Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންސާނީ ތަރައްގީގެ ރިޕޯޓު

އިންސާނީ ތަރައްގީގައި ރާއްޖެ މިދިޔަ އަހަރަށްވުރެ 9 ދަރަޖަ ކުރިއަށް!

ރާއްޖޭގައި މީހުން ދިރި ހުންނަ އާންމު އުމުރު 17.4 އަހަރު އިތުރުވެފައިވާކަމަށް ރިޕޯޓުން ދައްކާ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2020 | ބުރާސްފަތި 08:28
ބޮޑުތަކުރުފާނުގެ މަގު

ބޮޑުތަކުރުފާނުގެ މަގު

ޔޫއެންޑީޕީން އާންމުކުރާ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް (އެޗްޑީއައ) ގައި ރާއްޖެ، 2019 ވަނަ އަހަރަށް ވުރެން 9 ދަރަޖަ ކުރިޔަށް ޖެހިލައިފިއެވެ.

އިންސާނީ ތަރައްގީގެ ކުރިއެރުން ނުވަތަ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް (އެޗްޑީއައި) ގައި 189 ގައުމުގެ ތެރެއިން ދިވެހިރާއްޖެ އޮތީ 95 ވަނައިގައެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ ލިސްޓުގެ 104 ވަނައިގައެވެ.

Advertisement - newsAdvertisement

އިންޑެކްސްއަށް ބަލާއިރު، 1990 ވަނަ އަހަރުގެ ފަހުން، ދިވެހިރާއްޖޭގައި މީހުން ދިރި ހުންނަ އާންމު އުމުރު 17.4 އަހަރު އިތުރުވެފައިވެއެވެ. އަދި ގްރޮސް ނޭޝަނަލް އިންކަމް (ޖީއެންއައި) ބޮލަކަށް ޖެހޭ ނިސްބަތް %132 އިތުރުވެފައިވެއެވެ. ހަމައެއާއެކު، މިއަހަރުގެ ރިޕޯޓުން އެނގޭގޮތުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ކޮންމެ މީހެއްގެ ނިސްބަތުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު ނުވަތަ ”މެޓީރިއަލް ފުޓްޕްރިންޓް“ އެންމެ މަތީ ދިވެހިރާއްޖޭގައެވެ. އެއީ 14.5 ޓަނެވެ. މި އަދަދަކީ ދުނިޔޭގެ އެވަރެޖް އަދަދުކަމަށްވާ 12.3 ޓަނަށްވުރެވެސް މަތީ އަދަދެކެވެ.

ޔޫއެންޑީޕީގެ ދިވެހިރާއްޖޭގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފުޖީ އާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒު އިސްމާއިލް، އަދި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ލިޔުއްވާފައިވާ އޮޕީނިއަން އެޑިޓޯރިއަލްއެއްގައި، މި ޒަމާނުގައި އިންސާނީ ތަރައްގީ ހާސިލުކުރުމަށްޓަކައި ”މުޅި މުޖުތަމައުގެ ރައްދެއް“ ބޭނުންވާކަން ފާހަގަކޮށްފައިވެއެވެ. އޭގައިވަނީ، ވަކިވަކި މީހުން ކުރަންޖެހޭނެ ކަންކަމަށްވުރެ ބޮޑަށް، ކަންކުރާނެ ގޮތުގެނިޒާމެއް ގާއިމުކުރުމެވެ.

އެގޮތުން ރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، މިއަހަރުގެ މެދުތެރޭގައި، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު ތަސްދީގުކުރުމަށް ދިވެހިރާއްޖެ މަރުހަބާކިޔާފައިވާއިރު ގާނޫނާ ޚިލާފު ވިޔަފާރީގެ ހަރަކާތްތަކުން މުދާ ގަންނަ ފަރާތްތަކާއި، ޚިދުމަތް ހޯދާ ފަރާތްތައް ހިމާޔަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަަށް ފާހަގަކޮށްފައިވެއެވެ. އަދި، އައު ވިޔަފާރިތައް އުފެއްދުމުގައި މުސްތަގުބަލުގެ ޒިންމާދާރު އުފެއްދުންތެރިންގެ ހައިސިއްޔަތުން އެމީހުންގެ ވިޔަފާރީގެ ހުނަރާއި ތަސައްވުރު ބޭނުންކުރާންވާނީ، ކާބަން މަދުކޮށް، ފެހިކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތްތައްޚިޔާރުކޮށްގެން ކަމަށް އޮޕީނިއަން-އެޑިޓޯރިއަލްގައި ބާރުއަޅާފައިވެއެވެ.

އެޗްޑީއައި އަކީ ގައުމެއްގައި ސިއްހަތާއި، ތައުލީމު އަދި ދިރިއުޅުމުގެ ފެންވަރު ވަޒަންކުރާ މިންގަނޑެކެވެ. މީގެ ތެރެއަށް ގައުމުން ކާބަންޑައިއޮކްސައިޑް ބޭރުކުރާ މިންވަރާއި، ކޮންމެ މީހެއްގެ ނިސްބަތުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު ނުވަތަ”މެޓީރިއަލް ފުޓްޕްރިންޓް“ މި ދެ ކަންތައް އިތުރުކުރުމުން، އާންމުކޮށް އިންސާނުންނާއި ދުނިޔޭގެ ދުޅަހެޔޮކަމަކީ އިންސާނީ ކުރިއެރުންމިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައި ބަލައިފިނަމަ ބައިނަލްއަގުވާމީ ތަރައްގީގެދާންގޮތް ދައްކުވައިދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ނެރެވޭ ޕްލެނެޓަރީ-ޕްރެޝަރސް އެޖަސްޓެޑް އެޗް.ޑީ.އައި. ނުވަތަ ޕީ.އެޗް.ޑީ.އައި. ގެ ސަބަބުން އެދެވޭމަންޒަރަކަށް ނުވިނަމަވެސް، އިންސާނީ ކުރިއެރުމުގެ މާ ސާފު ތަސައްވަރުދައްކުވައިދެއެވެ.

ޔޫ.އެން.ޑީ.ޕީ. އަކީ ފަގީރުކަމާއި، ހަމަހަމަކަން ނެތުމާއި، މޫސުމަށް އަންނަ ބަދަލުތައް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ އ.ދ.ގެ ޖަމާއަތްތަކުގެ ތެރެއިން އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު