Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްރަންޓްލައިން ޕޮލިސިންގ ސިމްޕޯޒިއަމް

ފުލުހުންގެ ފްރަންޓްލައިން ޕޮލިސިންގ ސިމްޕޯޒިއަމް ނިންމާލައިފި

މި ސިމްޕޯޒިއަމަކީ ފުލުހުން ސީދާގޮތުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ޑިސެމްބަރު 2020 | ބުރާސްފަތި 19:04
ފުލުހުންގެ ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރަނީ

ފުލުހުންގެ ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރަނީ

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސީދާ ގޮތުން ރައްޔިތުންނަށް ދެވޭ ފުލުހުންގެ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކާ މެދު މަޝްވަރާކުރުމަށް ބޭއްވި "ފްރަންޓްލައިން ޕޮލިސިންގ ސިމްޕޯޒިއަމް" ނިންމާލައިފިއެވެ.

މި މަހުގެ 22ން 24ށް އިސްކަންދަރު ކޮށީގައި ކުރިއަށްގެންދިޔަ މި ސިމްޕޯޒިއަމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަހުމާނެވެ.

މި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަަޙްމަދު ޢަބްދުއްރަހުމާން ދެއްކެވި ވާހަކައިގައި މިދަފަ ސިމްޕޯޒިއަމެއް ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި، އެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށާއި، އެގޮތުން ކުރެވުނު މަޝްވަރާތަކުން އެދެވޭ ހެޔޮ ނަތީޖާއެއް ފެންނާނެ ކަމަށް ދެކިލައްވާ ކަމަށް ވިދާޅުވިއެވެ. އަދި މި ސިމްޕޯޒިއަމަކީ ހެޔޮ ބަދަލު ތަކެއްގެ ފެށުން ކަމުގައިވެސް ވިދާޅުވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ސިމްޕޯޒިިއަމަކީ ފްރަންޓްލައިން ޕޮލިސިންގެ ދާއިރާގައި ހުރި މައްސަލަތަކާއި، އެކަންކަމަށް ހޯދޭނެ ހައްލުތަކާ މެދު މަޝްވަރާކޮށް، ތަންފީޒީ މަރުހަލާއަކަށް އެކަންތައްތައް ގެންދިއުމަށް ކުރަންހުރި މަސައްކަތްތައް ދެނެގަތުމުގެ ގޮތުން ބޭއްވި ސިމްޕޯޒިއަމެކެވެ. އަދި މި ސިމްޕޯޒިއަމުގައި ފްރަންޓްލައިން ޕޮލިސިންގ ހަރުދަނާކުރުމަށް ގެންނަނަންޖެހޭ ބަދަލުތައް ދެނެގަތުމާއި، ފްރޮންޓްލައިން ޚިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަމަލުކުރާނެ ރާސްތާގެ އަމަލީ އެޖެންޑާއެއް އެކުލަވާލާފައިވެއެވެެ. ހަމައެއާއެކު ފްރަންޓްލައިން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވި، އާންމު ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، ފްރަންޓްލައިން ފުލުހެއްގެ ޒިންމާ އާއި ވާޖިބު އަދާ ކުރުމުގައި ލިބެންހުރި ވަސީލަތްތައް ބޭނުންކުރުމުގައި އަދި މެނޭޖުކުރުމުގައި ހުރި ގޮންޖެހުންތަކާއި ހުރަސްތައް އަދި ރަނގަޅު ކުރަން ކުރެވެންހުރި ކަންކަން ދެނެގަނެވިފައިވެއެވެ.

މީގެ އިތުރުން ފްރަންޓްލައިން ފުލުހުންގެ މަސައްކަތްތައް ޓެކްނޮލޮޖީ ދާއިރާއިން އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތަކާއި، މިހާރު ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ދެނެގަތުމާއި، ފުލުހުންނަށް އެންމެ މުހިންމު ތަމްރީނުތައް ދެނެގަތުމާއި، މިހާރު ދެމުންގެންދާ ތަމްރީނުތަކުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ރަނގަޅުކުރެވޭނެ ގޮތްތައް ހޯދުމާއި، ފުލުހުންގެ ދައުރު އަދާކުރުމުގައި ޤާނޫނުތަކުން ދިމާވާ ދަތިތައް މި ސިމްޕޯޒިއަމުގެ ތެރެއިން ވަނީ ދެނެގަނެވިފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާއި ތަކެއްޗާ މެދު އަމަލުކުރުމުގައި ތަހުގީގު މަރުހަލާގައި ހުރި ދަތިތަކާއި، ތަހުގީގު މަރުހަލާ ކުރިއަށްދާއިރު ފްރަންޓްލައިނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ތަހްގީގުކުރާ ފަރާތްތައް ގުޅިގެން މަސައްކަތް އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމުގެ އިތުރުން އިންޓެލިޖެންސްގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ދެނެގަތުމާއި، އިތުރަށް ރަގަނޅުކުރެވިދާނެ ކަންތައްތައް މި ސިމްޕޯޒިއަމުގެ ތެރެއިން ދެނެގަނެވިފައިވެއެވެ.

މި ސިމްޕޯޒިއަމުގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑާއި، ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑާއި، ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސަރވިސަސް އަދި ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ބައިވެރިންގެ ތެރޭގައި ވާޗުއަލްކޮށް ބައިވެރިވާ މުވައްޒަފުންވެސް ހިމެނެއެވެ. މި ސިމްޕޯޒިއަމުގައި އޮބްޒާވަރުންގެ ގޮތުގައި ޕޮރޮފެޝަނަލް ސްޓޭންޑާރޑް ކޮމާންޑާއި، ލީގަލް ޑިޕާޓްމަންޓާއި، ޓްރެއިން އެންޑް ޑިވެލޮޕްމެންޓާއި ހިއުމަން ރިސޯސް ޑިވެލޮޕްމެންޓާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސަރވިސަސް އާއި، ލޮޖިސްޓިކް ސަރވިސް އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާރޒުންވެސް ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި

10 މާރިޗު 2017
ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު