Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް

އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމުގައި ނޫސްވެރިންގެ ދައުރު ފުޅާކޮށްދެއްވަން ރައީސް އެދިވަޑައިގެންފި

ނޫސްވެރިންގެ ޒިންމާއަކަށްވާނީ، ޤައުމުގެ ކޮންމެ ކަމެއްގައިވެސް، ރައްޔިތުންނަށް އެންމެ ސީދާ އަދި އެންމެ ރަނގަޅު މަގު ދައްކައިދިނުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ޑިސެމްބަރު 2020 | ބުދަ 02:11
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ރައީސް ވަޑައިގެންނެވި ދުވަހު ރާއްޖެޓީވީގެ ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ރައީސް ވަޑައިގެންނެވި ދުވަހު ރާއްޖެޓީވީގެ ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

ޤައުމަށް ކުރިމަތިވެފައިވާ އިޖްތިމާޢީ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ނޫސްވެރިން މިހާރަށްވުރެ ފުޅާ ދައުރެއް އަދާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގަންނަވައިފިއެވެ.

އެ މަނިކުފާނު މިކަމަށް އެދިވަޑައިގަންނަވާ ވާހަކަފުޅު ދައްކަވާފައި ވަނީ ނޫސްވެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް މިޑިއާ ކައުންސިލުން ބޭއްވި 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ޙަފުލާގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ފައްޓަވަމުން ޙަފުލާގައި އެކި ދާއިރާތަކުން ނޫސްވެރިކަމުގެ އިނާމު ހާސިލުކުރި ހުރިހާ ނޫސްވެރިންނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިހާރު އޮތީ ނޫސްވެރިކަން ކުރުމުގެ މިނިވަން، ވާދަވެރި ޖައްވެއްކަން ފާހަގަކުރައްވައި، ހުރިހާ ނޫސްވެރިންވެސް ޤައުމު ބިނާކުރުމުގައި ޒިންމާދާރުކަމާއެކު މަސައްކަތްކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ ޒަމާނީ ޑިމޮކްރެސީއެއްގައި ނޫސްވެރިންގެ ދައުރާއި ޒިންމާދާރު ނޫސްވެރިކަން އޮންނަންވީ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ވިދާޅުވީ ނޫސްވެރިންގެ ޒިންމާއަކަށްވާނީ، ޤައުމުގެ ކޮންމެ ކަމެއްގައިވެސް، ރައްޔިތުންނަށް އެންމެ ސީދާ އަދި އެންމެ ރަނގަޅު މަގު ދައްކައިދިނުންކަމުގައެވެ.

އޭގެ ތެރޭގައި އިޖުތިމާޢީ ބޮޑެތި މައްސަލަތައްކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައާއި، ހަރުކަށި ފިކުރުގެ މައްސަލައަކީވެސް އެ މައްސަލަތައް ހައްލުކުރުމުގައި ނޫސްވެރިންގެ ދައުރު މިހާރަށްވުރެ ފުޅާކުރަންޖެހޭ ދެ ދާއިރާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ކޮވިޑް-19 އާ ގުޅިގެން އިޤްތިޞާދަށް ލިބުނު ގެއްލުންތަކުން އަރައިގަނެ އިޤްތިޞާދު އަލުން އާރާސްތުކުރުމުގައިވެސް ނޫސްވެރިން ފުޅާ ދައުރެއް އަދާކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން މީގެ ދެ އަހަރު ކުރިން ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާ އޮތް ހާލަތުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެއިރު މަސައްކަތްކުރަމުން ގޮސްފައިވަނީ ނޫސްވެރިންނާއި ނޫސް އިދާރާތައް ކުށްވެރިކޮށް، ފިޔަވަޅު އެޅުމުގައިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރު އެ ޘަޤާފަތް މުޅިން ބަދަލުކުރައްވާފައި ވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ދާއިރާއާ އަލަށް ގުޅޭ ނޫސްވެރިންނަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޫސްވެރިއެއްގެ ޒިންމާ އަދާކުރަން ނުކުންނަން ވާނީ ޤައުމު ބިނާކުރުމުގެ ވިސްނުމާއެކު، އެ ގޮތުގައި ކުރިއަށްދިއުމަށް ޢަޒުމް ކަނޑައަޅައިގެން ކަމުގައެވެ. އަދި، މެސެޖު ނިންމަވާލެއްވުމުގެ ކުރިން އެ މަނިކުފާނު ވަނީ، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، އަނިޔާވެރި ގޮތަކަށް މަރައިލާފައިވާ ޔާމީން ރަޝީދުގެ ހަނދާންތައް އައުކުރައްވައި، އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަމުގައި ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު