Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާ ސީޕްލޭން ޓާމިނަލް

އައު ސީޕްލޭން ޓާމިނަލްގެ އެކްޒެކެޓިވް ލައުންޖުތައް ކުއްޔަށް ދޫކުރަނީ

4 ޑިސެމްބަރު 2020 | ހުކުރު 12:01

10 ގެ ކުރިން ޝައުގުވެރިކަން ފާޅުކުރަން ޖެހޭ

އަލީ ސަމާޚް
އަލީ ސަމާޚް | 4 ޑިސެމްބަރު 2020 | ހުކުރު 12:01
އެމްއޭސީއެލްގެ އާ ސީޕްލޭން ޓާމިން

އެމްއޭސީއެލްގެ އާ ސީޕްލޭން ޓާމިން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އައު ސީޕްލޭން ޓާރމިނަލް އިމާރާތުގެ "އެކްސެކެޓިވް ލައުންޖު"ގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުތައް ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދަން އިއުލާން ކޮށްފި އެވެ.

ބުރާސްފަތި ދުވަހު އެމްއޭސީއެލްއިން ކޮށްފައިވާ އިއުލާނުގައި ވަނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން، ޝައުގުވެރިކަން ފާޅުކުރަން އެދިފައެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮށްދެއްވަން ވާނެ ކަމަށާއި، އެގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަން ފޮތް އީމެއިލް ކުރެވޭނެ ކަމަށް އެމްއޭސީއެލުގެ އިއުލާނުގައިވެ އެވެ.

އަދި އެކަމަށް ކުރިމަތިލާ ފަރާތްތަކަކީ ސީޕްލޭން، ޓުއަރ ނުވަތަ ރިސޯޓު އޮޕަރޭޓަރަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި 10،000 ޑޮލަރު ނުވަތަ އެއާ އެކަށީގެންވާ ދިވެހި ރުފިޔާ ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަންވާނެ ކަމަށް ބުނެފައިވެއެވެ. ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވާ ބުދަ ދުވަހުގެ މެންދުރު 1:00 އެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ.

ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ. އެ ޓާމިނަލް ނިންމާ މި އަހަރުގެ މެއި މަހު ބޭނުން ކުރަން ފެށޭނެ ކަމަށް އެމްއޭސީއެލް އިން މީގެ ކުރިން ބުނި ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ވަނީ ނުނިމިއެވެ. ސީޕްލޭން ޓާމިނަލްގެ ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ރުފިޔާއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކުރީ މި ޓަރމިނަލުން ސީޕްލޭން ޕާކް ކުރުމަށް 80 އަށް ވުރެ ގިނަ ޑޮކިން ޕްލެޓްފޯމް އަޅާނެއެވެ. އަދި ފްލޯ އޭރިއާ އާއި ލައުންޖާއި ބޯޑިން ގޭޓްތަކަށް ވެސް 50 އިންސައްތަ ޖާގަ އިތުރުވާނެއެވެ. އޭގެ އިތުރުން، ޓާމިނަލްގައި އެރައިވަލް ލޮބީ އާއި ވީއައިޕީގެ ޚިދުމަތްވެސް ލިބޭނެއެވެ.

އިތުރަށް ކިޔާލަން

29 އޯގަސްޓު 2017

އަމީތާބު ރާއްޖެ އައުމާ ދެކޮޅަށް ކެމްޕޭން ފަށައިފި

29 އޯގަސްޓު 2017
އަމީތާބު ރާއްޖެ އައުމާ ދެކޮޅަށް ކެމްޕޭން ފަށައިފި
24 އޯގަސްޓު 2017

މަޖިލީހުގައި އައުގުރާނަ ގޮވުމަށް ފަހު އަލީ އާރިފް މާފަށް އެދިވަޑައިގެންފި

24 އޯގަސްޓު 2017
މަޖިލީހުގައި އައުގުރާނަ ގޮވުމަށް ފަހު އަލީ އާރިފް މާފަށް އެދިވަޑައިގެންފި
20 ޖުލައި 2017

ވިލާކޮލެޖުން މިއަހަރު މުޅިން އައު ކޯސްތަކެއް ތަޢާރުފުކޮށްފި

20 ޖުލައި 2017
ވިލާކޮލެޖުން މިއަހަރު މުޅިން އައު ކޯސްތަކެއް ތަޢާރުފުކޮށްފި
08 ޖުލައި 2017

ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް

08 ޖުލައި 2017
ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް
07 ޖޫން 2017

ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ

07 ޖޫން 2017
ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް