Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޕީއެލްގެ ތެލުގެ ކޮރަޕްޝަން

އެމްޕީއެލްގެ 8 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި ތިން މުވައްޒަފަކު ސަސްޕެންޝަނުގައި

ހަތަރު މުވައްޒަފަކު ސަސްޕެންޑް ކުރި، ނަމަވެސް ފަހުން އެކަކު ވަނީ ވަޒީފާއަށް ނެރެފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2020 | އަންގާރަ 18:06
އެމްޕީއެލްގެ ވިޔަފާރި

އެމްޕީއެލްގެ ވިޔަފާރި

ކޮވިޑް-19 ގެ ފުރަބަންދުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޭނުމަށް ތެޔޮ ހޯދުމުގައި ހިންގާފައިވާ ތެލުގެ ވަގު ވިޔަފާރި ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މި ވަގުތު ސަސްޕެންޑް ކުރެވިފައިވަނީ އެ ކުންފުނީގެ ތިން މުވައްޒަފުން ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ) އަށް އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި އިސްބޭފުޅުން ހާޒިރުކުރި ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އެ ވައްކަމުގައި އެމްޕީއެލްގެ ހަތަރު މުއައްޒަފުންގެ ބައިވެރިވުން ހިމެނޭ ކަމަށް އޮޑިޓުން ހާމަވެ، ސަސްޕެންޑް ކުރި ނަމަވެސް މީގެ ތެރެއިން އެކަކު އަލުން ވަޒީފާ އަށް ނުކުންނަން އަންގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވާޒީފާއަށް ނިކުންނަން އެންގީ، އޭނާގެ ފަރާތުން ހެކި ނައްތާލުމުގެ ފުރުސަތު އޮތްކަމަށް ނުފެންނާތީއާއި އޭނާއަށް ކުރެވޭ ތުހުމަތަށް ބެލުމަށްފަހުގަ ކަމަށްވެސް އެމްޕީއެލުން ބުނެއެވެ. އެހެންކަމުން އެމްޕީއެލްގެ އިންޓާނަލް އޮޑިޓާއި ގުޅިގެން ސަސްޕެންޝަންގައި މިވަގުތު ތިބީ އެކުންފުނީގެ ތިން މުއައްޒަފެކެވެ. އޭގެތެރޭގައި ހިމެނެނީ ޕަވަރ ހައުސްގައި އުޅޭ މުވައްޒަފަކާއި ޕްރޮކިއުމެންޓުގެ މުއައްޒަފުން ކަމަށްވެސް އެމްޕީއެލުން ބުނެއެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ، އެމްޕީއެލްގެ އިންޓަނަލް އޮޑިޓުންނާއި އިންޓާނަލް ތަހުގީގުން މި ވައްކަމުގައި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބައުޒަރުގައި މަސައްކަޔްކުރާ މުވައްޒަފުންތަކެއްގެ ބައިވެރިވުން ހިމެނޭ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ވައްކަން ހިންގާފައިވާ ކަމުގެ މައުލޫމާތު އެފްއެސްއެމްއާ ހިއްސާކޮށް، ވައްކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އެފްއެސްއެމްގެ މުވައްޒަފުންގެ ތެރެއިން އެންމެބޮޑަށް މިކަމުގައި ޝާމިލުވާ ފަރާތުގެ ނަން ވެސް އެފްއެސްއެމްއާ ހިއްސާ ކޮށްފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ތެލުގެ ވައްކަން ފަޅާ އެރީ، އާންމު އުސޫލަށްވުރެ ގިނައިން ތެޔޮ ބޭނުން ކުރެވިފައިވާކަން ޕްރޮކިއުމަންޓް ހެޑަކަށް ހުންނަވާ ފަރާތައް ފާހަގަކުރެވިގެން، އިންޓަރނަލް އޮޑިޓެއް ހެދުމަށް އެދި، އިންޓަރނަލް އޮޑިޓުން ކަމަށެވެ.

ޝާހިދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުން ކުރި އިރުވެސް އެމްޕީއެލްގެ މަސައްކަތް 24 ގަޑިއިރު ކުރިކަމަށާއި ނަމަވެސް އާންމުކޮށް ކުންފުނިން ކުރާ ޚަރަދުތައް 50 ޕަސެންޓަށް ކުޑަކުރެއްވި ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ތެލަށް ކުރެވިފައިވާ ޚަރަދު އިންތިހާއަށް އިތުރުވެފައިވާތީ، އެކަން ފާހަގަވުމާއެކު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުންފުނީގެ އިންޓަނަލް އޮޑިޓެއް ހެދުމަށް ނިންމެވި ކަމަށެވެ.

ޝާހިދު ވިދާޅުވީ، އެ ތަހުގީގުން އެ ކުންފުންޏަށް ނުލިބޭ ތެލެއް ލިބުނުކަމަށް ހަދައި، ޑޮކިއުމަންޓްތަކަށް ބަލާއިރު 8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެމްޕީއެލުން ޚަރަދުކޮށްފައިވާ ކަށެވެ. މިއީ އާއްމު އުސޫލަށް ބަލާއިރުވެސް، ކުންފުނީގެ 50 ޕަސެންޓް ޚަރަދުތައް ކުޑަކުރެވިފައިވާ އަދި ރާއްޖެ ލޮކްޑައުންގައި އޮތް ދަނޑިވަޅުގައި ތެލަށް ކުރަންޖެހުނު ޚަރަދު އިތުރުވެގެންދިޔުމުން އެކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެމްޕީއެލްގެ އިންޓާނަލް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ފޯމްތައް ފޯޖްކޮށް، ފޯމްތަކުގެ ފޮޓޯކޮޕީ ހައްދައި، އެފޯމްތަކަށް ތެޔޮ ހޯދާފައިވާ ކަމަށް ތެޔޮ އެޅުމުގެ ކަންކަން ކުރުމާއި ހަވާލުކޮށްފައިވާ މުވައްޒަފު އޮޑިޓަށް ދީފައިވާ ބަޔާންތަކުން އެނގޭ ކަމަށެވެ. އަދި މިކަން ކޮށްފައިވަނީ، އެފްއެސްއެމްގެ ތެޔޮ ސަޕްލައިކުރާ ތެޔޮ ބައުޒަރުގައި މަސައްކަތްކުރާ މުވައްޒަފުންތަކަކާއި ގުޅިގެން ކަމަށްވެސް، ރިކުއެސްޓް ފޯމުގައި ސޮއިކޮށްފައިވާ އެމްޕީއެލްގެ މުވައްޒަފުން ވަނީ އޮޑިޓަށް ބަޔާން ދީފައެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ، އިންޓާނަލް އޮޑިޓް ރިޕޯޓްގައި މި މައްސަލާއި ޖިނާއީ ބޮޑެތި ކަންތައްތަކެއް އެކުލެވޭތީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންގެ އިދާރާއަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ އެ އިދާރާތަކަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު