Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ބައިވެރިންނަށް ކޮންމެ މަހަކު 6،000 ރުފިޔާގެ އެލެވެންސެއް ދެވޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 2 ޑިސެމްބަރު 2020 | ބުދަ 04:25
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުކޮށްފި އެވެ.

އެޗްޑީސީއިން ބުނީ އެ ކުންފުނީގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަަމަށާއި އެގޮތުން ބައިވެރިވުމުގެ މުއްދަތު މިހާރު 14 ޑިސެމްބަރ 2020ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެކުންފުނިން އިތުރަށް ބުނީ މި ޕްރޮގްރާމްގައި އަމަލީ ގޮތުން މަސައްކަތް ކުރުމާއިއެކު ކްލާސްރޫމް ސެޝަންތަކެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި ބައިވެރިންނަށް ކޮންމެ މަހަކު 6،000 ރުފިޔާގެ އެލެވެންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މިޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ފަރާތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް ތިނެއްގެ ސަނަދަކާއި މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެކަމަށް އެޗްޑީސީއިން ބުންޏެވެ.

ހަތަރު މަސް ދުވަހުގެ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަކީ އޯލެވެލް ނިންމައި ނުވަތަ ލެވެލް ދޭއްގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވުމާއެކު 16 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެއްސަކަށް ވާންޖެހޭކަމަށް އެކުންފުނިން ބުންޏެވެ.

އެޗްޑީސީއިން ބުނީ ބައިވެރިން ހޮވުމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތްތަކަށް އެ ކުންފުނިން ވަޒީފާ ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2018

ޑަބްލިޔުޓީއެމް އެފްރިކާ 2018 ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

29 ޖެނުއަރީ 2018
ޑަބްލިޔުޓީއެމް އެފްރިކާ 2018 ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
29 ޑިސެމްބަރު 2017

ދިރާގުން ފައިބާ ކޭބަލް ގުޅައިދޭ މުއްދަތު ޖެނުއަރީ މަހުގެ 31 އަށް އިތުރުކޮށްފި

29 ޑިސެމްބަރު 2017
ދިރާގުން ފައިބާ ކޭބަލް ގުޅައިދޭ މުއްދަތު ޖެނުއަރީ މަހުގެ 31 އަށް އިތުރުކޮށްފި
25 ސެޕްޓެމްބަރު 2017

"އެސްއެމްއީ ލޯން" ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމަށް މުއްދަތު އިތުރު ކޮށްފި

25 ސެޕްޓެމްބަރު 2017
"އެސްއެމްއީ ލޯން" ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމަށް މުއްދަތު އިތުރު ކޮށްފި
31 ޖުލައި 2017

ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

31 ޖުލައި 2017
ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި
16 ޖޫން 2017

ބީޕީޓީ ބަޔާން ހުށައެޅުމުގެ މުއްދަތު މީރާއިން އިތުރުކޮށްފި

16 ޖޫން 2017
ބީޕީޓީ ބަޔާން ހުށައެޅުމުގެ މުއްދަތު މީރާއިން އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު