Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް ކޮމިޓީގެ ރިޕޯޓް

ބަޖެޓް 2021: ބަޖެޓް ކޮމިޓީން 200 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓް ރިޕޯޓް ނިންމައިފި

24 ނޮވެމްބަރު 2020 | އަންގާރަ 06:52

ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓަކީ، 34،787،720،151ރ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 ނޮވެމްބަރު 2020 | އަންގާރަ 06:52
ބަޖެޓް ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން: ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓަށް 200 މިލިއަން ރުފިޔާ ވަނީ އިތުރު ކޮށްފައި

ބަޖެޓް ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން: ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓަށް 200 މިލިއަން ރުފިޔާ ވަނީ އިތުރު ކޮށްފައި

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހަޅަފައިވާ ދައުލަތުގެ ބަޖެޓަށް, ބަޖެޓް ދިރާސާކުރި ކޮމިޓީން ބައެއް ބަދަލުތައް ގެނެސް، 200 މިލިއަން ރުފިޔާ އިތުރުކޮށްފި އެވެ.

އަންނަ 2021 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، 34،787،720،151ރ (ތިރީސްހަތަރު ބިލިއަން ހަތްސަތޭކަ އަށްޑިހަ ހަތްމިލިއަން ހަތްސަތޭކަ ވިހިހާސް އެއްސަތޭކަ ފަންސާސް އެއް ރުފިޔާ) ބަޖެޓެކެވެ. ބަޖެޓް ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެން، ޖުމްލަ ބަޖެޓްގެ އަދަދު، 34،922،716،599ރ (ތިރީސްހަތަރު ބިލިއަން ނުވަސަތޭކަ ބާވީސް މިލިއަން ހަތްސަތޭކަ ސޯޅަހާސް ފަސްސަތޭކަ ނުވަދިހަނުވަ ރުފިޔާ) އަށް ވަނީ އިތުރު ވެފައެެވެ.

Advertisement - newsAdvertisement

މިބަދަލާއި، ދައުލަތުގެ އާމްދަނީއަށް ނެގެސްފައިވާ ބަދަލާއެކު ފައިނޭންސިންގ ޕްލޭން ބަދަލުވެފައި ވެއެވެ. އަދި މިބަދަލާ ގުޅިގެން 2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އޮވަރރޯލް ބަޖެޓު ޑެފިސިޓް 15،504.1ރ (ފަނަރަހާސް ފަސްސަތޭކަ ހަތަރެއް ޕޮއިންޓް އެކެއް) މިލިއަން ރުފިޔާއިން 12،303 (ބާރަހާސް ތިންސަތޭކަތިނެއް) މިލިއަން ރުފިޔާއަށް ދަށަށް ދާނެ އެވެ.

މިބަދަލާ ގުޅިގެން، ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 2021 ވަނަ އަހަރަށް 142.8 އިންސައްތައިން 137 އިންސައްތައަށް ކުޑަވާނެ ކަަމަށް އަންދާޒާ ކުރެވޭ ކަމަށް ބަޖެޓް ކޮމެޓީން ނިންމާފައިވާ ރިޕޯޓުގައި ހާމަ ކޮށްފައި ވެއެވެ. އަދި ނޮމިނަލް ޖީޑީޕީގެ ނިސްބަތުން އޯވަރރޯލް ބެލެންސް ޑެފިސިޓް 23.4 އިންސައްތައިން 18.5 އިންސައްތައަށް ކުޑަވާނެ ކަމަށްވެސް ބަޖެޓް ދިރާސާ ކުރި ކޮމިޓީގެ ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ.

އަންނަ އަހަރަށް އޮފީސްތަކަށް ކަނޑައަޅާފައިވާ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްފަހު އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން މިހާރު އަމަލުކުރާގޮތަށް، ބަޖެޓަށް ފައިސާ އިތުރުކޮށްގެން ބަޖެޓުގައި ނުހިމެނޭ ކަންކަން ކުރަމުންދާ ދިއުން ހުއްޓުމަކަށް ގެނެސް، މިހާރަށްވުރެ ބޮޑަށް ބަޖެޓަށް ޚަރަދުކުރުމުގައި ސަރުކާރުގެ އޮފީސްތައް ޒިންމާދާރުކުރުވައި، ބަޖެޓުގައި ޚަރަދު ކުރުމަށް ރާވާފައިވާގޮތަށް ބަޖެޓް ތަންފީޒުކުރުމަށް ބާރުއެޅުމަށް ވެސް ބަޖެޓް ކޮމެޓީން ލަފާދީފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް