Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްތިހާލް މަރާލި މައްސަލަ

އިބްތިހާލް މަރާލި މައްސަލައިގައި އާފިޔާއަށް ހުކުމް ކުރުން އަންނަ މަހު!

29 ނޮވެމްބަރު 2020 | އާދީއްތަ 14:12

އިބްތިހާލުގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 29 ނޮވެމްބަރު 2020 | އާދީއްތަ 14:12
އިބްތިހާލް މަރާލި މައްސަލަައިގައި ދައުވާ އުފުލާފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދު - މުހައްމަދު ޝަރުހާން

އިބްތިހާލް މަރާލި މައްސަލަައިގައި ދައުވާ އުފުލާފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދު - މުހައްމަދު ޝަރުހާން

ވ. ރަކީދޫ މުހައްމަދު އިބްތިހާލް މަރާލި މައްސަލަައިގެ ތުހުމަތު ކުރެވޭ އޭނާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލި ދެ ދައުވާއަށް ހުކުމް ކުރުން އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި އެވެ.

ދަޢުލަތުގެ ފަރާތުން އާފިޔާގެ މައްޗަށް ކުރަނީ ދެ ދައުވާ އެކެވެ. އެއީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެކެވެ. މި ދެ ދައުވާ އަށް އާފިޔާ އިއުތިރާފްވެ ކަން ހިނގި ގޮތް ޝަރީއަތުގެ މަޖިލިހުގައި ކިޔައި ދިން އިރު، ފަހުން ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އޭނާ ވަނީ ކުށަށް އިންކާރުކޮށްފަ އެވެ.

Advertisement - newsAdvertisement

ޙުކުމުގެ މަރުޙަލާއަށް ގޮސްފައިވާ މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ދައުލަތުން ޚުލާސާ ބަޔާން އިއްވާފައިވާއިރު، ދައުލަތުން ވަނީ މި މައްސަލައިގައި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރިކަމަށް ދައުލަތަށް ޤަބޫލު ކުރެވޭކަން ފާހަގަކޮށްފައެވެ. އަދި ޤާނޫނޫލް އުޤޫބާތުގެ 1205 ވަނަ މާއްދާގައި އިސްލާމީ ޝަރީޢަތުގައި ހައްދު ތަންފީޒު ކުރުމަށް ބަލާ މިންގަނޑުގައިވެސް ހެކި އެބަހުރި ކަމަށާއި، ވީމާ އާފިޔާއަށް އެ ޤާނޫނުތަކުގެ ދަށުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

މި މައްސަލައިގެ ޚުލާސާ ބަޔާނުގައި ދައުލަތުން ފާހަގަކޮށްފައިވާ އިތުރު ބައެއް ކަންކަމަށް ބަލާއިރު، ދައުލަތުން ވަނީ މި މައްސަލައިގެ މުއްދަތު މަޖިލީހުގައި ފަނޑިޔާރެއްގެ ކުރިމަތީގައި އާފިޔާ ކުށަށް އިއުތިރާފު ވެފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ފަނޑިޔާރަކާއި ވަކީލެއްގެ ހާޒިރުގައި އާފިޔާ ވެފައިވާ އިއުތިރާފަކީ ގަޟާއީ އިއުތިރާފް (ޖުޑީޝަލް ކޮންފެޝަން) އަކަށްވާއިރު، ޤާނޫނީ ހަމަތަކުން ބަލާއިރު، މި އިއުތިރާފުން ރުޖޫއަ ވެވިދާނެ ކަމަށް ޤަބޫލު ނުކުރާކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި އާފިޔާއާ ދެކޮޅަށް ލިބިފައިވާ ހެކިތަކަށްބަލާއިރު، އޭނާއާ ދެކޮޅަށް ހުށައެޅިފައިވާ 2 ދައުވާ ވެސް ސާބިތުވާ ކަމަށް ނިންމުމަށް ދައުލަތުން ވަނީ އެދިފައެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު ބޭއްވި ޝަރީއަތަކީ ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހެކެވެ. ނަމަވެސް ދައުލަތުގެ ވަކީލަކާއެކު ޝަރީއަތަށް ހާޒިރުވެ އިން އާފިޔާ ވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު މައްސަލައިގައި ޖަވާބުދާރީވާން ބޭނުންވާ ކަމަށް ބުނެފައެވެ. އެހެންވެ ހުކުމް އިއްވުމުގެ ކުރިން އެ މައްސަލަ ދިރާސާ ކުރުމަށް އޭނާ އެދުމުން މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވަނީ ޖަވާބުދާރީ ވުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ވަކީލެއްގެ އެހީ ބޭނުންވޭތޯ ސުވާލު ކުރުމުން އާފިޔާ ބުނީ އެކަން ކުރަން ބޭނުންވާ ކަމަށެވެ.

އެހެން ކަމުން ގާޒީ ނިންމެވީ އެ މައްސަލައިގައި ޖަވާބުދާރީވުމަށް އާފިޔާ އަށް ވެސް އިތުރު ފުރުސަތެއް ދިނުމަށް އަޑުއެހުމެއް ބޭއްވުމަށެވެ. އަދި އެ އަޑު އެހުމަށް ފަހު އަންނަ މަހު އެ މައްސަލައިގައި ހުކުމް ކުރާ ގޮތަށް ގާޒީ ނިންމެވިއެވެ.

އިބްތިހާލުގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވާއިރު، ޤަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ އާފިޔާ ދިން އަނިޔާތަކާ ގުޅިގެން އިބްތިޙާލުގެ ފުރާނަ ގޮސްފައިވާތީ ކަމަށާއި، އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އެކި ފަހަރުމަތިން އިބްތިޙާލަށް އަނިޔާކޮށް، އިހުމާލުވެ އޭނާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އާފިޔާ ޢަމަލުކޮށްފައިވާތީ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

ބަންޑާރަނާއިބު ކަނޑައަޅުއްވާފައިވާ "ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތު" ގެ ދަށުން ޖިނާއީ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން އެއް ފަހަރު މުރާޖަޢާ ކުރަން ޖެހެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް