Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު\"މަވެސް މި މިހުރީ\" ކުޅިވަރު ހަރަކާތް

"މަވެސް މި މިހުރީ" ކުޅިވަރު ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް

22 ޑިސެމްބަރު 2020 | އަންގާރަ 08:11

ފޯމް ފުރައިގެންނާއި، އޮންލައިން މެދުވެރިކޮށް އަދި ގުޅައިގެންވެސް އެ ކުދިން މި ހަރަކާތުގައި ބައިވެރިކުރެވޭނެ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 22 ޑިސެމްބަރު 2020 | އަންގާރަ 08:11
ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި \"މަވެސް މި ހުރީ\" ހަރަކާތުގެ މައުލޫމާތު ދެއްވަނިކޮށް

ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި \"މަވެސް މި ހުރީ\" ހަރަކާތުގެ މައުލޫމާތު ދެއްވަނިކޮށް

ކުޅިވަރާ ބެހޭ ވުޒާރާ އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ހާއްސަ ފުރުސަތެއް ހުޅުވާލައިފިއެވެ.

ހަތަރު ކުޅިވަރެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މި ކުޅިވަރު ހަރަކާތުގައި ބައިވެރިވުމަށް މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިނަށްނަށް ފުރުސަތު ހުޅުވާލާފައިވާއިރު، އޮންލައިން މެދުވެރިކޮށް އަދި ފޯމް ފުރައިގެންވެސް މި ހަރަކާތުގައި ކުދިން ބައިވެރިކުރެވޭނެ ކަމަށާއި، އެކަމަށްވެސް އުނދަގޫވާނަމަ ގުޅައިގެންވެސް އެ ކުދިން މި ހަރަކާތުގައި ބައިވެރިކުރެވޭނެ ކަމަށް މި ހަރަކާތް ކުރިއަށްގެންދާ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން މައުލޫމާތުދެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ހޯމަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޑައިރެކްޓަރު އޮފް ސްޕޯޓްސް އިބްރާހީމް ރަމީޒް ވިދާޅުވީ ކިތަންމެ ކުޑަކޮށް ހަރަކާތްތެރިވާ ކުއްޖެއް ނަމަވެސް މި ހަރަކާތުގައި ބައިވެރިކުރުމަށް ބެލެނިވެރިންގެ ކިބައިން އެދޭ ކަމަށެވެ. އަދި މި ޕްރޮގްރާމުތަކުގެ ބޭނުމަކީ އާދައިގެ ކުދިން ފަދައިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށާއި، ހާއްސަކޮށް ކުޅިވަރުގެ ތެރެއިން އެ ކުދިންގެ ހުނަރުވެރިކަން ދެއްކުން ކަމަށްވެސް އިބްރާހީމް ރަމީޒް ވިދާޅުވިއެވެ.

މި ހަރަކާތުގެ ބެލެނިވެރިއެއް ކަމަށްވާ އާއިމިނަތު މުސްތަރީ ވިދާޅުވީ މިއީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެނެލިވެރިން ކޮންމެހެންވެސް ބޭނުންކުރަން ޖެހޭ ފުރުސަތެއް ކަމަށާއި، ކުޅިވަރުގެ ތެރެއިން އެ ކުދިންނަށް ލިބިގެންދާ ފުރުސަތުތަކަކީ ވަރަށްވެސް ބޭނުންތެރި، އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ކުދިންނަށް ލިބޭނެ ކަމެއް ކަމަށެވެ. އަދި މީގެ ކުރިން ކުރިއަށްގެންދިޔަ ޕްރޮގްރާމުތަކުގައި ބައިވެރިވި ކުދިންގެ ފަރާތުން އެ ކުދިން އަމިއްލައަށް އުޅެން ދަސްވުމާއެކު މުޖުތަމައުގެ ތެރޭގައި އުޅެން ދަސްވެގެންދިޔަކަން ފާހަގަ ކުރެވޭ ކަމަށްވެސް މުސްތަރީ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ޕެރަލިމްޕިކްސް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މުޙައްމަދު ވިދާޅުވީ ކުޅިވަރުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގިނަ ފުރުސަތުތަކެއް ބައިނަލްއަގުވާމީ މައިދާނުގައިވެސް ހުޅުވެމުންދާ ކަމަށެވެ.

ފެތުމާއި، ބެޑްމިންޓަނާއި، އެތުލެޓިކްސް އަދި ފުޓްބޯޅަ ހިމެނޭގޮތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްތަކުގައި ކުދިން ބައިވެރިކުރުމަށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން އެދިފައިވާއިރު، ކުޅިވަރުގެ ދާއިރާގެ ވީހާވެސް ގިނަ ފަރާތްތަކެއް އަދި އާއްމުންވެސް މި ޕްރޮގްރާމުތައް ކުރިއަށްގެންދާއިރު ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވުމަށްވެސް ވަނީ އެދެފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހިންގާ ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވާ ކުދިން މީހުންނާ ހަވާލުކުރާނީ އެ ކުދިން ގެންގުޅުމާ ގުޅޭ ހާއްސަ ތަމްރީނުތަކެއް ދިނުމަށްފަހު ކަމަށާއި، އެއީ ބެލެނިވެރިއެއް ކަމަށްވިޔަސް އެކަން ހިނގާނީ އެ އުސޫލުން ކަމަށްވެސް އިބްރާހީމް ރަމީޒް ވިދާޅުވިއެވެ. އަދި މި ކުޅިވަރުގެ ޕްރޮގްރާމް ކުރިއަށްގެންދަން ކުޅިވަރު އެސޯސިއޭޝަންތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށާއި، އެސޯސިއޭޝަންތަކުން ތިބީ ކޮންމެ އެހީތެރިކަމެއްވެސް ދިނުމަށް އަތުކުރި އޮޅާލައިގެން ކަމަށްވެސް އިބްރާހީމް ރަމީޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

07 އެޕްރީލު 2017
އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
13 މާރިޗު 2017

މިސްޓަރ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
މިސްޓަރ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް