Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮޗިން ކާގޯ ފެރީ

ކޮޗިން ފެރީއާއި މެދު ދެކެވޭ ގިނަ ވާހަކަތަކަކީ މައުލޫމާތު ސާފުނުކޮށް ދައްކާ ވާހަކަތަކެއް: އަބްދުﷲ ސައީދު

ސައީދު ވިދާޅުވީ ދެވަނަ އަދި ތިންވަނަ ދަތުރުގައިވެސް ފުލް ކާގޯއާއިއެކު ގެނެވުނުކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 ނޮވެމްބަރު 2020 | ހޮނިހިރު 19:19
ކޮޗިން ކާގޯ ފެރީ

ކޮޗިން ކާގޯ ފެރީ

ކޮޗިން ފެރީއާ މެދު ދެކެވޭ ގިނަ ވާހަކަތަކަކީ މައުލޫމާތު ސާފުނުކޮށް ދައްކާ ވާހަކަތަކެއް ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ މެނޭޖިންގ ޑައިރެކްޓަރ، އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 'ފަލަސުރުހީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ދެވަނަ އަދި ތިންވަނަ ދަތުރުގައިވެސް ފުލް ކާގޯއާއިއެކު ގެނެވުނު ކަމަށެވެ. ކޮޗިން ފެރީ އަންނަނީ އިންޑިއާގެ ދެބަނދަރުން ރާއްޖޭގެ ދެބަނދަރަށް ކަމަށް ވިދާޅުވެ ސައީދު ވިދާޅުވީ ދެ ބަނދަރަށް ބަލާއިރު ބޯޓު ފުރާ މުދާ ގެނެވޭ ކަމަށެވެ.

ކުޅުުދުފުއްޓަށް އެކަނި ބަލާނަމަ މުދާ އެހާ ގިނަ ނޫން ނަމަވެސް ލިބެމުންދާ ތަރުހީބު ކުޑަ ނޫންކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން އަދި ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުން އިންޑިޔާގެ ކޮޗިން އިން ކާގޯ ފެރީއިން ރާއްޖެއަށް މުދާ ގެންނަ ބޭނުންވާ ވިޔަފާރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ވަރޗުއަލް ޕްރޮގްރާމެއްގައި ބައިވެރިވި ކަމަށެވެ. އަދި މި ޕްރޮގްރާމްގައި 200 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި ކަމަށް ސައީދު ފާހަގަކުރެއްވި އެވެ.

ސައީދު ވިދާޅުވީ މިކަމުންވެސް މީހުންގެ ޝައުގުވެރިކަން ހުރި މިންވަރާއި މިކަމަށް ލިބިގެން ދިޔަ ތަރުހީބު ކުޑަ ނޫންކަން ހާމަވެގެންދާ ކަމަށެވެ. އަދި މިހާރުވެސް އާއްމު ފަރާތްތަކުގެ މުދާ ގެނައުމާއެކު ކުޅުދުފުއްޓަށް ގެންނަ މުދާވެސް ގެންނަމުން ދާކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވަނީ މި ސަރވިސް އިތުރަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވެފަ އެވެ.

ކޮޗިން ފެރީ އަކީ ރާއްޖެއަށް 3000 ޓަނުގެ މުދާ އުފެލޭ ކާގޯ ފެރީ އެވެ. އިންޑިއާގެ ކޮޗިން އިން ކާގޯ ފެރީ ފުރަތަމަ ބަނދަރު ކުރީ ހދ. ކުޅުދުއްފުށި ޕޯޓަށެވެ. ފުރަތަމަ ދަތުރުގައި ކޮޗިން ފެރީން ކުޅުދުއްފުއްޓަށް ގެނައި ސިމެންތި އަގުހެޔޮކޮށް އެސްޓީއޯއިން ވިއްކަން ފަށާފައިވެ އެވެ. އެފެރީގައި، އެސްޓީއޯއިން ވަނީ ކުޅުދުއްފުޓަށް 500 ޓަނުގެ ސިމެންތި އެތެރެކޮށްފަ އެވެ. އެސްޓީއޯއިން ކުރިން ރެމްކޯ ސިމެންތި ވިއްކަމުންދިޔައީ 106 ރުފިޔާ އަށެވެ. ނަމަވެސް، އޮކްޓޯބަރު އެއްވަނަ ދުވަހުން ފެށިގެން ސިމެންތި ބަސްތާއެއްގެ އަގު ވަނީ 90 ރުފިޔާއަށް ހެޔޮކޮށްފަ އެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު