Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން

މަސްތުވާ އައްޑާތައް ބަންދުކުރާނެ ގޮތެއް ނެތި ފުލުހުން ގޮތް ހުސްވެފައި!

ކޯޓުންވެސް ބުނީ އަމުރެއް ނެރެދެވެން ނެތް ކަމަށް

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2020 | ހޮނިހިރު 06:25
ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް

ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދުކުރަން ގާނޫނީގޮތުން އެއްވެސް ހައްލެއް މިވަގުތައް ނެތް ކަމަށާއި، އިތުރު ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ބުނެ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި ފަހަކަށް އައިސް މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ދަނީ އިތުރުވަމުންނެވެ. ނޫސްވެރިން ގޮވައިގެން ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ) އިން ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ''އައްޑާތައް'' ވަނީ މީޑިއާތަކަށް ދައްކާލާފައެވެ.

Advertisement - newsAdvertisement

އޮޕަރޭޝަން އަށް ފަހު ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ބޯޑުން ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ފުލުުހުންގެ ފަރާތުން ބޯޑު ތަމްސީލު ކުރައްވާ، ޑީއީޑީގެ އިސްވެރިޔާ އަހުމަދު ޝާކިރު ވިދާޅުވީ، އެތަންތަން ނައްތާލުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެފަދަ ''ކެފޭ'' ތައް ނައްތާލަން ގާނޫނީ ގޮތުން އޮތް ހުރަސްތަކާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެެނެރަލްގެ އޮފީހުންވެސް ދިރާސާތަކެއްވެސް ކޮށްފައިވާ ކަމަށާއި، އެކަމަކު އަދި މިހާތަނަށް އެކަމަށް ގާނޫނީ ގޮތުން އެއްވެސް ހައްލެއް ހޯދިފައިނުވާ ކަމަށް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ހިދުމަތްދޭ ގެތަކަށް އެ ގޭގެ މީހުން ފިޔަވާއި އެހެން މީހުންނަށް ނުވަދެވޭ ގޮތަށް އަމުރެއް ނެރެދެން ކްރިމިނަލް ކޯޓުގައި އެދުމުން އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިވަގުތަށް ގާނޫނީ ހައްލެއް ނެތްކަމަށްވީ ނަމަވެސް މަސްތުވާތަކެތީގެ ގާނޫނަށް ގެނެވޭ ބަދަލުތަކާއިއެކު އެކަންތައްތަކަށް ގާނޫނީ ހައްލެއް ލިބިގެންދާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ޝާކިރް ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ ހިދުމަތް ދޭ ތަންތަނަކީ އެހެނިހެން ގައުމުތަކުގައިވެސް ހަރުކަށި އުސޫލުން އަމަލުކުރަމުންދާ ތަންތަންކަން އޭނާ ފާހަގަކުރެއްވިއެވެ.

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ތެރޭގައި މ. ސައްމާމުގެ، މއ. އަބާގެ، މ. ބްރައިޓް ފްލާވާގެ އިތުރުން މއ. ހުދުއަކިރި ހިމެނެއެވެ. އޭގެ އިތުރުން ގ. ފްރެޝް ލައިޓް، ގ. މެރިން ނައިޓްގެ އަދި މއ. ޓްވައިލައިޓް އަކީ ސީދާ ފުޅާދާއިރާއެއްގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ތެރޭގައި ހިމެނޭ ތަންތަނެެވެ.

ހ. ކަނޑުފީނިގެ، މ. ދެރަހާ، މ. ފެޝަން މީޑްގެ އިތުރުން ހ. އަޒިލިއްޔާ އަކީވެސް ފުލުހުން މިހާރު ހިންގަމުންދާ އޮޕަރޭޝަން ގައި ބަލައި ފާސްކޮށްފައިވާ ތަންތަނެެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު