Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް ވެކްސިން ސައިޑްއިފެކްޓްސް

ކޮވިޑް ވެކްސިންގެ އާންމު ސައިޑް އިފެކްޓަކީ ވަރުބަލިވުމާއި ހުން އައުން އަދި ބޮލުގައި ރިއްސުން

25 ނޮވެމްބަރު 2020 | ބުދަ 07:45

މީހާގެ ފުރާނައަށް ގެންލުންވާފަދަ ސައިޑްއިފެކްޓްސްތަކެއް ނުފެނުނު ނަމަވެސް ކޮންމެސް ވަރަކަށް ސައިޑްއިފެކްޓްސް ހުންނާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 25 ނޮވެމްބަރު 2020 | ބުދަ 07:45
ކޮވިޑް-19 އަށް އުފައްދާ ވެކްސިންތަކުގެ ތެރެއިން ފައިޒަރ އަދި މޮޑާނަރ ގެ ވެކްސިން އުޅެނީ ރޭހުގެ އެންމެ ކުރީގައި

ކޮވިޑް-19 އަށް އުފައްދާ ވެކްސިންތަކުގެ ތެރެއިން ފައިޒަރ އަދި މޮޑާނަރ ގެ ވެކްސިން އުޅެނީ ރޭހުގެ އެންމެ ކުރީގައި

ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންތައް ޖެހުމުން ސައިޑްއިފެކްޓް އަންނާނެ ކަމަށް ކަމާބެހޭ މާހިރުން ބުނެފިއެވެ.

ކޮވިޑް-19 އަށް އެމެރިކާގެ ދެ ކުންފުންޏެއް ކަމަށްވާ މޮޑާނަރ އަދި ފައިޒަރ އިން ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިންތަކުގެ ޓެސްޓްތައް ދައްކާގޮތުން ވެކްސިންދޭ މީހުންގެ ތެރެއިން މީހުންނަށް ވެކްސިން ދިނުމުން އޭގެ ސައިޑްއިފެކްޓްސްއާ ވަނީ ކުރިމަތިލާންޖެހިފައެވެ.

އެގޮތުން ފައިޒަރ އަދި މޮޑާނަރގެ ވެކްސިންވެސް 95 އިންސައްތަ ރައްކާތެރިކަމަށް ދައްކާފައިވާ އިރު، އެ ދެ ވެކްސިނުންވެސް މީހާގެ ފުރާނައަށް ގެންލުންވާފަދަ ސައިޑްއިފެކްޓްސްތަކެއް ނުފެނުނު ނަމަވެސް ކޮންމެސް ވަރަކަށް ސައިޑްއިފެކްޓްސް ހުންނަ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް މާހިރުން ބުނެއެވެ. އަދި ވެކްސިން ޖަހާ އިރު، ސައިޑްއިފެކްޓްސް ހުންނާނެކަން އެނގުން މުހިންމުކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.

މޮޑާނަރ ވެކްސިންގެ ސައިޑްއިފެކްޓްތަކަށް ބަލާލާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުން ވެކްސިން ޖަހާތަނަށް ތަދުވާކަމަށް ޓެސްޓްތަކުން ދައްކާއިރު، މިއީ ވެކްސިންގެ ޓްރަޔަލްތަކުގައި ބައިވެރިވި މީހުންގެ ތެރެއިން 2.7 އިންސައްތަ މީހުން ތަޖުރިބާކޮށްފައިވާ ސައިޑްއިފެކްޓެކެވެ. ވެކްސިންގެ ދެ ވަނަ ޑޯޒް ދިނުމުން އެންމެ ގިނަ މީހުން ތަޖުރިބާކޮށްފައި ވަނީ ވަރުބަލިކަން ކަމަށާއި، މިއީ ޓްރަޔަލްގައި ބައިވެރިވި މީހުންގެ ތެރެއިން 9.7 އިންސައްތަ މީހުން ކަމަށް ޓެސްޓްތަކުން ދައްކައެވެ. ވެކްސިންގައި ބައިވެރިވި 8.9 އިންސައްތަ މީހުންގެ ގައިގެ މަސްގަނޑުގައި ރިއްސާފައިވާ އިރު، 5.2 އިންސައްތަ މީހުންގެ ހުޅުހުޅުގައި ވަނީ ރިއްސާފައެވެ. އަދި 4.5 އިންސައްތަ މީހުންގެ ބޮލުގައި ރިއްސާފައިވާއިރު، 4.1 އިންސައްތަ މީހުން ވަނީ ވެކްސިން ޖެހި ތަނަށް ތަދުވާކަމަށް ބުނެފައެވެ.

ފައިޒަރ އަދި އެކުންފުނީގެ ވެކްސިން އެންމެ ފަހުގެ ޓްރަޔަލްތަކުގެ ޑީޓެއިލްޑް ސޭފްޓީ ޑޭޓާ އާންމުކޮށްފައި ނުވާއިރު، އެކުްންފުނިން ވަނީ އެކުންފުނީގެ ވެކްސިން ދިން އެއްވެސް މީހަކަށް ސީރިއަށް ސައިޑްއިފެކްޓް ތަޖުރިބާކުރަން ޖެހިފައި ނުވާކަމަށް ބުނެފައެވެ. މީގެ ކުރިން އާންމުކޮށްފައިވާ ޓްރަޔަލްތަކުގެ ޑޭޓާތައް ދައްކާގޮތުން، ފައިޒަރގެ ވެކްސިން ދިން މީހުން އެންމެ ބޮޑަށް ތަޖުރިބާކުރަން ޖެހުނު ސައިޑްއިފެކްޓަކީ ބޮލުގަރިހުމާއި ވަރުބަލިވުމެވެ.

ވެކްސިން ޖެހުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި މިކަންތައް އާންމުންނަށް ރަނގަޅަށް ކިޔާދެން ޖެހޭކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމުން ކުރިމަތިވާ ސައިޑްއިފެކްޓްސް ތަކުގެ ސަބަބުން ދެވަނަ ޑޯޒް ޖެހުމަށް އަންނަން ފަސްޖެހޭނެ ކަމަށާއި މިކަމަށް ރައްޔިތުން ހޭލުންތެރިކުރުވަން ޖެހޭނެ ކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.

އިތުރަށް ކިޔާލަން

15 މެއި 2017

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ

15 މެއި 2017
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ
18 އެޕްރީލު 2017

ވޯޓާސް ލިސްޓް އާންމުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް، ސޮޔެއް ނުކުރާނަން: އެމްޑީޕީ

18 އެޕްރީލު 2017
ވޯޓާސް ލިސްޓް އާންމުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް، ސޮޔެއް ނުކުރާނަން: އެމްޑީޕީ
06 އެޕްރީލު 2017

ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި

06 އެޕްރީލު 2017
ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި
05 އެޕްރީލު 2017

އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި

05 އެޕްރީލު 2017
އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި
30 މާރިޗު 2017

އެޗްވަންއެންވަން އާންމު ހާލަތަށް

30 މާރިޗު 2017
އެޗްވަންއެންވަން އާންމު ހާލަތަށް
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް