Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެސްޓްރަޒެނިކާ ކޮވިޑް ވެކްސިން

އެސްޓްރަޒެނިކާ ވެކްސިނުން ކޮވިޑަށް ފަރުވާ ލިބޭ: ސައިންސްވެރިން

މިހާތަނަށް ބެލި ބެލުމުން ވެކްސިންގެ އެދެވޭ ނަތީޖާ ފެންނަކަން ފާހަގަވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2020 | ބުރާސްފަތި 23:29
އެސްޓްރަޒެނެކާ އިން ބުނީ އެ ކުންފުނިން އުފައްދާ ކޮވިޑް ވެކްސިންގެ 200 މިލިއަން ޑޮޒް 2020 ވަނަ އަހަރު އުފެއްދޭނެ ކަމަށް

އެސްޓްރަޒެނެކާ އިން ބުނީ އެ ކުންފުނިން އުފައްދާ ކޮވިޑް ވެކްސިންގެ 200 މިލިއަން ޑޮޒް 2020 ވަނަ އަހަރު އުފެއްދޭނެ ކަމަށް

އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވަރސިޓީ ގުޅިގެން ކޮވިޑް-19 އަށް އުފައްދާ ވެކްސިނުން ކޮވިޑަށް ފަރުވާ ލިބޭ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގެ ޗީފް ސައިންޓިފިކް އެޑްވައިސަރ ޕެޓްރިކް ވެލެންސްއާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން ކޮވިޑުގެ ފަރުވާއަކަށް އެސްޓްރަޒެނިކާގެ ވެކްސިން އެންމެ އެކަށީގެން ވެއެވެ. އެގޮތުން ވެލެންސް އެހެން ވިދާޅުވީ އެ ޤައުމުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންއާއެކު ބައިވެރިވެވަޑައިގަތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެކްސިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ވެލެންސްގެ އިތުރުން މި ވެކްސިން ރައްކާތެރިކަމަށް އޮކްސްފޯރޑް ޔުނިވަރސިޓީގެ އެހެން ސައިންސްވެރިންވެސް ބުނެއެވެ. އެގޮތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް މެޑިކަލް އެޑްވައިސަރ ކްރިސް ވިޓީ ވިދާޅުވީ، ސައިންސްގެ އަލީގައި ކޮންމެ ކަމަކަށްވެސް ބަހުސް ކުރެވިދާނެ ކަމަށާއި، އެހެން ނަމަވެސް މިހާތަނަށް ބެލި ބެލުމުން ވެކްސިންގެ އެދެވޭ ނަތީޖާ ފެންނަކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ދޭނީ އާންމުންނަށް ރައްކާތެރި މިންވަރު އެންމެ ބޮޑަށް ބެލުމަށް ފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެސްޓްރަޒެނެކާ އިން ދާދި ފަހުން ވަނީ އެ ކުންފުނިން އިނގިރޭސިވިލާތާއި ބްރެޒިލްގައި ކުރިއަށް ގެންދިޔަ ކްލިނިކަލް ޓްރަޔަލްގެ ފޭސް ތިނެއްގެ އިންޓަރިމް ނަތީޖާތައް ދައްކާ ގޮތުން ކޮރޯނާ ވައިރަސްއިން ދިފާއު ކުރުމުގައި ވެކްސިން 70.4 އިންސައްތަ ކާމިޔާބު ކަމަށެވެ.

އެސްޓްރަޒެނެކާގެ އޮޕަރޭޝަންސް އެކްސެކިއުޓިވް ޕަމް ޗެންގް ވަނީ އެ ކުންފުނިން އުފައްދާ ކޮވިޑް ވެކްސިންގެ 200 މިލިއަން ޑޮޒް 2020 ވަނަ އަހަރު އުފެއްދޭނެ ކަމަށާއި 2021 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓާ ނިމެންވާއިރަށް ވެކްސިންގެ 700 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށް ބުނެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އިނގިރޭސިވިލާތުގައި އެންމެ ފުރަތަމަ ބޭނުން ކުރަން ފަށާނީ މި ވެކްސިންއެވެ. އަދި ބްރެޒިލް، އިންޑިއާ އަދި ތުރުކީ ފަދަ ގައުމުތަކަށް މި ވެކްސިންގެ ޝިޕްމަންޓްތަކެއް މިހާރު ވެސް ފޮނުވާފައިވާ ކަމަށް އެސްޓްރާޒެނެކާ އިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅަނގުގެ މިސައިލް ޙަމަލާތަކުން މާބޮޑު ގެއްލުމެއް ނުލިބޭ: ސޫރިޔާ

ހުޅަނގުގެ މިސައިލް ޙަމަލާތަކުން މާބޮޑު ގެއްލުމެއް ނުލިބޭ: ސޫރިޔާ

14 އެޕްރީލު 2018
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަނީ!

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަނީ!

23 ފެބުރުއަރީ 2018
ބަހްރައިންގެ މަޝްހޫރު އެކްޓިވިސްޓް ނަބީލް ރަޖަބަށް ބޭސްފަރުވާ ފޯރުކޮށްދޭން ޖެހޭ: މަދަނީ ޖަމިއްޔާތައް

ބަހްރައިންގެ މަޝްހޫރު އެކްޓިވިސްޓް ނަބީލް ރަޖަބަށް ބޭސްފަރުވާ ފޯރުކޮށްދޭން ޖެހޭ: މަދަނީ ޖަމިއްޔާތައް

27 ޖެނުއަރީ 2018
ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: އަދިވެސް ނަތީޖާއެއް ނުލިބޭ

ލައިބީރިޔާގެ އިންތިޚާބުގެ ދެވަނަ ބުރު: އަދިވެސް ނަތީޖާއެއް ނުލިބޭ

28 ޑިސެމްބަރު 2017
ސީރިޔާ ހަނގުރާމަ: ސީރިއަސް ހާލަތުގައިވާ 100 އަށް ވުރެ ގިނަ ކުދިން ފަރުވާދިނުމަށް ގެންގޮސްދިނުމަށް ޔުނިސެފުން އެދެފި

ސީރިޔާ ހަނގުރާމަ: ސީރިއަސް ހާލަތުގައިވާ 100 އަށް ވުރެ ގިނަ ކުދިން ފަރުވާދިނުމަށް ގެންގޮސްދިނުމަށް ޔުނިސެފުން އެދެފި

11 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު