Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ލިވަޕޫލް ދެވަނަ ބުރަށް، ބަޔާނުގެ މޮޅުވުމުގެ ރިކޯޑު ނިމުމަކަށް

2 ޑިސެމްބަރު 2020 | ބުދަ 05:48

އަޔަކްސް އަތުން ލިވަޕޫލް މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ޑިސެމްބަރު 2020 | ބުދަ 05:48
ލިވަޕޫލާއި އަޔަކްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 1-0 ން

ލިވަޕޫލާއި އަޔަކްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 1-0 ން

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ އަޔަކްސް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން ލިވަޕޫލް ފުރުސަތު ހޯދައިފިއެވެ.

މި މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ލިވަޕޫލް ކަށަވަރުކުރީ ގްރޫޕް ޑީގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި އަޔަކްސް އަތުން 1-0 ން މޮޅުވެގެންނެވެ.

އަނިޔާގެ ސަބަބުން ލިވަޕޫލުގެ އެއްވަނަ ގޯލްކީޕަރު އެލިސަން ބެކާ މި މެޗުގައި ކުޅެފައިނުވާއިރު، މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ޒުވާން ގޯލްކީޕަރު ކޮއަމްހީން ކެލަހާއެވެ. ލިވަޕޫލުގެ ޖާޒީގައި ކެލަހާ ކުޅުނު ފުރަތަމަ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާ މެޗުން ލިވަޕޫލް މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި މެޗުގައި ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފުގައި ލިވަޕޫލުގެ ކާޓިސް ޖޯންސް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. އަދި މި ހާފުގައި އަޔަކްސްއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ލިވަޕޫލުގެ ގޯލްކީޕަރު ކެލަހާ ވަނީ މުހިންމު ސޭވުތަކެއް ކޮށްފައެވެ.

މެޗުގައި ލިވަޕޫލުން ލީޑު ނެގީ 58 ވަނަ މިނެޓުގައެވެ. ނީކޯ ވިލިއަމްސް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޯންސްއެވެ. އޭގެ ފަހުން މެޗުގައި އަޔަކްސްގެ ޑޭވިޑް ނެރޭސް ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ފަހު ވަގުތު ކްލާސް-ޔާން ހަންޓެލާ ބޮލުން ފޮނުވާލި ބޯޅަ ލިވަޕޫލުގެ ގޯލްކީޕަރު ކެލަހާ ވަނީ މަތަކޮށްފައެވެ.

މި މޮޅާއެކު ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ލިވަޕޫލް ކަށަވަރުކުރީ ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ އަންގާރަ ދުވަހުގެރޭ މިޗީލޭންޑާ 1-1 ން އެއްވަރުވި އެޓަލަންޓާއެވެ. އެ ޓީމަށް ފަސް މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، އަޔަކްސްއަށް ފަސް މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ފުލުގައި އޮތް މިޗީލޭންޑަށް ފަސް މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑާ 1-1 ން އެއްވަރުވެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން މި މުބާރާތުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް 15 މެޗަށްފަހު ވަނީ ނިމުން އައިސްފައެވެ.

މިދިިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ތަށި ބަޔާނުން އުފުލާލީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެކަމަކު އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގެ ކުރީކޮޅު ބަޔާނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މެޗުގެ 26 ވަނަ މިނެޓުގައި އެތުލެޓިކޯއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔާއޯ ފެލިކްސްއެވެ.

މި މެޗުގައި އެތުލެޓިކޯއިން ނަތީޖާ އެއްވަރުކުރީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ. މިއީ އޭރިއާ ތެރެއިން މުލާއަށް އެތުލެޓިކޯގެ ކުޅުންތެރިން ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗު އެއްވަރުވި ނަމަޗެސް، ގްރޫޕް އޭގައި ހިމެނޭ ބަޔާން ވަނީ ދެވަނަ ބުރުގެ ޖާގައެއް މީގެ ކުރިން ކަށަވަރުކޮށްފައެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު ބަޔާން އެއްވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާއެކުއެވެ. އަދި އެތުލެޓިކޯ ދެވަނައިގައި އޮތީ ފަސް މެޗުން ހަ ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތީ ލޮކޮމޯޓިވް މޮސްކޯ އަތުން އަންގާރަ ދުވަހުގެރޭ 2-1 ން މޮޅުވި ސާލްޒްބާގެވެ. އެ ޓީމު ތިންވަނައިގައި އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓާއެވެ. އަދި މޮސްކޯ އެންމެ ފުލުގައި އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް