Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ގެއްލިގެން 4 އަހަރު ތެރޭ 72 މައްސަލައެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން ކަންކަމުގައި ހިމަނަން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2020 | ބުދަ 10:45
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާއެއްގެ ތެރެއިން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާއެއްގެ ތެރެއިން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ގެއްލިގެން ފާއިތުވި 4 އަހަރު 72 މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށައެޅިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން އ.ދ. އިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ކުރިއަށްވުރެ ފުރިހަމައަށް ބިނާކުރުން- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާ، ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭ، ދެމެހެއްޓެނިވި މުޖުތަމަޢުއެއް ކޮވިޑް19 އަށްފަހު ބިނާކުރުމަށް" ކަމަށެވެ.

Advertisement - newsAdvertisement

އެޗްއާރްސީއެމް އިން ބުނީ، މި ޝިޢާރުގެ މައިގަނޑު މަޤްސަދަކީ ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ބަލި މަޑުކަމުން އަރައިގަނެ، އާންމު ހާލަތަށް ރުޖޫއަވުމަށް ކުރަމުންދާ މަސައްކަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން ހިމެނުމާއި، ޚިދުމަތްތަކަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ، ދެމެހެއްޓެނިވި ގޮތަކަށް ޤައުމު ބިނާކުރުން ކަމަށެވެ.

ދުނިޔޭގެ އާބާދީގެ %15 މީހުންނަކީ ކޮންމެވެސް ނުކުޅެދުންތެރިކަމެއް ތަޙައްމަލު ކުރަމުންދާ ބައެއްކަން ފާހަގަކޮށް އެޗްއާރްސީއެމް އިން ބުނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ގެއްލިގެން ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 72 މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައެޅިފައިވާ ކަމަށެވެ. އެގޮތުން ކޮމިޝަނުން ބަލައިފައިވާ މައްސަލަތަކުގެ ތެރޭގައި، ޢާއިލާގެ ފަރާތުން ލިބެންޖެހޭ އަޅާލުން ނުދިނުމާއި، އިހުމާލުގެ މައްސަލަތަކާއި، އާއިލާއިން އެދިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލު ކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ މައްސަލަތައް ހިމެނޭ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކަށް ރައްކާތެރިވެ، ކަންކަން ނިންމުމުގައި އެމީހުންގެ ބައިވެރިވުން އިތުރުކޮށް، ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ހަރުދަނާ އަދި ފަސޭހަ ގޮތްތަކެއް އެކަށައެޅުމަކީ މުހިއްމު ކަމެއް ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އެއާއެކު ދަތުރުފަތުރު ކުރުމާއި، ހިނގާބިނގާވެ އުޅުމާއި، ތަންތަނަށް ވަދެނިކުމެ އުޅުމުގައި ފަސޭހަ ގޮތްތަކެއް އެކުލަވާލުމަށް އެޗްއާރްސީއެމުން ވަނީ ދައުލަތަށް އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު