Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

ހިތާމަވެރިކަން ތަހައްމަލުކުރަމުންދާ ވަގުތުތަކުގައި އެމީހަކަށް އެހީތެރިވުމަށް ހުތުބާގައި ގޮވާލައިފި

ފަހަކަށް އައިސް އެންމެ ބޮޑަށް ފެތުރިފައިވާ ވަބާއަކީ އަމިއްލައަށްމަރުވުންކަމަށް ވަނީ ބުނެފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2020 | ހުކުރު 14:16
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުގެ ހުތުބާ އިއްވަނީ

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުގެ ހުތުބާ އިއްވަނީ

ފަހަކަށް އައިސް އިންސާނުންގެ ތެރޭގައި ފެތުރިފައިވާ އެންމެ ނުރައްކާތެރި ވަބާއަކީ އަމިއްލައަށް މަރުވުމުގެ ވަބާ ކަމަށާއި، ހިތާމައެއް ކުރިމަތިވެފައިވާ މީހަކު، ނުވަތަ ހިތްދަތިކަމެއްގައިވާ މީހަކު އެނގޭނަމަ، އެމީހަކަށް އެހީތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލައިނުލާށެވެ'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މިދުނިޔޭގައި އިންސާނާ ލެއްވުމަށް ފަހު އޭނާއަށްޓަކައި، ދުނިޔޭގައި ވާހާ ތަކެއްޗެއް ލެއްވިކަމަށާއި ބިމުގެ ޚަލީފާއެއްގެ ގޮތުގައި އިންސާނާ ލެއްވިކަމަށެވެ.

އިންސާނާ މާތްކަން ސިފަކުރައްވާ ޚުތުބާގައި ބުނީ، އެއްވެސް މީހެއްގެ މޫނުމަތިގައި ޖެހުން އިސްލާމް ދީނުގައި ނަހީކުރައްވާފައިވާކަމަށާ، އެއްވެސް މީހަކަށް ހައްގަކާ ނުލައި އުނދަގޫކުރުން ނަހީ ކުރައްވާފައިވާކަމަށެވެ.

އެހެންނަމަވެސް ފަހަކަށް އައިސް އިންސާނުންގެ ތެރޭގައި ފެތުރިފައިވާ އެންމެ ނުރައްކާތެރި އެންމެ ބޮޑު ވަބާއަކީ އަމިއްލައަށް މަރުވުމުގެ ވަބާކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ އަމިއްލައަށް މަރުވުމުގެ ހުރި ނުރައްކާތެރިކަން ބަޔާންކޮށްދެއްވުމަށްޓަކައި، މާތް ނަބިއްޔާ އެފަދަ މީހުންގެ ޖަނާޒާގައި ބައިވެރިވެ ވަޑައިނުގަންނަވާކަމުގައި ޙަދީޘްތަކުގައި ވާރިދުވެގެން އައިސްފައިވާކަމަށެވެ.

އަމިއްލައަށް މަރުވުމަށް ދިމާވާ ކަމަށް ބުނާ ސަބަބުތަކަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ އެއްކަމަކީ، ނަފްސާނީ ބަލި ކަމަށާއި، ފިލްމުތަކާއި ކާޓޫނުތަކުން ދައްކާ މަންޒަރުތަކުގެ ސަބަބުން އެކަމުގެ ޝައުގު އުފެދުންކަމަށެވެ. އިސްލާމީ ރިވެތި އުޞޫލުތަކުން ބޭރުވެ، ޖިހާދުގެ ނަމުގައި، ޖާނުން ފިދާވުމަކީ ސުވަރުގެ ވަދެވެން އޮތް ހަމައެކަނި ސަބަބު ކަމުގައި ބުނެ، ވިސްނައިދީ، ބަޔަކު އެކަމަށް ހިތްވަރު ދެމުން ގެންދިއުމަކީ ވެސް، އަމިއްލައަށް މަރުވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ހަގީގަތުގައި އަމިއްލައަށް މަރުވުމުގެ މައިގަނޑު ސަބަބު ކަމުގައި ވަނީ، ﷲ ގެ ނިޔާއަށް ނުރުހުމާއި، ﷲ އިންސާނާ އިމްތިޙާނު ކުރެއްވުމަށް އޭނާއަށް ޖައްސަވާ މުޞީބާތްތަކަށް ކެތްތެރި ނުވެވުންކަމަށެވެ. ﷲ ގެ ނިޔާއަށް ރުހުމަކީ، ނުވަތަ މިންވަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމަށްވާއިރު، މުސްލިމް އަޅާގެ އަގީދާއަކަށް ވާންޖެހޭނީ، ތިމާއަށް ގެއްލުމެއް ދިނުމަށް ނުވަތަ ފާއިދާއެއް ހޯދައިދިނުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް، ﷲ ނިޔާ ކުރައްވާފައިވާކަމެއް މެނުވީ، ތިމާއަށް ނުޖެހޭނެކަން ގަބޫލުކުރުންކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ހިތާމަތަކާއި ހިތްދަތިކަމާ ކުރިމަތިލާން ޖެހިފައިވާ މުސްލިމު އަމިއްލައަށް މަރުވުމަކީ، އެކަންކަމުގެ ޙައްލެއް ނޫން ކަމަށާއި، އެހެނަސް އެއީ ޙަޔާތުގެ ވާދަވެރި ރޭހުން ބަލިވެއްޖެކަމަށް ބުނެ އަމިއްލައަށް ބަލި ގަބޫލުކޮށް ފަހަތަށް ޖެހުންކަމަށެވެ. އަދި އަމިއްލައަށް މަރުވުމަކީ، ﷲ ގެ ނިޔާއަށް ނުރުހުންކަމަށާއި، އެ އިލާހުގެ އިމްތިޙާނަށް ކެތްތެރި ނުވުންކަމަށެވެ.

އެއީ ޢަމަލުތައް ފަނާކޮށްފަނިވި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ތިމާގެ މުޅި ޙަޔާތުގައި ހޯދި މުދާތައް ގެއްލިގެން ދިޔުމުގެ ސަބަބުން، ނުވަތަ މުޅި ޙަޔާތުގައި އެކުގައި އުޅެމުން އައި ޙަޔާތުގެ ބައިވެރިޔާ ބޭވަފާތެރިވުމުން، ނުވަތަ ލޯބިވާމީހަކު މަރުވެ ދިޔުމުގެ ސަބަބުން، ނުވަތަ، ލިބޭ އަނިޔާއެއްގެ ސަބަބުން، ނުވަތަ އަބުރުކަތިލެވުމުގެ ސަބަބުން، އަމިއްލައަށް މަރުވުމަކީ ޙައްލެއް ނޫނެވެ.

ކަންތައްތަކާ ކެރިގެން ކުރިމަތިލުމަކީ، އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވާ ގޮތްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ނަބިއްޔާ މިއުއްމަތް ތަރުބިއްޔަތު ކުރައްވާފައި ވަނީ، ހިތްވަރު ގަދަ، ކެރޭ، ކުޅަދާނަ، ﷲ ގެ ނިޔާއަށްރުހި ގަބޫލުވެގެންވާ ބައެއްގެ ގޮތުގައި ވުމަށްކަމަށެވެ. ތިބާގެ މައްސަލަތައް ތިބާއަށް ހެޔޮއެދޭ، ގާތްތިމާގެ މީހެއް، ނުވަތަ ކަމުގެ މާހިރަކާ ހިއްސާ ކުރުމަށާއި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ މަރުކަޒެއްގެ އެހީހޯދުމަށް ހުތުބާގައި ވަނީ އެދިފައެވެ.

ހިތާމައެއް ކުރިމަތިވެފައިވާ މީހަކު، ނުވަތަ ހިތްދަތިކަމެއްގައިވާ މީހަކު އެނގޭނަމަ، އެ މީހަކަށް އެހީތެރިވުމަށާއި އެ މީހެއްގެ ހިތަށް ތަސައްލީއެއް ދެވޭތޯ ވީމިންވަރަކުން މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާތް ﷲ އެމީހަކަށް ލިއުއްވާފައިވާ އެއްޗެއް އެމީހަކަށް ދެއްވާނެ

މާތް ﷲ އެމީހަކަށް ލިއުއްވާފައިވާ އެއްޗެއް އެމީހަކަށް ދެއްވާނެ

16 އެޕްރީލު 2022

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު