Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައެސްޕަޔަރ ޕްރޮޖެކްޓް

ހުޅުލެ-ހުޅުމާލެ ހައިވޭގައި ސޯލަރ ނިޒާމު ގާއިމުކުރުމުން 20 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ

25 ނޮވެމްބަރު 2020 | ބުދަ 19:21

މި ޕްރޮޖެކްޓާއިއެކު ސޯލަރ ހަކަތައިން އުފައްދާ ކަރަންޓް ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮވާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 25 ނޮވެމްބަރު 2020 | ބުދަ 19:21
އެންވަޔަރަމެންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަޖުވަދު މުސްތަފާ

އެންވަޔަރަމެންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަޖުވަދު މުސްތަފާ

ހުޅުލެ-ހުޅުމާލެ ހައިވޭގައި ސޯލަރ ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރުމާއިއެކު ދައުލަތުގެ ބަޖެޓުން ކަރަންޓް އުފެއްދުމަށް ކުރާ ހަރަދުގެ ތެރެއިން 20 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަޖުވަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަޖުވަދު ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކަރަންޓް ހަރަދު ބޮޑުވުން ކަމަށާއި، މި ޕްރޮޖެކްޓްގެ ދަށުން އެކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި ހަމައެހެންމެ ސްޓެލްކޯއަށް މިހާރުވެސް މާލެ ސަރަހައްދަށް ބޭނުންވާ މިންވަރަށް ކަރަންޓް ނުއުފެއްދޭ ކަމަށާއި، އެހެންކަމުން މިހާރުވެސް މަގުމަތީގައި ޖަނަރޭޓަރު ބަހައްޓަން ޖެހޭ ފަހަރު އަންނަ ކަމަށެވެ.

Advertisement - newsAdvertisement

އަޖުވަދު އިތުރަށް ވިދާޅުވީ، ހަމައެކަނި މިއަހަރަށް ބަލާލި ކަމުގައިވިޔަސް ސްޓެލްކޯގެ ޖެނެރޭޝަން ކެޕޭސިޓީއަށް 10 މެގަވޯޓު ޖަނަރޭޓަރުތައް އިތުރު ކުރެވިފައިވާނެ ކަމަށާއި، މިގޮތައް އެމަރޖެންސީކޮށް އިތުރުކުރަން ޖެހުނީ މާލެ އާއި ހުޅުމާލެ ކަރަންޓުގެ ސިސްޓަމް އެއް ވިއުގަޔަކުން ގުޅާލުމަށް ފަށާފައިވާ ޕްރޮޖެކްޓް ނިންމަން ތާވަލުކުރި ދުވަހަށް ނުނިމުމުން ކަމަށެވެ.

މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ކަރަންޓް އުފެއްދާ ކެޕޭސިޓީ ބޮޑު ކުރުން ކަމަށާއި، އޭގެ ދަށުން އެސްޕަޔަރ ޕްރޮޖެކްޓް ފެށިގެން ދިޔުމަކީ ތިމާވެއްޓާއި ރައްޓެހި ގޮތައް ކަރަންޓް އުފެއްދުމަށް އެޅިގެންދިޔަ ބޮޑު ފިޔަވަޅެއް ކަމަށް އަޖުވަދު ވިދާޅުވިއެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ސަރުކާރުގެ ބަޖެޓުން ކޮންމެ އަހަރަކު ކަރަންޓަށް ކުރާ ހަރަދުގެ ތެރެއިން 20 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ލަފާކުރެވޭ ކަމަށް އަޖުވަދު ވިދާޅުވިއެވެ.

5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމް ހުޅުލެ އަދި ހުޅުމާލޭ ގުޅުވައިދޭ ލިންކް ރޯޑްގައި ޤާއިމުކުރާ ސްޓަރަކްޗަރ ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް އަދި އާންމުންނަށް ޕޭވްމަންޓް ބޭނުން ކުރެވޭނެ ހެންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2017

މަޖިލީހުގެ ނިޒާމު ގެއްލި، އިހްތިޖާޖު ކުރަމުން ދަނިކޮށް ޖަލްސާ ބާއްވައިފި

10 އޮކްޓޯބަރު 2017
މަޖިލީހުގެ ނިޒާމު ގެއްލި، އިހްތިޖާޖު ކުރަމުން ދަނިކޮށް ޖަލްސާ ބާއްވައިފި
05 އޮކްޓޯބަރު 2017

ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމުގެ މަގު ތަޢުލީމީ ނިޒާމުގެ ތެރެއިން ވަނީ ފަހިކޮށްދެވިފަ: އެޑިއުކޭޝަން މިނިސްޓަރު

05 އޮކްޓޯބަރު 2017
ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމުގެ މަގު ތަޢުލީމީ ނިޒާމުގެ ތެރެއިން ވަނީ ފަހިކޮށްދެވިފަ: އެޑިއުކޭޝަން މިނިސްޓަރު
19 ސެޕްޓެމްބަރު 2017

މުޅި ނިޒާމުގެ ދިފާއުގައި ގިނަބަޔަކު ތެދުވަން ޖެހޭ:ޑރ ޖަމީލް

19 ސެޕްޓެމްބަރު 2017
މުޅި ނިޒާމުގެ ދިފާއުގައި ގިނަބަޔަކު ތެދުވަން ޖެހޭ:ޑރ ޖަމީލް
28 ޖުލައި 2017

ސައުުދު ހައްޔަރުކުރުމަށް އަންގާރަ ދުވަހު ނެރުނު އަމުރުން ދައްކުވައިދެނީ ރާއްޖޭގެ ޝަރުއީ ނިޒާމު އޮތް ދަށް ހާލަތު: އިމްތިޔާޒް

28 ޖުލައި 2017
ސައުުދު ހައްޔަރުކުރުމަށް އަންގާރަ ދުވަހު ނެރުނު އަމުރުން ދައްކުވައިދެނީ ރާއްޖޭގެ ޝަރުއީ ނިޒާމު އޮތް ދަށް ހާލަތު: އިމްތިޔާޒް
23 ޖުލައި 2017

ވެރިކަމުގެ ނިޒާމު ގަޑުބަޑު ކުރުމަކީ ގާނޫނު އަސާސީ ދުށް ކަމެއް ނޫން: މާރިޔާ

23 ޖުލައި 2017
ވެރިކަމުގެ ނިޒާމު ގަޑުބަޑު ކުރުމަކީ  ގާނޫނު އަސާސީ ދުށް ކަމެއް ނޫން: މާރިޔާ
30 މެއި 2017

ތައުލީމީ ނިޒާމުން ފެނިގެންދަނީ ތަފާތުކުރުން، އެކަމުގެ އަސަރު ހިތިވާނެ: މުސްތަފާ

30 މެއި 2017
ތައުލީމީ ނިޒާމުން ފެނިގެންދަނީ ތަފާތުކުރުން، އެކަމުގެ އަސަރު ހިތިވާނެ: މުސްތަފާ
16 މެއި 2017

ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ސަރުކާރަށް ދޫ ނުދިނުމަށް ސިޓީ ކައުންސިލަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފި

16 މެއި 2017
ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ސަރުކާރަށް ދޫ ނުދިނުމަށް ސިޓީ ކައުންސިލަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފި
22 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

22 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް