Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ބައިނަލްއަޤްވާމީ އެއިޑްސް ދުވަސް

ފާއިތުވި އަހަރު ގާތްގަނޑަކަށް 1.7 މިލިއަން މީހުން އެޗްއައިވީއަށް ޕޮޒިޓިވްވި - ޑަބްލިއުއެޗްއޯ

އެޗްއައިވީ ޖެހިފައިވާ މީހަކާއެކު ހުރަހަކާ ނުލާ ޖިންސީގުޅުން ހިންގުމަކީ އެޗްއައިވީ ޖެހޭ މައިގަނޑު އެއްސަބަބު

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2020 | އަންގާރަ 10:15
މި އަހަރުގެ އެއިޑްސް ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ \"ގްލޯބަލް ސޮލިޑޭރިޓީ، ރިޒިލިއެންޓް ސަރވިސް\"

މި އަހަރުގެ އެއިޑްސް ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ \"ގްލޯބަލް ސޮލިޑޭރިޓީ، ރިޒިލިއެންޓް ސަރވިސް\"

ޑިސެމްބަރު 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ހިއުމަން އިމިއުނޯޑިފިޝިއެންސީ ވައިރަސް (އެޗްއައިވީ) ދުވަސް ކަމަށް ފާހަގަ ކުރަމުން އަންނައިރު، 1990 ގެ އަހަރުތަކާއަޅާ ކިޔާލާއިރު މިހާރު ކުރިއެރުންތަކެއް ލިބިފައި ވީނަމަވެސް އަދިވެސް އެއިޑްސް ހިމެނިފައި ވަނީ ބައިނަލްއަޤްވާމީ ސިއްހީ މައްސަލައެއްގެ ގޮތުގައެވެ.

އެޗްއައިވީ ޖެހިފައިވާ މީހަކާއެކު ހުރަހަކާ ނުލާ ޖިންސީގުޅުން ހިންގުމަކީ އެޗްއައިވީ ޖެހޭ މައިގަނޑު އެއް ސަބަބެވެ. އެގޮތުން އެޗްއައިވީ އިންފެކްޓްވެފަ ހުރި މީހެއްގެ ފަރާތުން ތުއްތު ދަރިފުޅަށްވެސް މި ވައިރަސް ވަރަށް ފަސޭހައިން އަރައެވެ. އެއީ މާބަނޑު ދުވަސްވަރު ދަރިފުޅު ބަނޑުތެރޭގައި އޮންނައިރުގައްޔާއި ވިހެއުމަށް ފަހު ގާތުންދިނުމުގެ ތެރޭގައެވެ.

އެޗްއައިވީ އިންފެކްޝަން ހުރި މީހެއްގެ ލޭ އެ ބަލި ނުޖެހޭ މީހެއްގެ ގަޔަށް އެޅުމުގެ ސަބަބުންވެސް އެ މީހެއްގެ ހަށިގަނޑުގައި މި ވައިރަސް އާލާވާން ފަށައެވެ. އަދި މަސްތުވާތަކެތި އިންޖެކްޓުކުރުމަށް ގެންގުޅޭ ސިރިންޖު ފަދަ ތަކެތި ހިއްސާކުރުމުގެ ސަބަބުންވެސް އެއިޑްސް ބަލި ފެތުރެން މެދުވެރިވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ފާއިތުވި އަހަރުގެ ނިޔަލަށް މުޅި ދުނިޔޭގައި އެޗްއައިވީ ނުވަތަ އެއިޑްސް ބަލީގެ ޝިކާރައަކަށްވެފައިވާ 38 މިލިއަން މީހުން އެބަތިއްބެވެ. 2019 ގައި އެކަނިވެސް ގާތްގަނޑަކަށް 1.7 މިލިއަން މީހުން އެޗްއައިވީއަށް ޕޮޒިޓިވްވެފައިވާ ކަމަށް މި ތަފާސްހިސާބުން ދައްކާއިރު މިދިޔަ އަހަރު 690،000 މީހުންވަނީ މިބަލީގައި މަރުވެފައެވެ.

އެޗްއައިވީ އަދި އެއިޑްސް ހުރި މީހެއްގެ ކިބައިން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ދުޅަވުން، ހަމުގެ ކުލައަށް ބަދަލެއް އައުން އަދި ހަންގަނޑު ކުރަކިވުން ހިމެނެއެވެ. މީގެ އިތުރުން ބަލީގެ އަލާމާތްތަކުގެ ތެރޭގައި، ބޮލުގައިރިހުމާއި، ކާހިތްނުވުމާއި، މޫނުމައްޗަށް އަނދިރިވުން ހިމެނެއެވެ.

ކޮވިޑް-19 އާ ގުޅިގެން އެޗްއައިވީއާ މެދު މީހުން ހޭލުންތެރިކުރުވުމާއި ބައްޔަށް ޓެސްޓުކޮށް ބަލިޖެހިފައިވާ މީހުނަށް ފަރުވާ ދިނުމަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފައިވެއެވެ. މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ މި ބަލީގެ ނުރައްކަލަށް ހުށައެޅިފައިވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު ސިއްޙީ އިތުރު މައްސަލަތަކަކާ ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑެވެ.

ނަމަވެސް ޑަބްލިއުއެޗްއޯއިންބުނީ ކޮވިޑްގެ މި ހާލަތުގައިވެސް އެޗްއައިވީގެ ނުރައްކާ ކުޑަކުރުމަށް ކަމާ ގުޅުންހުރި ހުރިހާ ފަރާތަކާއި ގުޅިގެން މަސައްކަތްތައް ހުއްޓުމެއް ނެތިކުރަމުން އަންނަ ކަމަށެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ އެއްވަނަ މިދުވަސް ފާހަގަ ކުރަމުން އަންނައިރު ޑަބްލިއުއެޗްއޯއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ގްލޯބަލް ސޮލިޑޭރިޓީ، ރިޒިލިއެންޓް ސަރވިސް" މި ޝިޢާރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސިވިލާތުގައި 16 އަހަރުން ދަށުގެ ކުދިންނަށް އެނާރޖީ ޑްރިންކްސް މަނާ ކުރަނީ

އިނގިރޭސިވިލާތުގައި 16 އަހަރުން ދަށުގެ ކުދިންނަށް އެނާރޖީ ޑްރިންކްސް މަނާ ކުރަނީ

03 ސެޕްޓެމްބަރު 2025
އުމުރުން 106 އަހަރުގެ އިނގިރޭސި އަންހެނަކު ކޮވިޑް-19 ން ގަދަވެއްޖެ

އުމުރުން 106 އަހަރުގެ އިނގިރޭސި އަންހެނަކު ކޮވިޑް-19 ން ގަދަވެއްޖެ

15 އެޕްރީލު 2020
102 އަހަރުގެ އިޓަލީ އަންހެނަކު ކޮރޯނާވައިރަސް ބަލިން ގަދަވެއްޖެ

102 އަހަރުގެ އިޓަލީ އަންހެނަކު ކޮރޯނާވައިރަސް ބަލިން ގަދަވެއްޖެ

29 މާރިޗު 2020
ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް ހަތަރު މިލިއަން މަރު: ދިރާސާ

ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް ހަތަރު މިލިއަން މަރު: ދިރާސާ

18 އޯގަސްޓު 2017
ވެށި ތަޣައްޔަރުވުމުގެ ސަބަބުން، 1.7 މިލިއަން ކުދިން މަރުވޭ

ވެށި ތަޣައްޔަރުވުމުގެ ސަބަބުން، 1.7 މިލިއަން ކުދިން މަރުވޭ

07 މާރިޗު 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު