ކ. މާލެ
|
3 ޑިސެންބަރ 2020 | ބުރާސްފަތި 09:56
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 135 މައްސަލަ އޮކްޓޫބަރު މަހު ވަނީ ރިޕޯޓުކޮށްފަ
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 135 މައްސަލަ އޮކްޓޫބަރު މަހު ވަނީ ރިޕޯޓުކޮށްފަ
ޝުއައިބް މުހައްމަދު އިގްބާލް
އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުން
އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރަން ޕެޓިޝަން ކޮމިޓީގެ ތިން ހުށައެޅުމެއް
 
ކޮމިޓީއަށް ޕެޓިޝަން ހުށައަޅާފައިވަނީ 13 ފެބްރުވަރީ 2020 ގަ
 
މި ޕެޓިޝަނުގައި 2009 ފަރާތަކުން ވަނީ ސޮއިކޮށްފައިވޭ
 
މިއީ ވޮއިސް އޮފް ޗިލްޑްރެންގެ ފަރާތުން އިކްލީލާ ޙަމީދު ހުށަހަޅުއްވާފައިވާ ޕެޓިޝަނެއް

"އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށްއެދި ހުށަހަޅާފައިވާ ޕެޓިޝަން" އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓީޝަން ކޮމިޓީން ދިރާސާކޮށް، ތިން ކަމެއް ހުށައަޅައިފިއެވެ.

ޕެޓިޝަން ކޮމިޓީން ބުނީ މި ތިން ކަންތައް ހުށަހަޅާފައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީއެންޑް ސޯޝަލް ސަރވިސަސްއާއި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދީފައިވާ މައުލޫމާތުތަކަށް ރިޢާޔަތްކުރުމަށް ފަހުގައި ކަމަށެވެ.

ކޮމިޓީން ހުށައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ގިނަ މުއައްސަސާތަކެއް އެކުގައި މަސައްކަތް ކުރުމުން ނޫނީ އެންމެ އެދެވޭ ނަތީޖާއަކާ ހަމައަށް ވާޞިލްވެވޭނެ ކަމެއް ނޫންކަމުން، އެންމެން އެކުގައި މަސައްކަތްކުރުމަށް އެ ކޮމިޓީން ވަނީ ހުށައަޅާފައެވެ.

އެގޮތުން އެއް މުއައްސަސާއަކުން ހޯދާ މަޢުލޫމާތުތައް އަނެއް މުއައްސަސާތަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އެކުގައި މުޢާމަލާތް ކުރެވޭނެ އިންތިޒާމެއް ޤާއިމްކުރުމަށް ކޮމިޓީގެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ދެވޭ އަނިޔާތައް ފެށެނީ އާއިލާގެ ތެރެއިންނާއި އެ ކުދިން އުޅޭ މާޙައުލުގެ ތެރެއިންކަމަށާ އެ ކުދިން ސަލާމަތްކުރެވޭނީ މުޖްތަމައުގެ ފަރުދުން ހޭލުންތެރި ކުރުވައިގެންކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. އަދި މިފަދަ އަނިޔާ ލިބޭ ކުދިން ދެނެގަނެ، މިފަދަ ޢަމަލުތައް ރިޕޯޓްކޮށް އެ ކުދިންނާ ދޭތެރޭ އެހެން ފަރުދުންގެ ޢަމަލުތައް ބަހައްޓަންވީގޮތާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ސަރުކާރުގެ އިދާރާތައް ގުޅިގެން ހިންގުމަކީ މުއްހިމު ކަމެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި އިންޓަރނެޓް ޒަރީޢާއިން ކުދިންނަށް ކުރިމަތިވާ އަނިޔާތައްވެސް މިފަދަ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނުމަށް އެ ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

ކުޑަކުދިންނަކީ އެހެން ފަރުދުންގެ އެހީއާއި މަދަދަށް އަބަދުމެ ބަރޯސާވެފައިވާ ބައެއްކަމަށް ޕެޓިޝަން ކޮމިޓީގެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އަނިޔާގެ ޝިކާރައަކަށް ކުޑަކުއްޖަކު ވެއްޖެނަމަ ރިޕޯޓްކުރާނެ ފަރާތްތަކާއި އެފަދަ ޢަމަލުތައްކުރާ ފަރާތްތަކާ ދުރުހެލިވުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ޕްރޮގްރާމްތައް ހިންގުމަށް ކޮމިޓީން ވަނީ ހުށައަޅާފައެވެ.

އެގޮތުން ސްކޫލްތަކާއި، ހޮސްޕިޓަލްތައް އަދި ކައުންސިލްތައް މެދުވެރިކޮށް، ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި މިފަދަ ޕްރޮގްރާމް ހިންގިދާނެ ކަމަށް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. އަދި މި ޕްރޮގްރާމްތަކަކީ ވަކި ޢުމުރުފުރައެއް ނެތި، ޕްރީ ސްކޫލްއިން ފެށިގެން ހަޔަރ ސެކެންޑްރީ އެޑިއުކޭޝަން ޙާޞިލް ކުރާ ދަރިވަރުންނަށް ހިންގޭ ޕްރޮގްރާމްތަކަށް ހެދުމާއި، އިންޓަރނެޓް ޒަރީޢާއިން ކުރިމަތިވާ އަނިޔާތައްވެސް މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނުމަށްވެސް އެ ކޮމިޓީން ވަނީ ހުށައަޅާފައެވެ.

ޕެޓިޝަން ކޮމިޓީގެ މި ރިޕޯޓަކީ، ވޮއިސް އޮފް ޗިލްޑްރެންގެ ފަރާތުން އިކްލީލާ ޙަމީދު ހުށަހަޅުއްވާފައިވާ އަނިޔާއިން ކުޑަކުދިންރައްކާތެރިކުރުމަށްއެދި ހުށަހަޅާފައިވާ ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓެވެ. މި ޕެޓިޝަން ސްޕޮންސަރ ކުރައްވާފައިވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދެވެ. އަދި 2009 ފަރާތަކުން ވަނީ ޕެޓިޝަނުގައި ސޮއިކޮށްފައެވެ. ކޮމިޓީއަށް ޕެޓިޝަން ހުށައަޅާފައިވަނީ 13 ފެބްރުވަރީ 2020 ގައެވެ.

މި ޕެޓިޝަން ހުށަހަޅާފައިވަނީ ކުޑަކުދިންގެ ޙައްޤުގައި ބަސްބުނެ، އެކުދިންގެ އަޑު، އެންމެހާ މުއައްސަސާތަކަށް އިއްވައި، ކުޑަކުދިންނަށް ލިބެންވާ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމާއި އެކު މިހާރުވެސް އެކިކަހަލަ އަނިޔާ ލިބެމުންދާ އަދި ނުރައްކަލަށް ހުށައެޅިފައިވާ ކުޑަކުދިންގެ ޙައްޤުގައި މަސައްކަތްކުރުމުގެ މަގްސަދުގައެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 135 މައްސަލަ އޮކްޓޫބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 43 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ހާނިއްކައިގެ 38 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 24 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 15 މައްސަލައިގެ އިތުރުން ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ 4 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ އަދި އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލަ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް