Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެއަށް ކުރާ ދަތުރުތައް އިތުރުވަނީ

ރާއްޖެއަށް ދަތުރުތައް ފެށުމަށް ގިނަ އެއަރލައިންތަކުން ދަނީ އެދެމުން: ޓޫރިޒަމް މިނިސްޓްރީ

12 ޑިސެމްބަރު 2020 | ހޮނިހިރު 09:47

މިއަހަރު ނިމެންވާއިރަށް 150،000 ފަތުރުވެރިން ރާއްޖެ އަންނާނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 12 ޑިސެމްބަރު 2020 | ހޮނިހިރު 09:47
ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ، ރާއްޖެޓީވީއަށް އިންޓަވިއު ދެނީ

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ، ރާއްޖެޓީވީއަށް އިންޓަވިއު ދެނީ

ބޯޑަރު ހުޅުވާލި ފަހުން މިއަދާ ހަމައަށް ރާއްޖެއަށް ދަތުރުތައް ފެށުމަށް ގިނަ އެއަރލައިން ތަކަކުން އެދެމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވެއްޖެ އެވެ.

ބޯޑަރު ހުޅުވާލި ފަހުން ހޮނިހިރު ދުވަހާ ހަމައަށް އެއްލައްކަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މި އަދަދު އިތުރު ކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖުލައި މަހު ބޯޑަރު ހުޅުވާލި ފަހުން، މިއަހަރު ނިމެންވާއިރަށް 150،000 ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަމުންދާކަން ފާހަގަކުރައްވާ، ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އައްސަދު ވިދާޅުވީ، މީގެ ދުވަސްތަކެއް ކުރިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ކިތަންމެ މަދު ނަމަވެސް، މިއަދު ފެނިގެން މިދަނީ އެއަށްވުރެ އުފާވެރި މަންޒަރުތަކެއް ކަމަށެވެ.

މިހާރުވެސް ރާއްޖެއަށް އަންނަން ބޭނުންވެގެން ގިނަ އެއަރލައިން ތަކަކުން އެދެމުން އަންނަކަން ފާހަގަކުރައްވާ އައްސަދު ވިދާޅުވީ، އެ އެއަރލައިންތަކުން ރާއްޖެ އަންނަން ބޭނުންވާ ގަޑިތަކަށް އެދެމުން އަންނަ އިރު، ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އައްސަދު ވިދާޅުވީ، އެއްލައްކަ ވަނަ ފަތުރުވެރިޔާ ހޮނިހިރު ދުވަހު ރާއްޖެއަށް އައުމާއެކު މި އަދަދު އިތުރުކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް ގުޅިގެން މިހާރުވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޓްރެވެލް އޭޖެންސީ ތަކާއި، ރިސޯޓުތައް އަދި ގެސްޓް ހައުސް އޮޕަރޭޓުކުރާ ފަރާތްތައް ގުޅިގެން މިހާރަށްވުރެ ބާރު ދުވެއްޔެއްގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އައްސަދު ވިދާޅުވީ، މިއަހަރަކީ 1.5 މިލިއަން ފަތުރުވެރިންނަށް އަމާޒު ހިފައިގެން މަސައްކަތް ފެށި އަހަރެއް ނަމަވެސް، ކޮވިޑާއި ގުޅިގެން އެކަން ހާސިލް ނުކުރެވުނު ކަމަށެވެ. އެހެން ނަމަވެސް މިއަހަރު ނިމެންވާއިރަށް ފަސް ލައްކަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް އަހަރު އެއް މިލިއަން ފަތުރުވެރިން ގެނައުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، ޓޫރިސްޓް ހުރިހާ ފެސިލިޓީތަކަކަށް މިހާރު ވަނީ ހުޅުވުމުގެ ހުއްދަ ދީފައެވެ. އަދި އެތަންތަން ހުޅުވާއިރު ހާއްސަ ގައިޑްލައިންތަކެއް ކަނޑައަޅައި އަމަލުކުރަންޖެހެ އެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 135 ރިސޯޓް، 127 ސަފާރީ އަދި 146 ގެސްޓްހައުސް އަންނަނީ ހުޅުވައި ފަތުރުވެރިންނަށް ހިދުމަތްދެމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް