Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޝިޕިންގ އޭޖެންސީގެ ގަވާއިދު

ޝިޕިން އޭޖެންސީގެ އައު ގަވައިދު ގެޒެޓްކުރަން ފޮނުވައިފިން: ޓްރާންސްޕޯޓް މިނިސްޓަރު

މިނިސްޓަރ ވިދާޅުވީ ފުރަތަމަ އެކުލަވާލި ގަވައިދު އުވާލީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2020 | ބުދަ 13:58
ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިން

ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިން

ޝިޕިން އޭޖެންސީގެ އާ ގަވާއިދު ގެޒެޓުކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުގެ އަތުން އެކި ނަންނަމުގައި އެކި ޗާޖުތައް ނަގަމުންދާތީ އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް އެކުލަވާލި ޝިޕިންގް އޭޖެންސީގެ ގަވާއިދުގެ މައްސަލައާއި ގުޅިގެން ބޭއްވުނު ގަވާއިދު ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ އެ ގަވާއިދު އުވާލެވުނު ސަބަބު ތަފްސީލީ ގޮތެއްގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން މި ގަވާއިދު އުވާލެވުނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދާދޭން ކަމަށް މިނިސްޓަރަށް ކުރެވޭ ތުހުމަތުތަކަށް ރައްދުދެއްވައި ނަހުލާ ވިދާޅުވީ އެ ގަވާއިދު އުވާލީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ކަމަށެވެ.

Advertisement - newsAdvertisement

ކުރިން އޮތް ގަވާއިދުގެ ދަށުން ޝިޕިންގ އޭޖެންސީ ނޫން ފަރާތްތައްވެސް ރެގިއުލޭޓް ކުރެވޭއިރު އެ ގަވާއިދަކީ ފްރައިޓް ފޯރވާރޑިންގއަށް އަމާޒުކޮށްގެން އެކުލަވާކެވުނު ގަވާއިދެކެވެ. އެއީ މިއީ ޝިޕިންގް އޭޖެންޓުން ދޭ އެންމެ ހިދުމަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެކަމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވިކަން ފާހަގަކުރައްވާފައެވެ. މިހާރު އެކުލަވާލާފައިވާ އައު ގަވާއިދަށް އަމަލުކުރަން ފެށުމުން ގިނަ މިހާރު ވިޔަފާރިވެރިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލު އަންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

މި ގަވާއިދުު އުވާލި ސަބަބާ ގުޅޭގޮތުން ޓްރާންސްޕޯޓު އޮތޯރިޓީން މީގެކުރިން ބުނެފައިވަނީ، ގަވައިދު އުވާލީ ޝިޕިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެ ގަވައިދުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާތީ އަލުން މުރާޖައާކުރުމަށްޓަކައި ކަމަށެވެ.

ގަވާއިދުގައި ބުނާ ގޮތުން، ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން 16 އޮގަސްޓް 2020 ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގައި އައުގުރާނަ ގޮވުމަށް ފަހު އަލީ އާރިފް މާފަށް އެދިވަޑައިގެންފި

މަޖިލީހުގައި އައުގުރާނަ ގޮވުމަށް ފަހު އަލީ އާރިފް މާފަށް އެދިވަޑައިގެންފި

24 އޯގަސްޓު 2017
ވިލާކޮލެޖުން މިއަހަރު މުޅިން އައު ކޯސްތަކެއް ތަޢާރުފުކޮށްފި

ވިލާކޮލެޖުން މިއަހަރު މުޅިން އައު ކޯސްތަކެއް ތަޢާރުފުކޮށްފި

20 ޖުލައި 2017
ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް

ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް

08 ޖުލައި 2017
ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ

ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ

07 ޖޫން 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު