Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާޒީ ބާރީ/ ޖުޑިޝަރީ ކޮމެޓީ

ގާޒީ ބާރީ ފަނޑިޔާރުކަމުން ވަކިކުރަން ޖުޑިޝަރީ ކޮމެޓިން ނިންމައިފި

ޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާގެ މައްސަލަތަކެއް ހިމެނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 ނޮވެމްބަރު 2020 | އާދީއްތަ 09:29
ޖުވެނައިލް ކޯޓުގެ ގާޒީ ޢަބްދުލް ބާރީ ޔޫސުފު - ގާޒީ ބާރީ މިހާރުވެސް ހުންނެވީ ސަސްޕެންޝަންގައި

ޖުވެނައިލް ކޯޓުގެ ގާޒީ ޢަބްދުލް ބާރީ ޔޫސުފު - ގާޒީ ބާރީ މިހާރުވެސް ހުންނެވީ ސަސްޕެންޝަންގައި

ޖުވެނައިލް ކޯޓުގެ ގާޒީ ޢަބްދުލް ބާރީ ޔޫސުފު ފަނޑިޔާރު ކަމުގެ މަޤާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ގާޒީ ބާރީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ނިންމައި، އެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެކޮމިޝަނުން ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުމާއެކު މަޖިލީހުން ވަނީ މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވާފައެވެ.

އާދިއްތަ ދުވަހު ޖުޑީޝަރީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ގާޒީ ބާރީ ވަކިކުރުމަށް ޖޭއެސްސީން ނިންމީ އެ މައްސަލަ ބެލުމުގައި އެ ކޮމިޝަނުން އަމަލު ކުރަން ޖެހޭ އިޖުރާއަތްތަކާ އެއް ގޮތަށް ކަމަށް ކަނޑައަޅައި މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ފޮނުވަން ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ގާޒީ ބާރީ ވަކިކުރަން ޖޭއެސްސީން ނިންމައި، ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން މާލީ މަންފާ ލިބިފައިވާ ފަނޑިޔާރުންގެ ތެރެއިން ޤާޒީ ބާރީގެ ޖިނާޢީ ތަޙްޤީޤު ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކޮމިޝަނަށް އަންގާފައިވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން ގާޒީ ބާރީ މިހާރު ވެސް ހުރީ ސަސްޕެންޝަންގައި ކަމަށެވެ.

ގާޒީ ބާރީއާ ގުޅިގެން ޖޭއެސްސީން ބަލާފައިވާ މައްސަލަތައް:

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން ޤާޟީ ޢަބްދުލްބާރީ ޔޫސުފު މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ

މެއި 2014 އިން ފެބްރުއަރީ 2018 އަށް ޤާޟީ ޢަބްދުލްބާރީ ޔޫސުފް ޢަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވި މައްސަލައާއި މި މުއްދަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މި ވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަޙްޤީޤުކޮށްފައިވާ މައްސަލަ

ކުރީގެ ނައިބްރައީސް އަދީބު ޢަބްދުލްޣަފޫރުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ޤާޟީ ޢަބްދުލްބާރީ ޔޫސުފު ބައިވެރިވިކަން

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޙުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ޙުކުމުގެ ކޮޕީއެއް އެއިރުގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ފޮނުވުމަށް ޤާޟީ ޢަބްދުލްބާރީ ޔޫސުފު އެޙުކުމް ދިންކަން

ޤާޟީ ޢަބްދުލްބާރީ ޔޫސުފަށް ފްލެޓެއް ބޭނުންވުމުން، ޤާޟީ ޢަބްދުލްބާރީ ޔޫސުފުގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން

އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން 500,000.00 (ފަސް ލައްކަ) ދިވެހި ރުފިޔާ ޤާޟީ ޢަބްދުލްބާރީ ޔޫސުފަށް ދީފައިވާކަން

ޤާޒީ ޢަބްދުލްބާރީ ޔޫސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް 600،000.00 (ހަ ލައްކަ ރުފިޔާ) ނަގުދު ފައިސާއިން ޤާޒީ ޢަބްދުލްބާރީ ޔޫސުފް ދައްކާފައިވާއިރު، އެފައިސާއަކީ ޢަބްދުލްބާރީ ޔޫސުފް ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި މިކޮމިޝަނުން ކުރި ތަޙްޤީޤަށް އެނގުން، ހިމެނެއެވެ.

ގާޒީ ބާރީ ޖުވެނައިލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ބަދަލުކުރުމުގެ ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރައްވާފައި ވެއެވެ. ގާޒީ ބާރީގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންދިޔަ ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގައި ހުންނެވިއެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!

26 މާރިޗު 2017
ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!
15 މާރިޗު 2017

ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ

15 މާރިޗު 2017
ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު