Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗުގެ އެއްބަސްވުން އާކުރުން

އިބްރަހިމޮވިޗުގެ އެއްބަސްވުން މިލާނުން ދިގު މުއްދަތަކަށް އާކުރަނީ

8 ޑިސެމްބަރު 2020 | އަންގާރަ 13:26

އިބްރަހިމޮވިޗް މިލާނަށް ބަދަލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 ޑިސެމްބަރު 2020 | އަންގާރަ 13:26
އޭސީ މިލާންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

އޭސީ މިލާންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

ސްވިޑެންގެ ކުރީގެ ކެޕްޓަން ޒްލަޓާން އިބްރަހިމޮވިޗުގެ އެއްބަސްވުން ދިގު މުއްދަތަކަށް އާކުރަން އޭސީ މިލާނުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ޓީމުގެ ސްޕޯޓިންގ ޑިރެކްޓަރު ފްރެޑެރިކް މަސާރާ ބުނެފިއެވެ.

އުމުރުން 38 އަހަރުގެ ފޯވާޑް އަނބުރާ މިލާނާ ގުޅެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅެވެ. އެފަހަރު އިބްރަހިމޮވިޗް މިލާނުގެ އެއްބަސްވުން ހެދީ މިދިޔަ ސީޒަނުގެ ނިޔަލަށެވެ. އެކަމަކު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިބްރަހިމޮވިޗް ވަނީ މިލާނާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާކޮށްފައެވެ.

އެކަމަކު މިދިޔަ ސީޒަނާ މި ސީޒަނުގައިވެސް އިބްރަހިމޮވިޗް މިހާތަނަށް ދެއްކި މޮޅު ކުޅުމާއެކު، އޭނާގެ އެއްބަސްވުން ދިގު މުއްދަތަކަށް އާކުރަން މިލާނުގެ މެނޭޖުމަންޓުން ބޭނުންވާ ކަމަށް އެ ޓީމުގެ ސްޕޯޓިންގ ޑިރެކްޓަރު ފްރެޑެރިކް މަސާރާ ބުންޏެވެ. އޭނާ ބުނީ އެއްބަސްވުމާ މެދު ގޮތެއް ނިންމާނީ އިބްރަހިމޮވިޗް އަމިއްލައަށް ކަމަށާއި، އެކަމަކު ދިގު މުއްދަތަކަށް މިލާނުގައި އިބްރަހިމޮވިޗް މަޑުކުރުމަކީ އޭނާވެސް ބޭނުންވާ ގޮތް ކަމަށެވެ.

އިބްރަހިމޮވިޗުގެ އެއްބަސްވުން ދިގު މުއްދަތަކަށް އާކުރަން މިލާނުން މަސައްކަތް ކުރަމުން އަންނައިރު، އޭނާ މިހާރު ހުރީ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގައި ކުޅުމާ ދުރުގައެވެ.

އިބްރަހިމޮވިޗަށް އަނިޔާވިއިރު، އޭނާ އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް މި ސީޒަނުގައި އޭނާ ވަނީ ކުޅުނު 10 މެޗުގައި 11 ލަނޑު ޖަހާފައެވެ. މީގެ ތެރެއިން 10 ލަނޑު އިބްރަހިމޮވިޗް ޖަހާފައިވަނީ އިޓާލިއަން ލީގުގައި ކުޅުނު ހަ މެޗުގައެވެ.

މީގެ ކުރިން 2010-2012 އަށް އިބްރަހިމޮވިޗް މިލާނަށް ކުޅެދިންއިރު، އެފަހަރު އޭނާ ވަނީ މިލާނަށް ކުޅެދިން 85 މެޗުގައި 56 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ މިލާނާއެކު އިޓާލިއަން ލީގާއި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

މި ސީޒަނުގައި މިލާނުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ޓީމު އޮތީ އިޓާލިއަން ލީގުގެ އެއްވަނައިގައި ކުޅުނު 10 މެޗުން ލިބުނު 26 ޕޮއިންޓާއެކުއެވެ. އަދި ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މިލާން ބަލިވެފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

31 މެއި 2017

ދިގު އިންތިޒާރަކަށްފަހު ރާޅާއެޅުންތެރިންގެ ޝަކުވާތަކަށް ހައްލެއް

31 މެއި 2017
ދިގު އިންތިޒާރަކަށްފަހު ރާޅާއެޅުންތެރިންގެ ޝަކުވާތަކަށް ހައްލެއް
30 މެއި 2017

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި
25 އެޕްރީލު 2017

ބޮޑު އަގަކާއެކު ސިމިއޯނީ ހޯދުމަށް އިންޓަރމިލާނުން ތައްޔާރުވެއްޖެ

25 އެޕްރީލު 2017
ބޮޑު އަގަކާއެކު ސިމިއޯނީ ހޯދުމަށް އިންޓަރމިލާނުން ތައްޔާރުވެއްޖެ
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް