Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޒަމާނީ ޓެކްނޮލޮޖީގެ އެހީ ހޯދުން

ސަރުކާރުގެ ޚިދުމަތްތައް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ފަސޭހަކަމާއެކު، އެމީހަކު ހުރިތަނަކަށް ލިބޭނެގޮތް ހެދުމަކީ އުނދަގޫކަމެއް ނޫން!

ކަންކަން ފަސޭހަކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް އިންސާނުން ހޯދަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި

އިކްރާމް ހަސަަން
އިކްރާމް ހަސަަން, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2020 | އަންގާރަ 01:34
ކަންކަން ފަސޭހަކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް އިންސާނުން ހޯދަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި

ކަންކަން ފަސޭހަކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް އިންސާނުން ހޯދަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި

މިއަދު ދުނިޔެ މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އިންސާނުން އެމީހުންގެ ޢާންމު ދިރިއުޅުގައި ބޭނުންވާ ޚިދުމަތްތައް ހޯދުމަށް ފަސޭހަ އެތައް ގޮތެއް ހޯދައި އެ ގޮތްތަކަށް ބަރޯސާވުން މިވަނީ ޢާންމުވާން ފަށައިފައެވެ. މިގޮތުން ކަންކަން ފަސޭހަކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް އިންސާނުން ހޯދަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައެވެ. އަދި ޓެކްނޮލޮޖީ އިތުރަށް ފުޅާކޮށް އިންސާނުންނަށް މިޒަމާނުގައި އެންމެ މުހިއްމު އެއް ވަސީލަތަކީ އެއީ ކަމުގައި މިވަނީ ވެފައެވެ. އަދި ހަމައެހެންމެ އިންސާނުންގެ އެކި ކަހަލަ ބޭނުންތައް ފަސޭހައިން ކުރުމަށް ޓެކްނޮލޮޖީ މިދަނީ ތަރައްޤީކޮށް ފައްކާ ކުރަމުންނެވެ.

މިގޮތުން މިއަދުގެ ރާއްޖޭގެ ޙާލަތަށް ބަލާއިރު ޤަބޫލުކުރަންޖެހޭ އެއް ޙަޤީގަތަކީ ކޮންމެ މީހެއްވެސް ސްމާޓް ފޯނެއް ގެންގުޅެއެވެ. އަދި އެ ފޯނާއި އެކު ދުވަހުގެ ގިނަ ވަގުތުތަކެއް ހޭދަކުރަމުން ދެއެވެ. ރާއްޖެއާއި ގުޅުންހުރި އެންމެހާ ކަންކަން އަދި ދުނިޔޭގައި ހިނގަމުންދާ އެންމެހާ ކަންކަން ތާޒާކަމާއިއެކު ވަގުތުން ހޯދައި، ދުނިޔެއާއި ވަރަށް ބޮޑަށް (އެ ފޯނުގެ އެހީގައި) ގުޅުން ބަދަހި ކުރަމުން ދެއެވެ. އަދި އެކި އެކި ގޮތް ގޮތަށް އެކި އެކި ބޭނުންތަކަށް، އެ މީހާގެ ގިނަ މަޢުލޫމާތުތަކެއް އެ ފޯނުތަކަށް އަޅައި ރައްކާކޮށް، އެ މަޢުލޫމާތުތައް ފޯނުގެ އެހީގައި އެކި ބޭނުންތަކަށް ބޭނުންކުރަމުންވެސް ދެއެވެ.

ޢާންމު ގޮތެއްގައި މިއަދާހަމައަށްވެސް ދިވެހިރާއްޖޭގައި، ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމަށް ރައްޔިތުންނަށް ޖެހެނީ ވަރަށް އުނދަގޫ އެހާމެ ގިނަ ވަގުތުތަކެއް އެކަމަކަށް ހޭދަކުރާށެވެ.

ޒަމާނާއި އެއްގޮތައް ދިވެހިންވެސް ބަދަލުވާން ޖެހެއެވެ. އަދި ޓެކްނޮލޮޖީއާއި ރަހްމަތްތެރިވެ ޓެކްނޮލޮޖީގެ ބޭނުން ހިފާލެއް ދުވަހެއް ދުވަހަކަށް ދާނީ އިތުރު ވަމުންނެވެ. މިހެންކަމުން ސަރުކާރުގެ ވުޒާރާތަކުންނާއި އެހެނިހެން އިދާރާތަކާއި އޮފީސްތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޒަމާނީވެ، ޓެކްނޮލޮޖީ އާއި ގުޅި، ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދަން އެބަޖެހެއެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ހިސާބުން ފެށިގެން، އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސާއި އުޅަނދު ފަހަރުގެ ރަޖިސްޓްރީގެ ކަންކަން ފަސޭހަ ކަމާއިއެކު ވާން އެބަޖެހެއެވެ. ވިޔަފާރިތައް ފެށުމާއި ހިނގަމުން އަންނަ ވިޔަފާރިތަކަށް ބޭނުންވާ، ސަރުކާރުގެ އިދާރާތަކުން ކުރާންޖެހޭ އެންމެހާ ކަންކަން އެމީހަކު ހުރި ރަށެއް ނުވަތަ ޤައުމެއްގައި ހުރެގެން ފަސޭހަކާމާއިއެކު ވެގެންދާތަން ފެންނާން އެބަޖެހެއެވެ. ހަމައެހެންމެ އަލަށް ދުނިޔެއަށް އުފަންވާ ކުއްޖާގެ ނަމާއި ގޭގެ ރަޖިސްޓްރީ އިން ފެށިގެންގޮސް ކިޔަވައި ނިމެންދެން ސުކޫލުތަކުން ބެލެނިވެރިޔާގެ ފަރާތުން ބޭނުންވާ ދަރިވަރާ ގުޅުންހުރި ކަންކަން ގޭގައި ހުރެގެންވެސް ވާން ފެށުމަކީ ޢާންމު ދިވެހިރައްޔިތު މީހާގެ މޫނު މައްޗަށް ހިނިތުންވުން ގެނުވާނެ ކަމެއްކަން ޔަޤީނެވެ.

މިކަންކަން މި މަގުން ހިންގުމަށް، ސަރުކާރު އެކި އިދާރާތަކުން ޚިދުމަތެއް ހޯދުމަށްޓަކައި ކުރެވޭ މަސައްކަތްތައް ކުރުމަށް، ތަކުރާރުކޮށް އެއް މަސައްކަތެއް ކުރަން ނުޖެހޭނޭ ފަދައިން، ކޮންމެ އިދާރާ އަކުންވެސް ކޮށްފައި ހުންނަ އެ ރައްޔިތަކާއި ގުޅުންހުރި މަސައްކަތްތައް، އެ ރައްޔިތެއްގެ ޚާއްސަ ޕޯޓަލްގެ ތެރެއިން ފެންނަން ހުންނާނެހެން ފަރުމާ ކުރެވިފައިވާ ނިޒާމެއް ޤާއިމުވެގެންދާން އެބަޖެހެއެވެ.

އަދި ހަމައެހެންމެ، ރައްޔިތުމީހަގެ މަޢުލޫމާތުތަކާއި ސަރުކާރުގެ އިދާރާތަކުގެ މަޢުލޫމާތުތައް ލިބެންޖެހޭ އެންމެ ބޮޑު ރައްކާތެރިކަމެއް ލިބޭނެ ފަދައިން، ޓެކްނޮލޮޖީގެ ދާއިރާއިން އެކި އިދާރާތަކުގައި ވަކިވަކިން މުއައްޒަފުން ތިބެގެން ކުރެވެމުންދާ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ހިނގައި، މި ނިޒާމު ރަނގަޅަށް ބެލެހެއްޓޭނެ ފަދައިން އެކުލަވާލަންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް ފުރިހަމަވެ، މި ޚިދުމަތް ލިބެން ފެށުމަކީ ޢާންމު ރައްޔިތުންނަށް ލިބޭ ފަސޭހައިގެ އިތުރުން ސަރުކާރަށް މިހާރު މި ދާއިރާއަށް ކުރަންޖެހިފައިވާ ޚަރަދު ވަރަށް ބޮޑު ތަނުން ލުއި ވެގެންދާނެ ކަމެއްކަން ޔަޤީނެވެ.

މިދެންނެވުނު އެންމެހާ ކަންކަމަކީ މިހާރު، މި ޒަމާނުގައި މާއުނދަގުލުން ކުރެވޭ ކަންކަމެއް ނޫނެވެ. ބޭނުންވަނީ ހަރުދަނާ ބިންގަލަކާއިއެކު ޖުމްލަކޮށް ރައްޔިތުންނަށް ބޭނުންވާނެ ހުރިހާ ކަމެއްހެން ހިމެނިފައިވާ އޮންލައިން ޕްލެޓްފޯމެކެވެ. ނުވަތަ މި ހުރިހާ ޚިދުމަތްތަކެއް އެއް ތަނަކުން ހޯދޭނެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އުފައްދާފައިވާ ރަނގަޅު ވިއުގައެކެވެ. ކޮންމެ ރައްޔިތަކުވެސް، އެ މީހެއްގެ ލޮގިން އިން ވަދެ އެ ޕްލެޓްފޯމުގެ ތެރެއިން ސަރުކާރުގެ އެންމެހާ އިދާރާތަކުން، އަމިއްލަ ޖީބުގައި އޮންނަ ފޯނުގެ އެހީގައި ކަންކަން ހަމަޖެހިގެންދާނެ ނިޒާމެކެވެ.

މި ފަދަ ނިޒާމެއް އުފެދި ބޭނުންކުރެވެން ފެށުމަކީ، ސަރުކާރުގެ ޚިދުމަތްތައް ހޯދުމަށް ހޭދަކުރަންޖެހޭ ވަގުތާއި އުނދަގޫ ޙާލަތުން އަރައިގަނެވި ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެ ކަމެއްކަން ޔަޤީނެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދައި ދެވޭނެކަމާއިމެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްތާ! ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ވަންގޮތް ކޮރަޕްޝަން ހިންގުމުގެ ޒަމާނީ އުކުޅެއްބާ

އަސްތާ! ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ވަންގޮތް ކޮރަޕްޝަން ހިންގުމުގެ ޒަމާނީ އުކުޅެއްބާ

06 ނޮވެމްބަރު 2017
އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

އދ.ގެ ސަލާމަތީ މަޖިލިސް: ދިވެހި ސަރުކާރުގެ އަނެއް އަވާމެންދުރު!

29 އޮކްޓޯބަރު 2017
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!

20 އޯގަސްޓު 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު