Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދެމިގެންދާ ޝަރީއަތްތައް

ވާނުވާ ބަންދަށް ޝަމީމްގެ ވެކްސިން: ދެމިގެންދާ ޝަރީއަތާއި، ތާވަލެއް އެކުލަވާލެވިގެން ހިނގާ ޝަރީއަތް

ހާރު ބަންދުގައި ތިބޭނީ ކޮންމެހެން ބަންދުގައި ތިބެންޖެހޭކަމަށް ފެންނަ މީހުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2020 | އާދީއްތަ 08:08
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ- ޝަމީމް ވަނީ ވާނުވާގެ މައްސަލަތައް ދިގުލައިގެން ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ- ޝަމީމް ވަނީ ވާނުވާގެ މައްސަލަތައް ދިގުލައިގެން ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް

ޝަރީއަތް ނިމެންދެން ބަންދުކޮށް، "ވާނުވާ" ޖަހާފައި ތިބި މީހުންގެ މައްސަލަތަކަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި އެންމެ އުފެއްދުންތެރި ޙައްލަކީ ދެމިގެންދާ ޝަރީއަތް (ކޮންޓިނިއަސް ހިއަރިން) ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

"ވާނުވާ ބަންދުގެ ޙަޤީޤީ ވެކްސިން" މި މައުޟޫގެ މައްޗަށް ޝަމީމްގެ ބްލޮގުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ ވާނުވާގެ މައްސަލަތަކަށް ޙައްލު ހޯދުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ޝަމީމް ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމަކީ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެކަމަށް ޙައްލެއް ގެނައުމަށްޓަކައި އެކި މަސައްކަތްތައް ކުރެވިފައިވާކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ، މިހާރު ބަންދުގައި ތިބޭނީ ކޮންމެހެން ބަންދުގައި ތިބެންޖެހޭކަމަށް ފެންނަ މީހުން ކަމަށެވެ.

Advertisement - newsAdvertisement

އޭގެ މިސާލެއްގެ ގޮތުން މީހުން މެރިކަމަށް ތުހުމަތުވާ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހުންނާއި ބޮޑެތި ޢަދަދުތަކުން ޑްރަގް ޓްރެފިކްކުރާކަމަށް ތުހުމަތުވާ މީހުން ޝަމީމް ފާހަގަ ކުރެއްވިއެވެ.

މީހަކު ހައްޔަރުކުރާ ދުވަހުން ފެށިގެން އެމީހެއްގެ މައްސަލަ ތަޙްޤީޤު ނިންމާ ޕީޖީ އޮފީހަށް ފޮނުވާނެ މުއްދަތެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ޤާނޫނުގެ ދަށުން ޝަރީޢަތް ކުރާނެ ގޮތުގެ ތާވަލު ދައުވާލިބޭ މީހާއަށް ލިބުމުން ބަންދުގެ "ވާނުވާ ވަންތަކަން" ގެއްލިގެންދާނެ ކަމަށެވެ.

މި މުޅި މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި ދެމިގެންދާ ޝަރީއަތުގެ ބޭނުންތެރިކަމަށް އަލިއަޅުވާލައްވާ ޝަމީމް ވިދާޅުވީ، އެގޮތަށް ޝަރީއަތް ކުރިއަށް ގެންދާނަމަ ޝަރީއަތުގެ މުހިއްމު 3 މަރުޙަލާ ކަމަށްޥާ އިފްތިތާޙީ ބަޔާން (އޯޕަނިންގ ސްޓޭޓްމަންޓް) ހުށަހެޅުމާއި، ދެފަރާތުގެ ހެކިން ހާޒިރުކުރުމާއި، ޚުލާޞާ ބަޔާން އިއްވުން ދެތިން ދުވަސް ތެރޭގައި ނިންމައިލެވޭނެ ކަމަށެވެ. އަދި އެ ހިސާބުން ދެ ދުވަހެއްގެ ބްރޭކަކަށްފަހު މައްސަލައިގެ ޙުކުމް ކުރެވޭނެކަން ޝަމީމް ފާހަގަކުރެއްވިއެވެ. ޝަމީމް ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ދެމިގެންދާ ޝަރީއަތް ކުރިއަށް ގެންދާ ކަމަށެވެ.

މެދުނުކެނޑި ހިނގާ ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ޕީޖީ އޮފީހުން މީގެ ކުރިންވެސް ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަމެކެވެ. އެގޮތުން ކުޑަ ކުދިންނާމެދު ޖިންސީ އަމަލުތައް ހިންގާ މީހުން މައްސަލަތައް އަވަސް ކުރުމަށް މެދުނުކެނޑި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓަށްވެސް ޝަމީމް ހުށައެޅުއްވިއެވެ.

ކްރިމިނަލް ކޯޓުން މިހާރު މިގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދަން ފަށާފައިވާއިރު، އޮޅުވާލައިގެން "ގްރޫމް" ކޮށްގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައިވެސް 8 ގަޑިއިރުވަންދެން ޝަރީއަތް ކުރިއަށް ގެންގޮސް، 14 ހެކިންގެ ހެކިބަސް ނަގާފައިވެއެވެ. އަދި އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މިގޮތަށް ކުރިއަށް ގެންދިޔަ ފުރަތަމަ ޝަރީއަތެވެ.

އޭގެ އިތުރުން، މިހިނގާ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުވެސް ވަނީ 3 ހަފްތާ ތެރޭގައި ކުރިއަށް ގެންދިޔަ ޝަރީއަތަކަށްފަހު އެފަދަ މައްސަލައެއްގެ ޙުކުމް އިއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި

ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު