Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރުސީގެ ހިޔާނާތް/ ރ. ފުއްގިރި މައްސަލަ

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ފުއްގިރި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ވެސް ދައުވާ އިއްވޭވަރެއް ނުވި

ރައީސް ޔާމީން ބޭނުންފުޅުވަނީ ވަކީލުންނާއެކު އެއްހާޒިރެއްގައި، ކޯޓު ރޫމުގައި އަޑުއެހުން ކުރިއަށް ގެންދަަން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2020 | ބުރާސްފަތި 07:13
ރ. ފުއްގިރި މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން

ރ. ފުއްގިރި މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން

އެމްއެމްޕީއާރުސީ ހިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރި މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބޭއްވި ނަމަވެސް ދައުވާ އިއްވޭވަރު ނުވެ، އަޑުއެހުން ނިންމާލައިފި އެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި، ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ސީދާ ބައްދަލުކޮށް، މަޝްވަރާކުރުމަށް އެކަށީގެންވާ ފުރުސަތު މިހާތަނަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހަމަޖައްސާ ދެއްވާފައި ނުވާކަމަށެވެ.

Advertisement - newsAdvertisement

މިދައުވާއާ ގުޅިގެން، ގިނަ ލިޔެކިޔުންތަކެއްގެ އިތުރުން އިލެކްޓްރޯނިކް ވަސީލަތްތައް އެބަހުރި ކަމަށެވެ. އެގޮތުން ސީޑީ ފަދަ ތަކެތި ބެލުމަށް ކަރެކްޝަނަލް ސަރވިސްއިން ފޯރުކޮށްދިން ލެޓް ޓޮޕް ބަގު ކޮށްފައިވާ ކަމަށް ބެލެވޭތީ، ސީޑީތައް ބެލުމުގެ ފުރުސަތު ރައީސް ޔާމީނާއެކު އެމަނިކުފާނުގެ ގާނޫނީ ވަކީލުންނަށް ލިބިލައްވާފައި ނުވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ގިނަ ލިޔެކިޔުންތަކެއް މަދުކަންވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވި އެވެ.

ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވީ، އިލެކްޓްރޯނިކް ވަސީލަތްތައް ބެލުމުގައި ދަތިތަކެއް ހުރިކަން ރައީސް ޔާމީންގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް އަންގާފައިނުވާއިރު، ލިޔެކިޔުންތައް މަދުކަންވެސް އަންގާފައި ނުވާކަމަށެވެ. އަދި އަޑުއެހުން އޮންނަ ދުވަހު، އަޑުއެހުމުގައި އެވާހަކަތައް ހިއްސާކުރުމަކީ އެންމެ ޒިންމާދާރު ގޮތެއް ނޫން ކަމަށާއި، މަދުވާ ލިޔެކިޔުންތައް ވިދާޅުވުުން އެލިޔެކިޔުންތައް ފޯރުކޮށްދެވޭނެ ކަމަށާއި އަދި ސީޑީ ބެލޭނެ ގޮތެއް ނެތްކަން ޕީޖީއަށް ހިއްސާކުރިނަމަ، ކަރެކްޝަނާ ވާހަކަ ދައްކައިގެން އެކަންވެސް ހަމަޖެހިގެންދާނެ ކަމަށްވެސް ޕީޖީގެ ގާނޫނީ ވަކީލު ވިދާޅުވި އެވެ.

މިމައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ސީޑީތައް ބެލުމުގެ ފުރުސަތު ރައީސް ޔާމީނާއި އެމަނިކުފާނާއެކު އެމަނިކުފާނުގެ ގާނޫނީ ވަކީލުންނަށް ލިބިދެވޭނެ ގޮތް ހަމަޖައްސާ ދެވިދާނެ ކަމަށެވެ. އަދި އަޑުއެހުން އޮންނަ ދުވަހު، ރައީސް ޔާމީނާއެކު، ގާނޫނީ ވަކީލުންނަށްވެސް ކޯޓަށް ވަޑައިގެންނެވުމުގެ ފުރުސަތު ފޯރުކޮށްދީފައިވާ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ގާނޫނީ ވަކީލުންނާ ވަކިން އަޑުއެހުން ކުރިއަށް ގެންދަވާއިރު ދަތިތަކެއް ހުރިކަމަށެވެ. ރައީސް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، ކޯޓަށް ވަޑައިގެންނެވުމުގެ ފުރުސަތު ލިބިލައްވާފައިވާކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ދެން މިމައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ކަމަށެވެ. އެދުވަހުގެ އަޑުއެހުމަށް ވަޑައިގަންނަވާއިރު، ލިޔެކިޔުންތައް ހަމަކޮށް، އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބަލައި ދިރާސާ ކުރެއްވުމަށްފަހު، ވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެއިތުރުން، ގާޒީ ވިދާޅުވީ ރ. ފުއްގިރި މައްސަލާގައި އިތުރު ފަރާތްތަކެއްގެ މައްޗަށް ދައުވާ ކޮށްފައިވާތީ، އިބްތިދާއީ އަޑުއެހުންތަކަށްފަހު، ޝަރީއަތުގެ އަޑުއެހުންތައް ބޭއްވޭނީ އެ ހުރިހާ ފަރާތްތަކެއްގެ އެއް ހާޒިރެއްގައި ކަމަށެވެ.

ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއެކެވެ.

މި ދެ ދައުވާގެ އަޑުއެހުމެއް މިދިއަ ހަފުތާގެ ބުދަ ދުވަހު ތާވަލުކުރުމަށްފަހު ކެންސަލްކޮށްފައިވަނީ، މޫސުން ގޯސްވުމުގެ ސަބަބުންނާއި، ރައީސް ޔާމީންގެ ބަލި ޙާލަތު ހުރި ގޮތުން ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާކަމަށް ބުނެ، އަޑުއެހުން ކެންސަލްކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތުން އެދިފައިވާތީއެވެ.

މި މައްސަލައިގައި ރައީސް ޔާމީންއާއެކު މަނީ ލޯންޑަރ ކުރުމުގައި އުޅުއްވި ކަމުގެ ތުހުމަތުގައި އިތުރު ފަރާތްތަކެއްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. އޭގެ ތެރޭގައި އެ މަނިކުފާނުގެ އަރިސް ބޭފުޅެއް ކަމުގައިވާ ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކާއި، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ ހިމެނެއެވެ.

މި ދައުވާގައި ބުނެފައިވަނީ ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީން ރިޝްވަތުގެ ފައިސާގެ ގޮތުގައި ހޯއްދެވި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ކްރިކް ރިޒާ މެދުވެރިކޮށް އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ކުށަކީ ޖިނާޔަތުގެ 3 ވަނަ ޖަރަޖައިގެ ކުށެކެވެ. މި ކުށް ސާބިތު ވެއްޖެނަމަ ޖަލަށް ހުކުމް ކުރެވޭނެ އެންމެ ކުރު މުއްދަތަކީ 4 އަހަރެވެ. އެންމެ ދިގު މުއްދަތަކީ 8 އަހަރެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާއަކީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ)އާއި އެގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަމްބަރާ ހަވާލާދީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ.

މި ދައުވާ ސާބިތު ވެއްޖެނަމަ، 100،000ރ. އާއި 1،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑަރކުރި ފައިސާގެ އަދަދު) ގެ 5 ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެހެންކަމުން މި ދައުވާއާ ގުޅިގެން ޖުރިމަނާ ކުރެވޭނެ އެންމެ މަތީ އަދަދަކީ 5،585،000 ޑޮލަރެވެ.

ދައުލަތުން ހޯދުމަށް މަސައްކަތްކުރާނެ ފައިސާގެ އަދަދުތައް:

* ކުށުގައި ހިމެނޭ ފައިސާ އަދަދާ އެއްވަރުގެ ދިވެހި ރުފިޔާ: 20،815،226.70ރ

* ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ ފައިސާގެ އަދަދާ އެއްވަރު ދިވެހި ރުފިޔާ: 35،392،755.00ރ

* ޖޫރިމަނާގެ ގޮތުގައި ނަގައިދޭން އެދޭ ފައިސާގެ އަދަދާ އެއްވަރު ދިވެހި ރުފިޔާ: 534،910،933.50ރ

ރައީސް ޔާމީން މި ވަގުތުވެސް ގެންދަވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ގއ. ވޮޑުމުލާގެ އެކުއިޒިޝަން ކޮސްޓުގެ ފައިސާގެ ތެރެއިން 1،000،000 ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެއް ސާބިތުވެ، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު