Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

އުކުޅަހުން ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޕޮޒިޓިވްވެފައި ވަނީ ރަޝިޔާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިއެއް

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 22 ނޮވެމްބަރު 2020 | އާދީއްތަ 02:30
އއ. އުކުޅަސް މަތިން ނަގާފައިވާ މަންޒަރެއް، އުކުޅަހަކީ ރަށު ފަތުރުވެރިކަމަށް މަގުބޫލު މަންޒިލެއް

އއ. އުކުޅަސް މަތިން ނަގާފައިވާ މަންޒަރެއް، އުކުޅަހަކީ ރަށު ފަތުރުވެރިކަމަށް މަގުބޫލު މަންޒިލެއް

އއ. އުކުޅަހުން ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އުކުޅަސް ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ އެ ރަށަށް ޒިޔާރަތްކުރި ރަޝިޔާ އަންހެން ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ފަތުރުވެރިޔާ ކޮވިޑަށް ޕޮޒިޓިވް ވެފައިކަން ހާމަވީ އެނބުރި ގައުމަށް ދާން އާދިއްތަ ދުވަހު ޕީސީއާރު ޓެސްޓު ހެދުމުން ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝައުކަތު ވިދާޅުވީ މި ފަތުރުވެރިއާއަކީ މީގެ ދުވަސްކޮޅެއް ކުރިން އެ ރަށަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިއެއް ކަމަށެވެ. އަދި އޭނާ މީގެ ދެ ދުވަހެއް ކުރިން އެ ރަށާއި ކައިރީގައި އޮންނަ ނިކަ އައިލެންޑް ރިސޯޓަށް ގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެޗްޕީއޭގެ ލަފާގެ މަތިން މިހާރު މި އަންހެން މީހާ ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރެވި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް ގެންދަމުން ދާކަމަށް ޝައުކަތު ވިދާޅުވިއެވެ. ޝައުކަތު ވިދާޅުވީ އޭނާގެ ފުށުން ބަލީގެ އެއްވެސް އަލާމާތެއް މިހާތަނަށް ނުފެންނަ ކަމަށެވެ.

ބޯޑަރުތައް އަލުން ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ ކުޑަ އިންސައްތައެއް ކަން ފާހަގަކޮށްލެވެއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި 59،105 ފަތުރުވެރިންގެ ތެރެއިން ޕޮޒިޓިވްވީ އެންމެ 0.25 އިންސައްތަ ފަތުރުވެރިންނެވެ.

އިތުރަށް ކިޔާލަން

14 އެޕްރީލު 2018

އުކުޅަހުން ރާއްޖެޓީވީއަށް ހާއްސަ ކެއުމެއް

14 އެޕްރީލު 2018
އުކުޅަހުން ރާއްޖެޓީވީއަށް ހާއްސަ ކެއުމެއް
10 ޖެނުއަރީ 2018

ފީނަން ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

10 ޖެނުއަރީ 2018
ފީނަން ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ
06 ޖެނުއަރީ 2018

ރަށެއް ސާފު ކުރުމަށް އެންމެ ގިނަ ބަޔަކު ނުކުތީ އުކުޅަހުން

06 ޖެނުއަރީ 2018
ރަށެއް ސާފު ކުރުމަށް އެންމެ ގިނަ ބަޔަކު ނުކުތީ އުކުޅަހުން
27 ނޮވެމްބަރު 2017

މާފުށީގައި މޫދަށްގޮސް އުޅެނިކޮށް ފަތުރުވެރިއަކު މަރުވެއްޖެ

27 ނޮވެމްބަރު 2017
މާފުށީގައި މޫދަށްގޮސް އުޅެނިކޮށް ފަތުރުވެރިއަކު މަރުވެއްޖެ
09 ޖުލައި 2017

ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖުލައި 2017
ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮތްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު