Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސީލައިފްގެ މައްސަލައިގައި ބަދަލު ދިނުން

ދައުލަތުން ސީލައިފްއަށް ބަދަލު ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ނިންމައިފި

ސެޓެލްމަންޓް އެގްރީމަންޓުގައި ބަޔާން ކޮށްފައިވާ ޚަރަދުތައް ދިމާނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޑިސެމްބަރު 2020 | ބުރާސްފަތި 06:57
ސިވިލް ކޯޓު ހުންނަ އިމާރާތް- ސިވިލް ކޯޓުން މި މައްސަލަ ބަލައި މައްސަލައިގައި ޙުކުމް ކޮށްފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު

ސިވިލް ކޯޓު ހުންނަ އިމާރާތް- ސިވިލް ކޯޓުން މި މައްސަލަ ބަލައި މައްސަލައިގައި ޙުކުމް ކޮށްފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދައުލަތުން ވެފައިވާ ސެޓްލްމަންޓް އެގްރީމަންޓު ބާތިލު ކުރުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ސިވިލް ކޯޓަށް ހުށައެޅި މައްސަލަ އެ ކުންފުންޏާ ދެކޮޅަށް ނިމިއްޖެއެވެ.

މި މައްސަލައިގައި ބުދަ ދުވަހު ސިވިލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، އެގްރީމަންޓު ބާތިލު ކުރިކަން ހައުސިންގ މިނިސްޓްރީން ކުންފުންޏަށް އަންގާފައިވަނީ 2018 ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައި ކަމަށެވެ. އަދި އައު ސަރުކާރު އައިސް އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުންވެސް މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލާފައިވާކަން ސިވިލް ކޯޓުގެ ޙުކުމުގައި ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، އެސެޓް ރިކަވަރީ ކޮމިޝަނުން މި މައްސަލައިގެ ލިއެކިއުންތައް ހިސާބުކޮށް ބެލިއިރު، ސީލައިފުން ކޮށްފައިވާ ޚަރަދުތައް ކަމަށް ސެޓެލްމަންޓް އެގްރީމަންޓުގައި ބަޔާން ކޮށްފައިވާ ޚަރަދުތައް ދިމާނުވާ ކަމަށެވެ. އަދި އެގްރީމަންޓުގައި ބަޔާންކޮށްފައިވާ އަދަދުތަކާމެދު ކޮމިޝަނުންވެސް ސުވާލު އުފައްދާފައިވާކަން ފާހަގަކޮށް ސިވިލް ކޯޓުން ބުނީ، މިއީ ބާތިލު ކުރުމުގެ އިހުތިޔާރު ލިބިގެންވާ އެއްބަސްވުމެއް ކަމަށެވެ.

އޭގެ އިތުރުން، އެގްރީމަންޓުގައި ބަޔާން ކޮށްފައިވާ ޚަރަދުތައް ރަނގަޅު ކަމަށް ބަލައި އޭރު ހައުސިންގ މިނިސްޓްރީން ސޮއިކޮށްފައި އޮތުމަކީ މިހާރު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައިވެސް އެކަންކަން ކަށަވަރު ކުރުމެއްނެތި, ބަދަލު ދެވޭނެ ސަބަބެއް ކަމަށް ޝަރީއަތަށް ބުރަވެވެން ނެތް ކަމަށްވެސް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ސީލައިފްގެ ފަރާތުން 180 އަށް ވުރެ ގިނަ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ އިރު ސީލައިފް އިން ފައިސާ ނެގި އެކި ފަރާތްތަކާ އެގްރީމެންޓް ވެސް ކުރެވިފައި ވަނީ އެކި ގޮތްގޮތަކަށެވެ. އެގޮތުން ތިން ރޫމް އެޕާޓްމެންޓް 3 މިލިއަން ރުފިޔާއަށް ވިއްކުމަށް ބައެއް ފަރާތްތަކާ އެގްރީމެންޓް ކުރެވިފައިވާ އިރު އަނެއްބައި ފަރާތްތަކާ ތިން ރޫމް އެޕާޓްމެންޓް އެއް މިލިއަން ރުފިޔާ އަށް ވެސް ވިއްކުމަށް އެގްރީމެންޓް ކުރެވިފައިވެއެވެ.

ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި ގިނަ އަދަދެއްގެ ފްލެޓްތަކެއް އެޅުމުގެ މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެހެން ނަމަވެސް ކުންފުނީގެ ފަރާތުން ހުޅުމާލޭގައި އިމާރާތް ކުރަން ހަވާލުކުރެވުނު 3000 ހައުސިންގ ޔުނިޓްގެ މަޝްރޫއު އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ. އެ ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އަކީ ކުރީގެ ރައީސް ޔާމީންއާވެސް ގާތް ގުޅުމެއް އޮންނަ މީހެކެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު