Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ގެސްޓް ހައުސްތައް އަލުން ހުޅުވުން

100 އަށް ވުރެ ގިނަ ގެސްޓް ހައުސް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފި

މިހާތަނަށް އަށް އަތޮޅެއްގެ 23 ރަށެއްގައި ގެސްޓް ހައުސްތައް ވަނީ ހުޅުވާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2020 | އަންގާރަ 03:43
ރާއްޖޭގެ ގެސްޓް ހައުސްތަކުގެ 2,132 އެނދު މިހާރު އޮޕަރޭޓްކުރޭ

ރާއްޖޭގެ ގެސްޓް ހައުސްތަކުގެ 2,132 އެނދު މިހާރު އޮޕަރޭޓްކުރޭ

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލުމުގެ ހުއްދަ ދެވުމާއި އެކު މިހާތަނަށް 100 އަށް ވުރެ ގިނަ ގެސްޓް ހައުސް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އޮގަސްޓްމަހުގެ 15 ވަނަ ދުވަހު ގެސްޓް ހައުސްތައް ހުޅުވާލަން ހުއްދަ ދެވުމާއި އެކު ނޮމެވްބަރ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އަށް އަތޮޅެއްގެ 23 ރަށެއްގައި މިހާރު ވަނީ ގެސްޓް ހައުސްތައް ހުޅުވާފައެވެ.

Advertisement - businessAdvertisement

އެގޮތުން މިހާތަނަށް ގެސްޓްހައުސްތައް ހުޅުވާފައިވާ ރަށްތަކަކީ؛

ނ. ފޮއްދޫ - 1 ގެސްޓް ހައުސް

ބ. ދަރަވަންދޫ - 2 ގެސްޓް ހައުސް

ބ. ފިނޮޅަސް - 1 ގެސްޓް ހައުސް

ބ. ކަމަދޫ - 3 ގެސްޓް ހައުސް

ކ. ގާފަރު - 1 ގެސްޓް ހައުސް

ކ. ގުޅި - 2 ގެސްޓް ހައުސް

ކ. ގުރައިދޫ - 6 ގެސްޓް ހައުސް

ކ. ހިންމަފުށި - 3 ގެސްޓް ހައުސް

ކ. ހުރާ - 8 ގެސްޓް ހައުސް

ކ. މާފުށި - 11 ގެސްޓް ހައުސް

ކ. ތުލުސްދޫ - 6 ގެސްޓް ހައުސް

އއ. މަތިވެރި - 3 ގެސްޓް ހައުސް

އއ. ރަސްދޫ - 5 ގެސްޓް ހައުސް

އއ. ތޮއްޑޫ - 17 ގެސްޓް ހައުސް

އއ. އުކުޅަސް - 9 ގެސްޓް ހައުސް

އދ. ދިގުރަށް - 5 ގެސްޓް ހައުސް

އަދ. އޮމަދޫ - 1 ގެސްޓް ހައުސް

ވ. ފުލިދޫ - 7 ގެސްޓް ހައުސް

ވ. ކެޔޮދޫ - 3 ގެސްޓް ހައުސް

ވ. ތިނަދޫ - 2 ގެސްޓް ހައުސް

ޏ. ފުވައްމުލައް - 4 ގެސްޓް ހައުސް

ސ. ފޭދޫ - 1 ގެސްޓް ހައުސް

ސ. މަރަދޫ ފޭދޫ - 1 ގެސްޓް ހައުސް

މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ގެސްޓް ހައުސް ތޮއްޑޫގައި ހުޅުވާފައިވާ އިރު، ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގެސްޓްހައުސްތަކުގައި 2,132 އެނދު މިހާރު އޮޕަރޭޓްކުރެއެވެ. މީގެތެރެއިން 1,028 އެނދު ކ. އަތޮޅުގެ ގެސްޓް ހައުސްތައް ހިއްސާކުރާއިރު، ނ. އަތޮޅުގެ ގެސްޓް ހައުސްތައް ހިއްސާ ކުރަނީ 24 އެނދެވެ. ބ. އަތޮޅުގައި 154 އެނދު އޮޕަރޭޓް ކުރަމުންދާ އިރު، އއ. އަތޮޅުގައި 474 އެނދު އަދި އއ. އަތޮޅުގައި 170 އެނދު އޮޕަރޭޓްކުރެއެވެ. މީގެ އިތުރުން ވ. އަތޮޅުގައި 210 އެނދެއް މިހާރު އޮޕަރޭޓް ކުރަމުންދާ އިރު، ޏ. އަތޮޅާއި ސ. އަތޮޅުގައި މިވަގުތު އޮޕަރޭޓްކުރަމުން ދަނީ 36 އެނދެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާރު ޖުމްލަ 356 ޓޫރިސްޓް އެކޮމަޑޭޝަން ފެސިލިޓީއެއް އޮޕަރޭޓް ކުރަމުންދާއިރު، މިއީ 102 ގެސްޓް ހައުސްގެ އިތުރުން، 126 ރިސޯޓާއި ފަސް ހޮޓާ އަދި 123 ސަފާރީއެވެ. މިހާރު ރާއްޖެ އިން ޖުމްލަ 34,116 އެނދު ދަނީ ފަތުރުވެރިންނަށް ހިދުމަތްދިނުމަށް އޮޕަރޭޓް ކުރަމުންނެވެ.

އެއީ ގެސްޓް ހައުސްތަކުގެ 2,132 އެނދުގެ އިތުރުން، ރިސޯޓްތަކުގައި ހުރި 29,052 އެނދާއި، ހޮޓާތަކުގައި މިވަގުތު އޮޕަރޭޓްކުރަމުންދާ 602 އެނދު އަދި ސަފާރީތަކުގައި އޮޕަރޭޓްކުރަމުންދާ 2,330 އެނދެވެ.

ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށް ފަހު، ޖުލައި 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލައި އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު، މި ހުއްދަ ސަރުކާރުން ދީފައިވައި ވަނީ އެކަމަށްޓަކައި ހާއްސަ ގައިޑްލައިނެއް އެކުލަވާލުމަށްފަހުއެވެ. މި ގައިޑްލައިން ގައި ރަށްރަށަށް ގޮސް އުޅޭ ފަތުރުވެރިންނާއި އެ ރަށް ރަށުގެ އާންމު ރައްޔިތުން އަމަލުކުރަން ޖެހޭ ހާއްސަ އުސޫލެއް ހިމަނާފައިވާއިރު، ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ގެތަކަށް ދިއުން މަނާ ވާނެއެވެ. އަދި ރައްޔިތުން ގޮސް އުޅޭ ކެފޭ ރެސްޓޯރެންޓް ތަކުން ހިދުމަތް ހޯދަން ބޭނުންވާ ފަތުރުވެރިންނަށް ހިދުމަތް ދޭނެ ވަކި އިންތިޒާމުތަކެއް ހަމަޖައްސަން ޖެހެއެވެ.

މީގެ އިތުރުން ފަތުރުވެރިންގެ ކިބައިން ކޮވިޑްގެ އަލާމަތްތައް ފެނިއްޖެ ނަމަ އައިސޮލޭޓް ވެވޭނެ އިންތިޒާމް އާއި އެ ފަތުރުވެރިންނަށް ހިދުމަތްދޭ ސްޓާފުންނަށް އައިސޮލޭޓް ވެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނަން ޖެހޭއިރު، ގެސްޓް ހައުސްތައް ހުޅުވާލުމުގެ ކުރިން އެރަށް ރަށުގައި ފްލޫ ކްލިނިކެއް ގާއިމްކުރަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ

ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ

18 ޖުލައި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
ވަން ބެލްޓް ވަން ރޯޑް ސްޓްރެޓެޖީއަށް ޗާއިނާ އިން 100 ބިލިއަން ޑޮލަރު ހަރަދު ކުރަނީ

ވަން ބެލްޓް ވަން ރޯޑް ސްޓްރެޓެޖީއަށް ޗާއިނާ އިން 100 ބިލިއަން ޑޮލަރު ހަރަދު ކުރަނީ

15 މެއި 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު