Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ލިވަޕޫލަށް އިތުރު އިންތިޒާރެއް، އިންޓަ އަތުން ރެއާލް މޮޅުވެއްޖެ

26 ނޮވެމްބަރު 2020 | ބުރާސްފަތި 06:42

އެޓަލާންޓާ އަތުން ލިވަޕޫލް ބަލިވީ 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ނޮވެމްބަރު 2020 | ބުރާސްފަތި 06:42
ލިވަޕޫލާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެޓަލާންޓާ މޮޅުވީ 2-0 ން

ލިވަޕޫލާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެޓަލާންޓާ މޮޅުވީ 2-0 ން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ އެޓަލަންޓާ އަތުން ބަލިވެ ދެވަނަ ބުރަށް ކޮލިފައިވާން ލިވަޕޫލަށް އިތުރު އިންތިޒާރެއް ކުރަން ޖެހުނުއިރު، ރެއާލް މެޑްރިޑުން އިންޓަ މިލާން ބަލިކޮށްފިއެވެ.

ގްރޫޕް ޑީގައި ހިމެނޭ ލިވަޕޫލް ބަލިވީ އަމިއްލަ ދަނޑުގައި އެޓަލާންޓާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ގިނަ ބަދަލުތަކަކާއެކު ކުޅުނު ލިވަޕޫލަށް ރޭގެ މެޗުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މުޅި މެޗުގައިވެސް އެ ޓީމަށް އެޓަލާންޓާ ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގެ ހަތަރު މިނެޓު ތެރޭ އެޓަލާންޓާއިން ވަނީ ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ޔޯސިޕް އިލިޗިޗް އެޓަލާންޓާއަށް ލީޑު ނަގައިދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ރޮބިން ގޮސެންސްއެވެ.

މި މެޗުން މޮޅުވެގެން ލިވަޕޫލަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވެން އޮތް ނަމަވެސް، މި ވަގުތު ގްރޫޕުގެ އެއްވަނައިގައި އެ ޓީމު އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުއެވެ، އަދި ދެވަނަ ބުރަށް ކޮލިފައިވަން ލިވަޕޫލަށް މަދުވެގެން ތިން ޕޮއިންޓް އަދި ބޭނުންވެއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ބުދަ ދުވަހުގެރޭ މިޗީލޭންޑް އަތުން 3-1 ން މޮޅުވި އަޔަކްސްއެވެ. ދެވަނައިގައި އޮތް އަޔަކްސް އާއި ތިންވަނައިގައި އޮތް އެޓަލަންޓާއަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް މިޗީލޭންޑަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

މީގެ އިތުރުން މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް ވަނީ ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި އިންޓަ އަތުން 2-0 ން މޮޅުވެފަ އެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ރެއާލުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑެވެ. މި މެޗުގައި އިންޓައަށް މައްސަލަ ދިމާވީ މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމުގެ އާޓޫރޯ ވިޑާލަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އޭގެ ފައިދާ ނަގައި މެޗުގެ 59 ވަނަ މިނެޓުގައި ރެއާލުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑަކީ އިންޓަގެ އަޝްރަފް ހަކީމީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ގްރޫޕް ބީގައި ހިމެނޭ ރެއާލުން އިންޓަ ބަލިކުރިއިރު، މި ގްރޫޕުގެ އެއްވަނައިގައި މި ވަގުތު އޮތީ ބުދަ ދުވަހުގެރޭ ޝަޚްތަރު ޑޮނެސްކް އަތުން 4-0 ން މޮޅުވި ބޮރޫޝިއާ މޮންޗެންގްލަޑްބަކެވެ. އެ ޓީމަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާއިރު، ރެއާލް ދެވަނައަށް އެރީ ހަތަރު މެޗުން ހަތް ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި އޮތް ޝަޚްތަރަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އިންޓަ ފުލުގައި އޮތީ ހަތަރު މެޗުން ދެ ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް