Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ކޮވިޑްގެ ހާލަތު

މިއަދު 15 މީހުން ޕޮޒިޓިވް، ބަލިން ރަނގަޅުވީ 116 މީހުން

ރިކަވަރީ ރޭޓް ވަނީ 94 އިންސައްތައަށް މައްޗަށް ޖެހިލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2020 | ހޯމަ 18:23
ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ގޮތުން މަގުމަތިން މީހެއްގެ ރޭންޑަމް ސާމްޕަލް ނަގަނީ

ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ގޮތުން މަގުމަތިން މީހެއްގެ ރޭންޑަމް ސާމްޕަލް ނަގަނީ

ހޯމަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވީ 15 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އާއި ހަމައަށް 1731 ސާމްޕަލް ނަގާ ޓެސްޓް ކޮށްފައިވާ އިރު އޭގެ ތެރެއިން ޕޮޒިޓިވްވީ 15 މީހުންނެވެ. އަދި މި 15 މީހުންގެ ތެރެއިން 14 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. މީގެ އިތުރުން ރިސޯޓަކުން އިތުރު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Advertisement - newsAdvertisement

އިތުރު 15 ކޭސްއާއެކު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 13213ށް އަރާފައެވެ. މީގެ ތެރެއިން 12437 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ފަރުވާދެމުން ދަނީ 722 މީހަކަށެވެ. 722 މީހުންގެ ތެރެއިން 70 މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، 722 އެކްޓިވް ކޭސްގެ ތެރެއިން މާލެ ސަރަހައްދުގައި ހިމެނެނީ 522 ކޭސްއެވެ. އަދި އަތޮޅު ތެރޭގައި 28 ކޭސް ހިމެނޭ އިރު، ރިސޯޓްތަކުގައި 41 ކޭސް، ޔޮޓް އަދި ސަފާރީގައި 3 ކޭސް ހިމެނެއެވެ. މީގެ އިތުރުން ތަރައްގީކުރަމުން އަންނަ ރަށްތަކުގައި 92 ކޭސް ހިމެނޭ އިރު ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 2 ކޭސް ހިމެނެއެވެ.

ރާއްޖޭގެ ރިކަވަރީ ރޭޓަށް ބަލާ އިރު، ގިނަ ދުވަސްތަކަކަށްފަހު އަނެއްކާ ވެސް ރިކަވަރީ ރޭޓް ވަނީ މައްޗަށް ޖެހިލާފައެވެ. އެގޮތުން މިހާރު ރިކަވަރީ ރޭޓް ހުރީ 94.13 އިންސައްތައިގައެވެ. 47 މީހަކު ނިޔާވެފައިވާ އިރު، މި އަދަދު ހުރީ 0.36 އިންސައްތައިގައެވެ. ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އިންސައްތައަކީ 9.71އެވެ.

ރާއްޖޭގައި ޕޮޒިޓިވްވި 13,213 މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން 8320 ދިވެހިން ހިމެނޭ އިރު ދެން އެންމެ ގިނައީ ބަންގުލަދޭޝްގެ މީހުންނެވެ. ބަންގުލަދޭޝްގެ 3263 މީހުން ހިމެނޭ އިރު ދެން އެންމެ ގިނައީ 768 މީހުންނާއެކު އިންޑިއާ މީހުންނެވެ.

އުމުރު ފުރާތަކަށް ބަލާ އިރު އެންމެ ގިނައީ 21-30 އަހަރާއި ދެމެދުގެ މީހުންނެވެ. ރާއްޖެއިން ކޮވިޑް ފެނުނުތަކާ ހޯމަ ދުވަހަށް 275 ދުވަސް ވަނީ ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ

މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ

23 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
 ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ

ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ

13 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު