Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެއްޗާއި ގުޅޭ މައްސަލަ

މަސްތުވާތަކެއްޗާއި ގުޅިފައިވާ އިޖުތިމާޢީ މައްސަލަތަށް ގިނަ: ޖެންޑަރ މިނިސްޓަރ

7 ޑިސެމްބަރު 2020 | ހޯމަ 17:08

މި މައްސަލަ ޙައްލުކުރުމަށް މިހާރު ވެސް ގިނަ ފިޔަވަޅުތަކެއް އެޅިފައިވާނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 7 ޑިސެމްބަރު 2020 | ހޯމަ 17:08
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުޙައްމަދު ދީދީ

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުޙައްމަދު ދީދީ

މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ވަނީ ދިވެހިރާއްޖޭގެ އިޖުތިމާޢީ ގިނަ މައްސަލަތަކާ ގުޅިފައި ކަމަށާއި، މި ވަބާގައި ޖެހޭ އަންހެނުންނާއި ކުޑަކުދިންގެ އަދަދު ވެސް އިތުރުވަމުންދާކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިިހެން ވިދާޅުވީ ޔޫ.އެސް ޑިޕާޓްމެންޓް އޮފް ސްޓޭޓް ބިއުރޯ އޮފް އިންޓަރނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްއާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އަދި ނޭޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން ހޯމަ ދުވަހު ކުރިއަށްގެންދިޔަ "ޕްލޭސްހޯލްޑަރ ފޮރ މޯލްޑިވްސް މެޑިކޭޝަން އެސިސްޓެޑް ޓްރީޓްމަންޓް (އެމް.އޭ.ޓީ) ބްރީފިންގ"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ، މި މައްސަލަ ޙައްލުކުރުމަށް މިހާރު ވެސް ގިނަ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށާއި، އަދި އެ ކަމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ އެ ފަދަ ފަރާތްތަކަށް ބޭނުންވާ ފަރުވާދީ، ރިހެބިލިޓޭޝަނާއި ރީއިންޓަގްރޭޝަންގެ ތެރެއިން އަލުން އަނބުރާ މުޖުތަމައަށް ނެރުމަށް ތަފާތު ގިނަ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެން ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ އާލަމީ ވަބާގެ ތެރެއިން ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މިނިސްޓްރީން ޚާއްޞަ ސަމާލުކަމެއް ދެއްވި ކަމަށާއި، އެ ގޮތުން އެ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނު ބަޔަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށެ އެވެ.

އެގޮތުން އެ މީހުންނަށް ބޭނުންވާ ކާނާއާއި ބޯހިޔާވަހި ކަމާއި، އަވަސް ފަރުވާގެތެރެއިން މެޑިކަލް ޑިޓޮކްސިފިކޭޝަން ދެވުނުކަމަށް މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި މަސްތުވާތަކެތި ބޭނުންކުރާ ޖުމްލަ 400 އެއްހާ ފަރާތަށް ޚިދުމަތްދިނުމުގައި އެން.ޑީ.އޭއިން ހަރަކާތްތެރިވި ކަމަށާއި، އެ މަސައްކަތުންވެސް އެނގިގެންދިޔައީ މި ކަން ޙައްލުކުރުމަށް އިސްލާޙުކުރަންޖެހޭ ގިނަ ކަންކަން ހުރިކަމަށެވެ.

މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ އިތުރަށް ވިދާޅުވިގޮތުގައި މި ކަން ޙައްލުކުރުމަށް ގެންގުޅޭ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ވަނީ ޖެހިފައެވެ. އެ ގޮތުން "އެވިޑެންސް ބޭސްޑް"، "ނީޑް ބޭސްޑް" އަދި "ކޮމިއުނިޓީ ބޭސްޑް އިންޓަރވެންޝަން" ޕްރޮގްރާމްތަކުގެ މައްޗަށް އެ ކަމަނާގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ.

މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމާބެހޭ ޤައުމީ ސިޔާސަތާއި، "ސްޓްރެޓެޖިކް ޕްލޭން" އަދި "ކޮސްޓެޑް ވަރކް ޕްލޭން" އެކުލަވައިލުމާއި، އަންހެނުންނަށާއި ކުޑަކުދިންނަށް ފަރުވާދޭ ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މުހިންމުކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.ބައްދަލުވުމުގައި ޔޫ.އެސް ޑިޕާޓުމެންޓް އޮފް ސްޓޭޓް ބިއުރޯ އޮފް އިންޓަރނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒާއި،ޔޫ.އެން.އޯ.ޑީ.ސީއާއި، އެން.ޑީ.އޭ އަދި ސެންޓަރ ފޮރ މެންޓަލް ހެލްތުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް