިފައިވާ ކަމަށްވެސް އެ ގައުމުން ބުނެއެވެ.

ސްޕޭންގައި ވެސް އާދިއްތަ ދުވަހު ވެކްސިން ދޭން ފަށާނެއެވެ. ސްޕޭންގެ ހެލްތް މިނިސްޓަރ ޓްވިޓަރ މެދުވެރިކޮށް ވިދާޅުވީ، މިއީ "ބަލިމަޑުކަން ނިމުމުގެ ފެށުން" ކަމުގައެވެ.

ޖަރުމަނުވިލާތުންވެސް އެންމެ ފުރަތަމަ ވެކްސިން ދޭނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ދޮށީ އުމުރުގެ މީހުންނަށެވެ. ޖަރުމަނު ވިލާތުން 1.6 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުނު އިރު ބަލީގައި 29 ހާސް މީހުން ވަނީ މަރުވެފައެވެ.

ޖަރުމަނުވިލާތުގެ މައި ސަރުކާރުން ޕްލޭން ކޮށްފައިވަނީ 1.3 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ގައުމުގެ އެކި ސަރަހައްދުތަކަށް އަހަރު ނިމުމުގެ ކުރިން ފޯރުކޮށްދިނުމަށެވެ. އަދި ޖެނުއަރީ މަހުގެ ކޮންމެ ހަފްތާއަކު ހަތް ލައްކަ ޑޯޒް ފޯރުކޮށް ދިނުމަށެވެ.

ޕޯޗުގަލްގައި ފުރަތަމަ ބެޗްގެ ވެކްސިން މިހާރުވަނީ ގުދަން ކޮށްފައެވެ. އެ ގައުމުގެ ސަރުކާރުން ބުނެފައިވަނީ ވެކްސިން ރައްކާކޮށްފައިވާ ތަނުން ދިހަހާސް ޑޯޒް އެ ގައުމުގެ މައި ފަސް ހޮސްޕިޓަލަށް ފޯރުކޮށް ދިނުމުގެ އިންތިޒާމު ކުރިއަށް ދާ ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ވިލަރެސް ކުރެވިގެން ކުރިއަށްދާން ފެށުމާއެކު، ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ކަމުގެ އުއްމީދުވަނީ އައުވެފައެވެ. ނަމަވެސް ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އަދިވެސް ބޮޑެތި ގޮންޖެހުންތައް ކުރިއަށް ހުރިކަމަށް މާހިރުން ދެކެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މައުމޫން މިނިވަންވުން، ބަދަހި ސަރުކާރެއްގެ ފެށުން!؟

ރައީސް މައުމޫން މިނިވަންވުން، ބަދަހި ސަރުކާރެއްގެ ފެށުން!؟

01 އޮކްޓޯބަރު 2018
އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!

އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!

11 ޖުލައި 2018
ހާމިދުގެ ބަދިގޭގައި: ކަރަންޓް ލައިދޭން އާދޭސްކުރާތާ ތިން އަހަރު!

ހާމިދުގެ ބަދިގޭގައި: ކަރަންޓް ލައިދޭން އާދޭސްކުރާތާ ތިން އަހަރު!

26 ޖެނުއަރީ 2018
މިއީ ނިމުމުގެ ފެށުން؟

މިއީ ނިމުމުގެ ފެށުން؟

19 ޖެނުއަރީ 2018
ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

02 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު