Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މަރަޑޯނާގެ މަރުގެ މައްސަލަ

މަރަޑޯނާގެ ޑޮކްޓަރުގެ މައްޗަށް އިހުމާލުވުމުގެ ދައުވާ އުފުލައިފި

މަރަޑޯނާ މަރުވީ އުމުރުން 60 އަހަރުގައި، މިދިޔަ ހަފުތާގެ ބުދަ ދުވަހުގެރޭގެ ވަގުތެއްގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2020 | ހޯމަ 11:48
ޑިއޭގޯ މަރަޑޯނާގެ ޑޮކްޓަރު ލެއޮޕޮލްޑޯ ލޫކޭ

ޑިއޭގޯ މަރަޑޯނާގެ ޑޮކްޓަރު ލެއޮޕޮލްޑޯ ލޫކޭ

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ޑޮކްޓަރު ލެއޮޕޮލްޑޯ ލޫކޭގެ މައްޗަށް ފަރުވާދިނުމުގައި އިހުމާލުވިކަމުގެ ދައުވާ އުފުލައިފިއެވެ.

އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެރޭ ޖެހުނު ހާޓްއެޓޭކެއްގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ކުރިން މި މަހުގެ ކުރީކޮޅު އޭނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަަބަބުން ވަނީ ކުއްލި އޮޕަރޭޝަނެއްވެސް ކޮށްފައެވެ. މަރަޑޯނާ މަރުވީ އެ އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުން ދޫކޮށްލިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

މަރަޑޯނާ މަރުވުމުގައި ސިއްހީ ކަންތައްތަކާ ބެހޭ ފަރާތްތަކުގެ އިހުމާލެއް އޮތް ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކޮށްފައިވާއިރު، މަރަޑޯނާގެ ވަކީލު މަޓިއަސް މޯލާ ވަނީ މަރަޑޯނާ މަރުވި ދުވަހު އެމްބިއުލަންސްއަށް ގުޅައިގެން އެ އައުން ލަސްވި މައްސަލަ އާއި ސިކުނޑީގެ އޮޕަރޭޝަނަކަށްފަހު ދެ ހަފުތާއެއްހާ ދުވަސް ފަހުން ގެއަށް ބަދަލުކުރި މީހެއްގެ ސިއްހީ ކަންތައްތައް ބެލުމުގައި ހޮސްޕިޓަލުން އިހުމާލުވެފައިވާ މައްސަލަ ހުށަހަޅާފައެވެ.

އެއާއެކު މަރަޑޯނާގެ ޑޮކްޓަރުގެ މައްސަލަ ބަލަމުން އަންނައިރު، ދާދި ފަހުން ފުލުހުން ވަނީ އޭނާގެ ގެ ބަލައި ފާސްކޮށްފައެވެ. އަދި ޑޮކްޓަރުގެ އިތުރުން މަރަޑޯނާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ހުރިހާ ސިއްހީ އެހީތެރިންގެ މައްސަލަވެސް އާޖެންޓީނާގެ ޕްރޮސެކިއުޓަރުން އަންނަނީ ބަލަމުންނެވެ. މީގެ ތެރެއިން ޑޮކްޓަރުގެ މައްޗަށް ފަރުވާދިނުމުގައި އިހުމާލުވިކަމުގެ ދައުވާ މިހާރު އުފުލާފައިވާއިރު، މަރަޑޯނާގެ ޑޮކްޓަރާއި އެހެން ބައެއް ސިއްހީ އެހީތެރިންގެ މައްޗަށް އިހުމާލުން މީހަކު މަރުވުމުގެ ކުށުގެ ދައުވާ ކުރުންވެސް އެކަށީގެންވާ ކަމަށް އާޖެންޓީނާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ދައުވާއާ ގުޅިގެން މަރަޑޯނާގެ ޑޮކްޓަރު ބުނީ އެއްވެސް އިހުމާލެއް ވެފައި ނުވާނެ ކަމަށާއި، މަސައްކަތްކުރީ ދެ ފުށް ފެންނަ ގޮތަށް، އެއްވެސް ކަމެއް ނުފޮރުވާ ކަމަށެވެ.

އާޖެންޓީނާގެ ރިޕޯޓުތައް ބުނާ ގޮތުން އޮޓޮޕްސީ ރިޕޯޓުގައި ހިމަނާފައި އޮތީ މަރަޑޯނާ މަރުވީ ނިދީގައި ހިތާއި ފުއްޕާމޭ ފެއިލްވެގެން ކަމަށެވެ. އެކަމަކު މަރަޑޯނާގެ ކަންތައްތައް ބެލުމަށް ހުރި ނަރުހަށް އޭނާ މަރުވި ސީދާ ގަޑިއެއް ބުންނަން ނޭނގުމުން، މަރަޑޯނާގެ މަރުގެ ސެޓްފިކެޓުގައި މަރުވި ގަޑިއެއް ޖެހުމުގައި މައްސަލަތަކެއް ދިމާވި ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހުގެރޭ މަރަޑޯނާ މަރުވުމާއެކު އާޖެންޓީނާގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ އެކަމާ ހިތާމަފާޅުކުރަމުންނެވެ. އާޖެންޓީނާއަށް 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މަރަޑޯނާ އަކީ ފީފާއިން ހޮވި 20 ވަނަ ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފުޓްބޯޅަ ލެޖެންޑެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ލީގު: ވިކްޓަރީގެ މައްޗަށް ނިއު ކުރި ހޯދައިފި

މާލޭ ލީގު: ވިކްޓަރީގެ މައްޗަށް ނިއު ކުރި ހޯދައިފި

04 މާރިޗު 2017
ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

01 މާރިޗު 2017
ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި

ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި

15 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު