Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ އާއި ވެލެންސިއާގެ މެޗު

މާޒިޔާ އާއި ވެލެންސިއާ މެޗަކީ މި ބުރުގެ ފައިނަލް މެޗު: އާތީ

26 ޑިސެމްބަރު 2020 | ހޮނިހިރު 05:09

ލީގުގައި ފުރަތަމަ ދެ މެޗުން މޮޅުވި ހަމައެކަނި ދެ ޓީމަކީ ވެލެންސިއާ އާއި މާޒިޔާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ޑިސެމްބަރު 2020 | ހޮނިހިރު 05:09
ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ)

ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ)

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބު ވެލެންސިއާ ބައްދަލުކުރާ މެޗަކީ މި ބުރުގެ ފައިނަލް މެޗު ކަމަށް ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.

މި ދެ ޓީމުވެސް މިހާތަނަށް ލީގުގައި ދެ މެޗު ކުޅެފައިވާއިރު، ފުރަތަމަ ދެ މެޗުން މޮޅުވި ހަމައެކަނި ދެ ޓީމަކީ ވެލެންސިއާ އާއި މާޒިޔާއެވެ. އެގޮތުން ފުރަތަމަ މެޗުގައި ކުލަބު ގްރީން ސްޓްރީޓްސް އަތުން 1-0 ން ވެލެންސިއާ މޮޅުވިއިރު، ދެވަނަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ފަސޭހަކަމާއެކު 4-0 ން ވެލެންސިއާ ވަނީ މޮޅުވެފައެވެ. އަދި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުގައި ޔޫވީ އަތުން 4-0 ން މޮޅުވިއިރު، ދެވަނަ މެޗުގައި ވަނީ ގްރީން ސްޓްރީޓްސް އަތުން 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ މާޒިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާތީ ބުނީ މި މެޗަކީ މި ބުރުގެ ފައިނަލް މެޗު ކަމަށް ދެންނެވިދާނެ ކަމަށާއި، މި މެޗުން މޮޅުވާ ބަޔަކަށް މި ބުރުގައި ކޮންމެވެސް ހިސާބަކަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން، ފޯމޭޝަން ރޫޅާނުލައި ކުޅެފިއްޔާމު، މި މެޗުން ވެލެންސިއާއަށްވެސް މޮޅެއް ހޯދޭނެ ކަމަށް އާތީ ވަނީ ބުނެފައެވެ.

ވެލެންސިއާ މެޗުގެ ކުރިން މާޒިޔާގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ލީގުގައި މި ވަގުތު ހާލަތު އޮތްގޮތުން މިއީ ވާދަވެރި މެޗެއްގެ ގޮތުގައި ވެދާނެ ކަމަށާއި، އެކަމަކު މިއީ ލީގުގެ މަގާމެއް ކަނޑައަޅާނެ މެޗެކޭ ބުނަން އަދި އަވަސް ކަމަށެވެ. އަދި ވެލެންސިއާގެ ވަކިވަކި ކުޅުންތެރިންނަށް ވިސްނައިގެން ޓީމު ރޭވުމުގެ ބަދަލުގައި މުޅި ޓީމަށް ވިސްނަން ޖެހޭ ކަމަށާއި، ވަކިވަކި ކުޅުންތެރިންނަށް ވިސްނައިފި ނަމަ، އެ ޓީމުގައި ތިބޭ އެހެން ކުޅުންތެރިންނަށް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 21:00 ގައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް